25 ޖެނުއަރީ 2018
ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އަށް މިދިޔަ އަހަރުގެ ފަހު ކުއާޓަރުގައި ސާފު ފައިދާގެ ގޮތުގައި 350 މިލިއަން ރުފިޔާ ލިބިއްޖެ އެވެ.
ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އަށް މިދިޔަ އަހަރުގެ ފަހު ކުއާޓަރުގައި ސާފު ފައިދާގެ ގޮތުގައި 350 މިލިއަން ރުފިޔާ ލިބިއްޖެ އެވެ.
ރާއްޖޭގެ އެންމެ ބޮޑު ބޭންކުން ބުނީ މިދިޔަ ކުއާޓަރުގައި އެ ބޭންކަށް ފައިދާގެ ގޮތުގައި ލިބުނު މިންވަރަކީ އޭގެ ކުރީ ކުއާޓަރަށް ވުރެ 42 ޕަސެންޓްގެ ކުރިއެރުމެއް ކަމަށެވެ.
ބީއެމްއެލް އިން ބުނީ ވިޔަފާރީގެ މައިގަނޑު ހުރިހާ ދާއިރާއަކުން ވެސް ރަނގަޅު ފައިދާތަކެއް މިދިޔަ ކުއާޓަރުގައި ހޯދިފައިވާ ކަމަށާއި ލޯނު ދޫކުރި ނިސްބަތް ވެސް ފާހަގަކޮށްލެވޭ މިންވަރަށް އިތުރުވެފައިވާ ކަމަށެވެ.
މިދިޔަ އަހަރުގެ މާލީ ހިސާބުތައް އޮޑިޓް ކުރުމުގެ މަސައްކަތް ނުނިމޭތީ، މުޅި އަހަރުގެ ނަތީޖާ ބޭންކުން އަދި ހާމައެއް ނުކުރެ އެވެ.
އެ ބޭންކުން ބުނީ ހިންގުމުގެ ހަރަދު ބޮޑުވުމާއި "އަހަރެންގެ ބޭންކް" ޕްރޮގްރާމްގެ ދަށުން މުޖުތަމައަށް ފޯރުކޮށްދޭ އެހީތެރިކަން ދެ ގުނަ އަށް އިތުރުކުރި ނަމަވެސް މިދިޔަ އަހަރު ހޯދި މާލީ ނަތީޖާއަކީ އުއްމީދު ކުރި ވަރަށް ވުރެ ރަނގަޅު ނަތީޖާއަކަށްވާނެ ކަމަށް ލަފާކުރެވޭ ކަމަށެވެ.
މިދިޔަ އަހަރު 23،000 އާ ކަސްޓަމަރުން އެ ބޭންކާ ގުޅިފައިވާ ކަމަށް އެ ބޭންކުން ބުންޏެވެ.
ބީއެމްއެލް އިން ބުނީ އެ ބޭންކުގެ މިހާރުގެ އަމާޒަކީ މި އަހަރުގެ ތަސައްވުރުގައި ހިމެނޭ، މުޖުތަމައަށް އެހީތެރިކަން ފޯރުކޮށްދިނުމުގެ 60 މަޝްރޫއާއި ބޭންކިން ވިޔުގަ އިތުރަށް ފުޅާކޮށް އަދި ރާއްޖޭން ބޭރަށް ހިދުމަތް ފޯރުކޮށްދިނުން ކަމަށެވެ.
މިދިޔަ ކުއާޓަރުގައި ލިބުނު ފައިދާއާ ބެހޭ ގޮތުން ވާހަކަ ދައްކަވަމުން އެ ބޭންކުގެ ސީއީއޯ އެންޑްރޫ ހީލީ ވިދާޅުވީ މިދިޔަ އަހަރުގެ ނަތީޖާއާ އެކު ބޭންކްގެ އަމާޒަށް ވާސިލްވުމަށް ކުރަމުންދާ މަސައްކަތަށް ބޮޑު އިތުބާރެއް ލިބިފައިވާ ކަމަށެވެ.
"އަޅުގަނޑުމެންގެ މަސައްކަތްތައް ހަރުދަނާ ކުރެވުމަކީ ދިވެހި މުޖުތަމައަށް ކުރަމުންދާ އިންވެސްޓްމަންޓް ކުރިއަށް ގެންދިޔުމަށާއި ރާއްޖޭގައި ހިދުމަތް އިތުރަށް ފުޅާކުރުމުގެ އިތުރުން ރާއްޖެ އިން ބޭރުގައި ހިދުމަތް ދޭން ފެށުމަށް ވެސް ލިބުނު ރަނގަޅު ފުރުސަތެއް،" ސީއީއޯ ވިދާޅުވި އެވެ.
އެންޑްރޫ ވިދާޅުވީ މުޖުތަމައަށް އެހީތެރިކަން ފޯރުކޮށްދިނުމަށް 60 ޕްރޮގްރާމާއި ބޭންކިން ވިޔުގަ އިތުރަށް ފުޅާ ކުރުމަށް މި އަހަރު 300 މިލިއަން ރުފިޔާ އިންވެސްޓް ކުރާނެ ކަމަށެވެ. އަދި ނިސްބަތުން އާބާދީ ކުޑަ ރަށްތަކަށް ކޭޝް އެޖެންޓުގެ ޚިދުމަތް ފުޅާކުރުމަށް ވެސް ހަމަޖެހިފައިވާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
ބީއެމްއެލްގެ ބޯޑަށް ކުރިމަތިލާން ހުޅުވާލައިފި
ބީއެމްއެލް އިން ހިއްސާއަކަށް 15ރ. ބަހަނީ
ބޭންކުގެ ގޮތްޕެއް ބޭރުގައި ހުޅުވުމަކީ ފަސޭހަކަމެއް ނޫން
ހަތަރު އަހަރުން ބީއެމްއެލްގެ ފައިދާ ދެގުނަ އިތުރުވެއްޖެ
1.5 ބިލިއަން ރުފިޔާގެ ލޯނު ބީއެމްއެލް އިން ދޫކުރި
ބީއެމްއެލްގެ ޑެޕިއުޓީ ސީއީއޯއަކަށް ސަހާ ވަހީދު
ކާޑު ލިމިޓު އިތުުރު ކުރަން ދަރިވަރުންނަށް ޕޯޓަލެއް
42 އަހަރަށް ފަހު އައިސްތު ބީއެމްއެލް އިން ވަކިވަނީ
ބީއެމްއެލްގެ މުވައްޒަފުންނަށް ހިދުމަތުގެ އެވޯޑުތައް
ބީއެމްއެލްގެ ސީއީއޯއަކަށް ޝަރީފް އައްޔަންކޮށްފި