މިދިޔަ އަހަރު ލިބުނު ފައިދާ އިން ހިއްސާއަކަށް 15ރ. ގެ މަގުން 80.7 މިލިއަން ރުފިޔާ ހިއްސާދާރުންނަށް ބަހަން ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން ނިންމައިފި އެވެ.
15 ޖުލައި 2021
މިދިޔަ އަހަރު ލިބުނު ފައިދާ އިން ހިއްސާއަކަށް 15ރ. ގެ މަގުން 80.7 މިލިއަން ރުފިޔާ ހިއްސާދާރުންނަށް ބަހަން ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން ނިންމައިފި އެވެ.
ވާޗުއަލްކޮށް މިއަދު ބޭއްވި އަހަރީ އާންމު ޖަލްސާގައި މިގޮތަށް ފާސްކުރީ ހިއްސާދާރުންގެ އަަޣުލަބިއްޔަތުންނެވެ. މި ޖަލްސާގައި ބޭންކްގެ 58 ޕަސެންޓް ހިއްސާދާރުން ބައިވެރިވި އެވެ.
ކޮވިޑް-19 ގެ ސަބަބުން ބީއެމްއެލްގެ މިދިޔަ އަހަރުގެ ވިޔަފާރިއަށާއި އާމްދަނީ އަށް ވަނީ ނޭދެވޭ އަސަރު ކޮށްފަ އެވެ.
އެ ކުންފުންޏަށް މިދިޔަ އަހަރުގެ ފައިދާގެ ގޮތުގައި 325 މިލިއަން ރުފިޔާ ލިބުނު ނަމަވެސް އެއީ 2019 ވަނަ އަހަރާ އަޅާބަލާއިރު 68 ޕަސެންޓަށް ވުރެ ބޮޑު ދަށްވުމެކެވެ. މިދިޔަ އަހަރު 2019 ގެ ފައިދާ އިން ހިއްސާއަކަށް 26ރ. ގެ މަގުން 139 މިލިއަން ރުފިޔާ ބަހާފައިވެ އެވެ.
މިއަދުގެ ޖަލްސާގައި ކުރިއަށް އޮތް އަހަރަށް ބީއެމްއެލްގެ އޮޑިޓަރެއްގެ ގޮތުގައި ޕްރައިސްވޯޓާހައުސްކޫޕާ ހޮވިއިރު، އެ މީހުންނަށް 1.4 މިލިއަން ރުފިޔާ ދޭން ކަނޑައެޅި އެވެ.
ބީއެމްއެލްގެ 62.2 ޕަސެންޓު ހިއްސާ އަކީ ސަރުކާރެވެ. އަދި 4.1 ޕަސެންޓް ހިއްސާކުރަނީ ސަރުކާރު ހިއްސާވާ ކުންފުނިތަކުންނެވެ. ބާކީ 33.7 ޕަސެންޓަކީ އާންމު ހިއްސާދާރުންނެވެ. އެހެން ކަމުން ހިއްސާގެ ފައިދާގެ ދެބައިކުޅަ އެއްބަޔަކަށް ވުރެ ބޮޑު ބައެއް ލިބޭނީ ސަރުކާރަށެވެ.
ހިއްސާއަކަށް 20ރ. ބަހަން ބީއެމްއެލްއިން ފާސްކޮށްފި
1.5 ބިލިއަން ރުފިޔާގެ ލޯނު ބީއެމްއެލް އިން ދޫކުރި
ބީއެމްއެލްގެ ޗެއާޕާސަން، ބޯޑު މެމްބަރުން އައްޔަނުކޮށްފި
ފައިސާގެ މުއާމަލާތްތަކުގެ 99 ޕަސެންޓު ޑިޖިޓަލް:ޝަރީފު
ބީއެމްއެލްއިން ދުވާލަކު 1.5 މިލިއަން ޑޮލަރު ވިއްކާ
ޓޫރިޒަމަށް މިހާރު ދޫކޮށްފައިވާ ލޯނު 8 ބިލިއަނަށް އަރާ
58 ޕަސެންޓު މީހުން ފައިސާ ޖަމާކުރަނީ ބީއެމްއެލްގައި
ބީއެމްއެލް އިން ހިއްސާއަކަށް 55ރ. ބަހަން ނިންމައިފި
ބީއެމްއެލްގެ ބޯޑަށް ތިން ބޭފުޅުން އައްޔަންކޮށްފި
ބީއެމްއެލްގެ ބޯޑު މެމްބަރު ސަޖްނީ އިސްތިއުފާ ދެއްވައިފި