ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) ގެ މިދިޔަ އަހަރުގެ ފައިދާ އިން ހިއްސާއަކަށް 20 ރުފިޔާ ބަހަން އެ ބޭންކުގެ އަހަރީ އާންމު ޖަލްސާގައި މިރޭ ފާސްކޮށްފި އެވެ،
23 އޯގަސްޓް 2017
ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) ގެ މިދިޔަ އަހަރުގެ ފައިދާ އިން ހިއްސާއަކަށް 20 ރުފިޔާ ބަހަން އެ ބޭންކުގެ އަހަރީ އާންމު ޖަލްސާގައި މިރޭ ފާސްކޮށްފި އެވެ،
ހޮޓެލް ޖެން ބޭއްވި ބީއެމްއެލްގެ އަހަރީ އާންމު ޖަލްސާގައި، ހިއްސާދާރުންނަށް ހިއްސާގެ ފައިދާގެ ގޮތުގައި 107.6 މިލިއަން ރުފިޔާ (ހިއްސާއަކަށް 20ރ.) ބަހަން ފާސްކުރުމަކީ އެ ބޭންކްގެ ރެކޯޑެކެވެ.
މިއީ ބީއެމްއެލް އަށް ދިމާވި މާލީ މައްސަލަތަކަށް ފަހު ހިއްސާދާރުންނަށް ފައިދާ ބަހާ ހަތަރު ވަނަ އަހަރެވެ.
ރާއްޖޭގެ އެންމެ ބޮޑު ބޭންކުން މި ފަހަރު ހިއްސާގެ ފައިދާ ބަހަން ނިންމި އަދަދަކީ އޭގެ ކުރީ އަހަރާ އަޅާބަލާއިރު 18 ޕަސެންޓް އިތުރު އަދަދެއް ކަމަށް ވެސް ބީއެމްއެލް އިން ބުންޏެވެ.
ބީއެމްއެލް އިން 2015 ވަނަ އަހަރު ހިއްސާއަކަށް ބަހާފައި ވަނީ 17ރ. އެވެ.
ޗެއާޕާސަން ފަރީހާ ޝަރީފް ރިޔާސަތު ބެލެހެއްޓެވި މިރޭގެ އާންމު ޖަލްސާގައި 41 ހިއްސާދާރަކު ބައިވެރިވި އެވެ. އަދި ޕްރޮކްސީއާ އެެކު އަށް ހިއްސާދާރުން ބައިވެރިވި އެވެ.
މިއީ ބީއެމްއެލްގެ އަހަރީ އާންމު ޖަލްސާގައި ފަރީހާ ބައިވެރިވެވަޑައިގަންނަވާ އެންމެ ފަހު ފަހަރު ކަމަށް ވަނީ ވެފަ އެވެ. އޭނާގެ އިތުރުން މިރޭގެ ޖަލްސާއަށް ފަހު ބޯޑުގެ ދެ މެމްބަރަކު ވަކިވެވަޑައިގަންނަވަ އެވެ.
ބީއެމްއެލް އިން މިރޭ ބޭއްވި އަހަރީ އާއްމު ޖަލްސާގައި ހިއްސާދާރުން ވޯޓުލަނީ.---މިހާރު ފޮޓޯ: ހުސެއިން ވަހީދު
މިރޭގެ ޖަލްސާގައި ބީއެމްއެލްގެ ބޯޑަށް އާއްމު ހިއްސާދާރުންގެ ފަރާތުން ތިން ޑިރެކްޓަރަކު ވަނީ ހޮވައިފަ އެވެ.
ބީއެމްއެލްއިން އާއްމުކުރި މިދިޔަ އަހަރުގެ މާލީ ރިޕޯޓްގައިވާ ގޮތުން ޓެކްސް އަށް ކެނޑުމަށް ފަހު 1.02 ބިލިއަން ރުފިޔާ ސާފު ފައިދާގެ ގޮތުގައި ލިބިފައިވެ އެވެ. އެ ބޭންކަށް މިދިޔަ އަހަރު ޖުމްލަ އާމްދަނީގެ ގޮތުގައި 2.1 ބިލިއަން ރުފިޔާ ލިބުނެވެ.
ބީއެމްއެލް އިން މިރޭ ބޭއްވި އަހަރީ އާއްމު ޖަލްސާގައި އެ ބޭންކުގެ ހިއްސާދާރުންނާއި މުވައްޒަފުން ބައިވެރިވަނީ.---މިހާރު ފޮޓޯ: ހުސެއިން ވަހީދު
ބީއެމްއެލްގެ ފައިދާ އިން ޓެކްސް އާއި ހިއްސާގެ ފައިދާގެ ގޮތުގައި 340.4 މިލިއަން ރުފިޔާ ދައުލަތަށް މިދިޔަ އަހަރު ދައްކާފައިވެ އެވެ.
ބީއެމްއެލް މިދިޔަ އަހަރުގެ އޮޑިޓް ކޮށްފައިވާ މާލީ ބަޔާނާއި އަހަރީ ރިޕޯޓް އާއްމުކުރުމަށް ފަހު ނެރުނު ނޫސްބަޔާނެއްގައި ހާމަކުރި ހިސާބުތައް ދައްކާ ގޮތުން، މެދުނުކެނޑި ފާއިތުވި އަހަރުތަކުގައި ބޭންކުން ހޯދަމުން އަންނަ މާލީ ކުރިއެރުމަށް މިދިޔަ އަހަރު އިތުރު ހަލުވި ކަމެއް ވަނީ އައިސްފަ އެވެ. އެގޮތުން ޓެކްސް އަށް ކެނޑުމަށް ފަހު 61 ޕަސެންޓްގެ ކުރިއެރުމަކާއެކު 1.02 ބިލިއަން ރުފިޔާގެ ފައިދާއެއް ލިބި، ވިޔަފާރީގެ މައިގަނޑު ހުރިހާ ދާއިރާއަކުން ވެސް ހަރުދަނާ ކުރިއެރުންތަކެއް ހޯދާފައިވާކަން ފާހަގަކޮށްފައިވެ އެވެ.
ބީއެމްއެލުން ހިއްސާއަކަށް 15ރ. ބަހަން ނިންމައިފި
1.5 ބިލިއަން ރުފިޔާގެ ލޯނު ބީއެމްއެލް އިން ދޫކުރި
ބީއެމްއެލްގެ ޗެއާޕާސަން، ބޯޑު މެމްބަރުން އައްޔަނުކޮށްފި
ފައިސާގެ މުއާމަލާތްތަކުގެ 99 ޕަސެންޓު ޑިޖިޓަލް:ޝަރީފު
ބީއެމްއެލްއިން ދުވާލަކު 1.5 މިލިއަން ޑޮލަރު ވިއްކާ
ޓޫރިޒަމަށް މިހާރު ދޫކޮށްފައިވާ ލޯނު 8 ބިލިއަނަށް އަރާ
58 ޕަސެންޓު މީހުން ފައިސާ ޖަމާކުރަނީ ބީއެމްއެލްގައި
ބީއެމްއެލް އިން ހިއްސާއަކަށް 55ރ. ބަހަން ނިންމައިފި
ބީއެމްއެލްގެ ބޯޑަށް ތިން ބޭފުޅުން އައްޔަންކޮށްފި
ބީއެމްއެލްގެ ބޯޑު މެމްބަރު ސަޖްނީ އިސްތިއުފާ ދެއްވައިފި