23 އޯގަސްޓް 2017
ވިޔަފާރިތަކަށް އެކަނި ވެސް މިދިޔަ އަހަރު 1.5 ބިލިއަން ރުފިޔާގެ ލޯނު ދޫކޮށްފައިވާ ކަމަށް ބޭންކް އޮފް މޯލްޑިވްސް (ބީއެމްްއެލް) އިން މިރޭ ބުނެފި އެވެ.
ވިޔަފާރިތަކަށް އެކަނި ވެސް މިދިޔަ އަހަރު 1.5 ބިލިއަން ރުފިޔާގެ ލޯނު ދޫކޮށްފައިވާ ކަމަށް ބޭންކް އޮފް މޯލްޑިވްސް (ބީއެމްްއެލް) އިން މިރޭ ބުނެފި އެވެ.
ހޮޓެލް ޖެންގައި ބޭއްވި އެ ބޭންކުގެ އަހަރީ އާއްމު ޖަލްސާގައި ވާހަކަ ދައްކަވަމުން ސީއީއޯ އެންޑްރޫ ހީލީ ވިދާޅުވީ މިދިޔަ އަހަރު ލޯނު ދޫކުރި މިންވަރު 23 ޕަސެންޓް އިތުރުވެފައިވާ ކަމަށެވެ. މިދިޔަ އަހަރު އަމިއްލަ ފަރުދުންނަށާއި ވިޔަފާރިތަކަށް ތިން ބިލިއަން ރުފިޔާގެ ލޯނު ދޫކޮށްފައިވާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
"ބޭންކު ދަނީ ކުރިއަށް. ބޭންކު އޮތީ މާލީ ގޮތުން ވަރުގަދަކޮށް. ބޭންކުން ދަނީ ރަނގަޅު ފައިދާ ހޯދަމުން. ބައެއް މީހުން އެކަމާ ސުވާލުކުރޭ،" އެންޑްރޫ ވިދާޅުވި އެވެ.
ބީއެމްއެލްގެ އަހަރީ އާއްމު ޖަލްސާގައި އެ ބޭންކުގެ ބޯޑު މެމްބަރުންތަކެއް ބައިވެރިވެވަޑައިގަންނަވަނީ. ފޮޓޯ: ހުސެއިން ވަހީދު /މިހާރު
އޭނާ ވިދާޅުވީ މިދިޔަ ތިން އަހަރު އެ ބޭންކުން އަށް ބްރާންޗް ރާއްޖޭގެ އެކި ސަރަހައްދުތަކުގައި ހުޅުވާފައިވާ ކަމަށެވެ. އަދި އެކި 36 އޭޓީއެމް މިދިޔަ ތިން އަހަރުގެ ތެރޭގައި ބަހައްޓާފައިވާ ކަމަށް ވެސް އެންޑްރޫ ވިދާޅުވި އެވެ.
"މި އަހަރު އަޅުގަނޑުމެން ފެށީ 'އަހަރެންގެ ބޭންކް' ޝިއާރާ އެކު. އެއާ އެކު ބޭންކުން ދަނީ އާއްމުންނަށް ގުޅުން ހުރި އެތައް ހިދުމަތްތަކެއް ތައާރަފް ކުރަމުން،" އޭނާ ވިދާޅުވި އެވެ.
އެންޑްރޫ ވިދާޅުވީ މިދިޔަ އަހަރު ބީއެމްއެލްއާ 19،000 އަށް ވުރެ ގިނަ އާ ކަސްޓަމަރުން ގުޅިފައިވާ ކަމަށެވެ. އެއާއެކު އެ ބޭންކުގެ ކަސްޓަމަރުންގެ އަދަދު 280،00 އަށް ވުރެ އިތުރު ވެފައިވާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
އެންޑްރޫ ވިދާޅުވި ގޮތުގައި އެމްއެމްއޭ އިން އިއުލާންކޮށްފައިވާ ގެދޮރު ގަތުމުގެ ލޯނު ޕްރޮގްރާމް މި މަސް ނިމުމުގެ ކުރިން އެ ބޭންކުން ފަށާނެ އެވެ. އަދި ސަރުކާރުން ހިންގާ ތަފާތު 29 ލޯނު ސްކީމް ބަލަހައްޓައި ހިންގަމުން އަންނަ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ. އެ ލޯނު ސްކީމްގެ އަދަދު އެއް ބިލިއަން ރުފިޔާ އަށް ވުރެ އިތުރު ކަމަށް ސީއީއޯ ވިދާޅުވި އެވެ.
ބީއެމްއެލްގެ ބޯޑަށް ކުރިމަތިލާން ހުޅުވާލައިފި
ރާއްޖެ އަށް ވެސް އިގްތިސާދީ ތޫފާނެއް އަތުވެދާނެ: ޓިމް
ބީއެމްއެލް ހިއްސާގެ ފައިދާގެ ގޮތުގައި ރެކޯޑު އަދަދެއް
ބީއެމްއެލުން ހިއްސާއަކަށް 15ރ. ބަހަން ނިންމައިފި
ލިކުއިޑިޓީ ހަމަޖައްސަން 90 މިލިއަން ހޯދިން: ޓިމް
ބީއެމްއެލް އިން ހިއްސާއަކަށް 15ރ. ބަހަނީ
ބޭންކުގެ ގޮތްޕެއް ބޭރުގައި ހުޅުވުމަކީ ފަސޭހަކަމެއް ނޫން
ހަތަރު އަހަރުން ބީއެމްއެލްގެ ފައިދާ ދެގުނަ އިތުރުވެއްޖެ
ބީއެމްއެލްއަށް 350 މިލިއަން ރުފިޔާގެ ބޮޑު ފައިދާއެއް
ހިއްސާއަކަށް 20ރ. ބަހަން ބީއެމްއެލްއިން ފާސްކޮށްފި