Roadha Mihaaru
ބީއެމްއެލްގެ ބޯޑަށް ކުރިމަތިލާން ހުޅުވާލައިފި

ބީއެމްއެލްގެ އާއްމު ހިއްސާދާރުންގެ ތެރެއިންގެ ޑިރެކްޓަރުންގެ މަގާމަށް ކުރިމަތިލާން ހުޅުވާލައިފި

30 ޖެނުއަރީ 2022

ބީއެމްއެލްގެ ޑިރެކްޓަރުންގެ ބޯޑަށް ކުރިމަތިލުމުގެ ފުރުސަތު އާއްމު ހިއްސާދާރުންނަށް ހުޅުވާލައިފި އެވެ.

އިދުހާމް ނައީމް އިދުހާމް ނައީމް

ބީއެމްއެލްގެ ޑިރެކްޓަރުންގެ ބޯޑަށް ކުރިމަތިލުމުގެ ފުރުސަތު އާއްމު ހިއްސާދާރުންނަށް ހުޅުވާލައިފި އެވެ.

އެ ބޭންކުގެ ބޯޑަށް އާއްމު ހިއްސާދާރުންގެ ފަރާތުން ތިން ޑިރެކްޓަރުން ހޮވާނެ އެވެ. މި މަގާމަށް ކުރިމަތިލެވޭނީ އާއްމު ހިއްސާދާރުންގެ ތެރެއިން 30-70 އަހަރުގެ މީހުންނަށެެވެ.

މި މަގާމަށް އެދެން ބޭނުންވާ މީހުންނަށް އަންނަ މަހުގެ 28 ވަނަ ދުވަހުގެ ހަވީރު 4:00 ހަމައަށް ފުރުސަތު ވަނީ ހުޅުވާލައިފަ އެވެ. އީމެއިލް މެދުވެރިކޮށް ވެސް މިކަމަށް އެދި ލިޔެކިޔުންތައް ހުށަހެޅޭނެ އެވެ.

ބީއެމްއެލްގެ ޑިރެކްޓަރުންގެ ބޯޑުގައި 11 ޑިރެކްޓަރުން ތިބޭއިރު މީގެ ތެރެއިން އަށް މެމްބަރުން އައްޔަންކުރަނީ ސަރުކާރުންނެވެ. ބާކީ ތިން މެމްބަރުންނަކީ އާއްމު ހިއްސާދާރުން ތަމްސީލު ކުރަން އެ ހިއްސާދާރުންގެ ތެރެއިން އައްޔަންކުރާ މެމްބަރުންތަކެކެވެ.

ޑިރެކްޓަރު ކަމަށް ކުރިމަތިލާ ހިއްސާދާރުންގެ ތެރެއިން ޝަރުތު ހަމަވާ މީހުންގެ ނަންތައް މިއަހަރު އޮންނަ ބޭންކުގެ އަހަރީ އާއްމު ޖަލްސާއަށް ހުށަހަޅާނެ އެވެ. ބޯޑަށް މެމްބަރުން ހޮވާނީ މި ޖަލްސާގައި ނަގާ ވޯޓުންނެވެ.