24 މާޗް 2022
ބީއެމްއެލް އިން މިދިޔަ އަހަރުގެ ހިއްސާގެ ފައިދާގެ ގޮތުގައި ރެކޯޑު އަދަދެއް ބަހަން އެ ބޭންކުގެ ބޯޑުން ނިންމައިފި އެވެ.
ބީއެމްއެލް އިން މިދިޔަ އަހަރުގެ ހިއްސާގެ ފައިދާގެ ގޮތުގައި ރެކޯޑު އަދަދެއް ބަހަން އެ ބޭންކުގެ ބޯޑުން ނިންމައިފި އެވެ.
ބޭންކުގެ ބޯޑުން ނިންމާފައިވާ ގޮތުގައި ހިއްސާއަކަށް 35ރ.ގެ ރޭޓުން މި އަހަރުގެ ފައިނަލް ޑިވިޑެންޑް (ހިއްސާގެ ފައިދާ) ގެ ގޮތުގައި 188.9 މިލިއަން ރުފިޔާ ބަހާނެ އެވެ. މިދިޔަ އަހަރު ބަހާފައިވަނީ ހިއްސާއަކަށް 15ރ. އެވެ.
ހިއްސާގެ ފައިދާގެ އިތުރުން އިންޓެރިމް ޑިވިޑެންޑް (އަހަރީ އާއްމު ޖަލްސާގެ ކުރިން ބަހާ ހިއްސާގެ ފައިދާ) ގެ ގޮތުގައި 13ރ. ގެ ރޭޓުން 69.9 މިލިއަން ރުފިޔާ ބަހަން ވެސް ބޯޑުން ވަނީ ފާސްކޮށްފަ އެވެ.
ބީއެމްއެލުން ހިއްސާގެ ފައިދާގެ ގޮތުގައި ކަނޑައަޅާފައިވާ އަދަދު ފާސް ކުރަނީ މި އަހަރު ބާއްވާ އެ ބޭންކުގެ އަހަރީ އާއްމު ޖަލްސާގަ އެވެ.
ބޭންކުގެ ހިއްސާގެ ފައިދާ ބަހާނީ އަންނަ މަހުގެ 20ގެ ކުރިން ހިއްސާދާރުންގެ ގޮތުގައި ރަޖިސްޓްރީ ކުރާ މީހުންގެ މެދުގަ އެވެ. މިދިޔަ އަހަރު ބީއެމްއެލް އަށް ވަނީ ފައިދާގެ ގޮތުގައި 1.7 ބިލިއަން ރުފިޔާ ލިބިފަ އެވެ.
ބީއެމްއެލްގެ 62.2 ޕަސެންޓު ހިއްސާ އަކީ ސަރުކާރެވެ. އަދި 4.1 ޕަސެންޓް ހިއްސާކުރަނީ ސަރުކާރު ހިއްސާވާ ކުންފުނިތަކުންނެވެ. ބާކީ 33.7 ޕަސެންޓަކީ އާންމު ހިއްސާދާރުންނެވެ. އެހެން ކަމުން ހިއްސާގެ ފައިދާގެ ދެބައިކުޅަ އެއްބަޔަކަށް ވުރެ ބޮޑު ބައެއް ލިބޭނީ ސަރުކާރަށެވެ.
1.5 ބިލިއަން ރުފިޔާގެ ލޯނު ބީއެމްއެލް އިން ދޫކުރި
ބީއެމްއެލްގެ ޗެއާޕާސަން ފަަރީހާ އާ ބޯޑުގައި ނުހިމެނޭ
ބީއެމްއެލްގެ ބޯޑަށް ކުރިމަތިލާން ހުޅުވާލައިފި
ބީއެމްއެލްގެ ބޯޑަށް ކުރިމަތިލާން ހުޅުވާލައިފި
ބީއެމްއެލުން ހިއްސާއަކަށް 15ރ. ބަހަން ނިންމައިފި
ބީއެމްއެލް އިން ހިއްސާއަކަށް 15ރ. ބަހަނީ
އުރީދޫގެ ހިއްސާއަކަށް 3.30ރ. ބަހަން ހުށަހަޅަނީ
ބީއެމްއެލްއަށް 239 މިލިއަން ރުފިޔާގެ ސާފު ފައިދާއެއް
ބޭންކުގެ ގޮތްޕެއް ބޭރުގައި ހުޅުވުމަކީ ފަސޭހަކަމެއް ނޫން
ބީއެމްއެލްގެ ހިއްސާއަކަށް 22ރ. ބަހަން ފާސްކޮށްފި