ރައީސް އަބްދުﷲ ޔާމީންގެ ދެކަނބަލުން ހައްޖުގެ އަޅުކަމަށް ފުރާވަޑައިގަތުން އަންނަ ހޯމަ ދުވަހުގެ ރެ އަށް ފަސްކުރައްވައިފި އެވެ.
ރައީސް އަބްދުﷲ ޔާމީންގެ ދެކަނބަލުން ހައްޖުގެ އަޅުކަމަށް ފުރާވަޑައިގަތުން އަންނަ ހޯމަ ދުވަހުގެ ރެ އަށް ފަސްކުރައްވައިފި އެވެ.
ރައީސް ޔާމީންގެ ދެކަނބަލުން ހައްޖަށް ފުރާވަޑައިގަންނަވަން ކުރިން ނިންމަވާފައި އޮތީ މިރޭގަ އެވެ.
ރައީސް ހައްޖަށް ފުރާވަޑައިގަތުން ފަސްކުރެއްވި ނަމަވެސް އެމަނިކުފާނުގެ އަރިހުގައި ސައޫދީ އަށް ވަޑައިގަންނަވަން ކުރިން ނިންމެވި ބައެއް ބޭފުޅުން މިރޭ ފުރާވަޑައިގަންނަވާނެ ކަމަށް ވެ އެވެ.
ރައީސް ޔާމީންގެ ދެކަނބަލުން ހައްޖަށް ފުރާވަޑައިގަތުން ފަސްކުރެއްވި ސަބަބެއް ނޭނގެ އެވެ.
ރައީސްގެ ހައްޖުގެ ދަތުރުފުޅު ދެ ރޭގެ ފަހަށް ފަސްކުރެއްވިއިރު، ރާއްޖޭގެ ސިޔާސީ މަސްރަހު ވަނީ ހަލަބޮލިވެފަ އެވެ. އަދި ޖުމްހޫރީ ޕާޓީގެ ލީޑަރު މާމިގިލީ ދާއިރާގެ މެމްބަރު ގާސިމް އިބްރާހީމް ތިން އަހަރަށް ޖަލަށް ލުމަށް ކްރިމިނަލް ކޯޓުން ރޭ ކުރި ހުކުމާ ގުޅިގެން، ރާއްޖޭގެ އެތެރެއިންނާއި ބައިނަލްއަގްވާމީ ފަރާތްތަކުން ވެސް ސަރުކާރަށް ކިޔާ ފާޑުކިޔުން ވަނީ އިތުރުވެފަ އެވެ.
މިއީ ރައީސްގެ ދެކަނބަލުން ހައްޖަށް ވަޑައިގަންނަވާ ތިން ވަނަ ފަހަރެވެ. މީގެ ކުރިން 2014 ވަނަ އަހަރާއި 2015 ވަނަ އަހަރު ވެސް ރައީސްގެ ދެކަނބަލުން ހައްޖަށް ވަޑައިގަތެވެ.
ފަސްޓް ލޭޑީ ފާތުން ހައްޖަށް ފުރާވަޑައިގެންފި
ސައުދީން އިތުރު 1،000 ހައްޖު ކޯޓާ ރާއްޖެއަށް ދީފި
ހާޖީންނަށް މަބްރޫރު ހައްޖަކަށް ރައީސް އެދިވަޑައިގެންފި
ދިވެހި ހާޖީންނަށް މަބްރޫރު ހައްޖަކަށް ރައީސް އެދިވަޑައިގެންފި
ރައީސް، ސައުދީގެ ވަލީ އަހުދާ ބައްދަލުކުރައްވައިފި
ސައޫދީގެ ރަސްގެފާނަށް ރައީސް މުއިއްޒުގެ ހާއްސަ ޝުކުރު
"ސައޫދީން ބާއްވަނީ އެއްބަނޑުއެއްބަފާކަމުގެ ގުޅުމެއް"
ހައްޖުވެރިންނަށް ދިރާގުން ހެޔޮ އަގުގައި ރޯމިން ހިދުމަތް
ރައީސްގެ ދެކަނބަލުން ހައްޖަށް ފުރާވަޑައިގަންނަވަނީ
މިއީ އެންމެ ލުއި، އިންތިޒާމު ރަނގަޅު ހައްޖު މޫސުން