01 އެޕްރީލް 2021
މިދިޔަ އަހަރު ބީއެމްއެލަށް ލިބުނު ފައިދާއިން ހިއްސާއަކަށް 15 ރުފިޔާގެ މަގުން ޖުމްލަ 80.7 މިލިއަން ރުފިޔާ ބަހަން ބޭންކްގެ އަހަރީ އާންމު ޖަލްސާއަށް ހުށަހަޅަން ޑިރެކްޓަރުންގެ ބޯޑުން ނިންމައިފި އެވެ.
މިދިޔަ އަހަރު ބީއެމްއެލަށް ލިބުނު ފައިދާއިން ހިއްސާއަކަށް 15 ރުފިޔާގެ މަގުން ޖުމްލަ 80.7 މިލިއަން ރުފިޔާ ބަހަން ބޭންކްގެ އަހަރީ އާންމު ޖަލްސާއަށް ހުށަހަޅަން ޑިރެކްޓަރުންގެ ބޯޑުން ނިންމައިފި އެވެ.
ކޮވިޑް-19އާ ގުޅިގެން ކުރިމަތިވި އިގުތިސާދީ ވެއްޓުމުގެ އަސަރު ގައުމީ ބޭންކަށް ވެސް ކުރި އެވެ. ނަމަވެސް މިދިއަ އަހަރު ޓެކްސް އަށް ކެނޑުމަށް ފަހު 325 މިލިއަން ރުފިޔާގެ ފައިދާއެއް ލިބުނެވެ. މިއީ 2019 ވަނަ އަހަރާ އަޅާބަލާއިރު 68 ޕަސެންޓަށް ވުރެ ބޮޑު ވެއްޓުމެކެވެ.
ބީއެމްއެލްއަށް 2019ގައި ސާފު ފައިދާއަށް 960 މިލިއަން ރުފިޔާ ލިބުނެވެ. އެ އަހަރު ހިއްސާއަކަށް 26ރ. ބަހާފައިވެ އެވެ.
ބީއެމްއެލް ސީއީއޯ އަދި މެނޭޖިން ޑައިރެކްޓަރު ޓިމް ސޯޔާ ވިދާޅުވީ ކާމިޔާބު ނަތީޖާއެއް 2019 ގައި ދެއްކުނު ނަމަވެސް، ކޮވިޑް-19ގެ ސަބަބުން ކުރިން އަންދާޒާކުރެވިފައި ނުވާ މިންވަރަކަށް ވިޔަފާރި ހުއްޓުމަކަށް އައުމުން 2020ގެ އާމްދަނީ ވަރަށް ބޮޑަަށް ދަށްވި ކަމަށެވެ. އެކަމުން އަރައިގަތުމުގައި ހެޔޮ ބަދަލުތަކެއް ފެންނަ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
ސޯޔާ ވިދާޅުވި ގޮތުގައި ކޮވިޑްގެ ވެއްޓުމުން އަރައިގަނެ، ފައިދާ އިތުރުކުރަން ހަރުދަނާ ފިޔަވަޅުތަކެއް ވެސް މިހާރު އަންނަނީ އަޅަމުންނެވެ.
އޭނާ ވަނީ މި ދަތި ވަގުތު ވެސް ބުރަކޮށް މަސައްކަތްކުރަމުން އަންނަ މުވައްޒަފުންނަށާއި ބޭންކްގެ ކަސްޓަމަރުންނަށް ޝުކުރު އަދާކުރައްވައިފަ އެވެ.
"ކަސްޓަމަރުން އެދޭ ފަދަ ހިދުމަތްތަކެއް ފޯރުކޮށްދިނުމަށާއި ޕްރޮޑަކްޓްތަކުގެ ފެންވަރު އިތުރަށް ރަނގަޅުކުރަން އަޅުގަނޑުމެން ކެނޑިނޭޅި މަސައްކަތް ކުރަމުންދާނަމެވެ،" ސޯޔާގެ ބަޔާނުގައި ވިދާޅުވި އެވެ.
ބީއެމްއެލްގެ ބޯޑަށް ކުރިމަތިލާން ހުޅުވާލައިފި
ބޭންކުގެ ގޮތްޕެއް ބޭރުގައި ހުޅުވުމަކީ ފަސޭހަކަމެއް ނޫން
ހަތަރު އަހަރުން ބީއެމްއެލްގެ ފައިދާ ދެގުނަ އިތުރުވެއްޖެ
ބީއެމްއެލްއަށް 350 މިލިއަން ރުފިޔާގެ ބޮޑު ފައިދާއެއް
1.5 ބިލިއަން ރުފިޔާގެ ލޯނު ބީއެމްއެލް އިން ދޫކުރި
ބީއެމްއެލްގެ ޑެޕިއުޓީ ސީއީއޯއަކަށް ސަހާ ވަހީދު
ކާޑު ލިމިޓު އިތުުރު ކުރަން ދަރިވަރުންނަށް ޕޯޓަލެއް
42 އަހަރަށް ފަހު އައިސްތު ބީއެމްއެލް އިން ވަކިވަނީ
ބީއެމްއެލްގެ މުވައްޒަފުންނަށް ހިދުމަތުގެ އެވޯޑުތައް
ބީއެމްއެލްގެ ސީއީއޯއަކަށް ޝަރީފް އައްޔަންކޮށްފި