21 އޯގަސްޓް 2017
ސްރީ ލަންކާގައި ހުންނަވާ ދިވެހި ސަފީރަކަށް މުހައްމަދު ހުސެއިން ޝަރީފް (މުންދު) އައްޔަން ކުރެއްވުމަށް ރައީސް އަބްދުﷲ ޔާމީން ނިންމަވައި އެ މައްސަލަ މަޖިލިހަށް ފޮނުއްވައިފި އެވެ. މުންދުއަކީ އޮގަސްޓް 2016 އިން ފެށިގެން ޖަޕާނުގައި ހުންނަވާ ދިވެހި ސަފީރުގެ މަގާމު ފުރުއްވަމުން ގެންދަވާ ބޭފުޅެކެވެ.
ސްރީ ލަންކާގައި ހުންނަވާ ދިވެހި ސަފީރަކަށް މުހައްމަދު ހުސެއިން ޝަރީފް (މުންދު) އައްޔަން ކުރެއްވުމަށް ރައީސް އަބްދުﷲ ޔާމީން ނިންމަވައި އެ މައްސަލަ މަޖިލިހަށް ފޮނުއްވައިފި އެވެ. މުންދުއަކީ އޮގަސްޓް 2016 އިން ފެށިގެން ޖަޕާނުގައި ހުންނަވާ ދިވެހި ސަފީރުގެ މަގާމު ފުރުއްވަމުން ގެންދަވާ ބޭފުޅެކެވެ.
ރައްޔިތުންގެ މަޖިލިހުގެ ޖަލްސާތައް މެދުކެނޑިފައި އޮންނަތާ 22 ދުވަހަށް ފަހު، މާދަމާ ބާއްވާ ޖަލްސާގައި ވަނީ، ލަންކާގައި ހުންނަވާ ދިވެހި ސަފީރަކަށް މުންދު ހަމަޖެއްސެވުމުގެ މައްސަލަ އެޖެންޑާކޮށްފަ އެވެ. އަދި އެ މައްސަލަ ދިރާސާ ކުރުމަށްޓަކައި މާދަމާގެ ޖަލްސާގައި މަޖިލިހުގެ ދާއިމީ ކޮމެޓީ އަކަށް ފޮނުވާނެ އެވެ.
ލަންކާގައި ހުންނަވާ ދިވެހި ސަފީރަކަށް މޭ 2014 ގައި އައްޔަން ކުރެއްވި ޒާހިޔާ އެ މަގާމުން ވަކިކުރާ ސަބަބެއް ނޭނގެ އެވެ. ރައީސް އަބްދުﷲ ޔާމީނާ އެކު ބެއިރޫތުގައި ކިޔަވާ ވިދާޅުވި ޒާހިޔާ އަށް މި ސަރުކާރުގައި ދެން ދެއްވާނެ މަގާމެއް ވެސް އަދިއެއް ނޭނގެ އެވެ. އެނގިފައިވާ ގޮތުގައި ރާއްޖެ ބަދަލުވުމަށް އޭނާ ވަނީ ނިންމަވައިފަ އެވެ.
ރާއްޖެ އިން ބޭރުގައި ތިއްބަވާ ދިވެހި ސަފީރުންނާ އެކު މިދިޔަ އޭޕްރީލް މަހު ބޭއްވި މަހާސިންތާގައި ޒާހިޔާ (ވ) އަދި ރައީސް އޮފީހުގެ ލީގަލް އެޑްވައިޒަރު އާޒިމާ ވާހަކަ ދައްކަވަނީ.---މިހާރު ފޮޓޯ: ހުސެއިން ވަހީދު
ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމްގެ ސަރުކާރުގައި ރައީސް އޮފީހުގެ ތަރުޖަމާނަކަށް ހުންނަވައި، އެ ސަރުކާރު ދިފާއު ކުރެއްވުމުގައި ގިނަ މަސައްކަތްތަކެއް އޭރު ކުރެއްވި މުންދު ވަނީ ޑިޕްލޮމަސީގެ ދާއިރާ އިން މާސްޓާސް ނަންގަވައިފަ އެވެ. މައުމޫންގެ ސަރުކާރަށް ފަހު، މިހާރުގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުގައި މުންދު ވަނީ ޔޫތު އެންޑް ސްޕޯޓްސް މިނިސްޓަރުކަމާއި ރައީސް އޮފީހުގެ މިނިސްޓަރުކަން ވެސް ކުރައްވައިފަ އެވެ.
ލަންކާގައި ހުންނަވާ ދިވެހި ސަފީރަކަށް މުންދު އައްޔަން ކުރައްވަން ރައީސް ޔާމީން ނިންމެވިއިރު، އިދިކޮޅު ހަރަކާތްތައް އެ ގައުމުގައި ވަނީ ވަރުގަދަކޮށްފަ އެވެ. އެންމެ ބޮޑު އިދިކޮޅު ޕާޓީ އެމްޑީޕީގެ ބާނީ އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު ވެސް މިހާރު ލަންކާގައި އުޅުއްވާއިރު، އިދިކޮޅު ހަރަކާތުގެ މުހިންމު ބައްދަލުވުންތައް ވެސް ދޭތެރެދޭތެރެއިން އެ ގައުމުގައި އަންނަނީ ބާއްވަމުންނެވެ.
ލަންކާގައި ހުންނަވާ ދިވެހި ސަފީރަކަށް މުންދު ހަމަޖެއްސެވުމުގެ މައްސަލައިގެ އިތުރުން މަޖިލިހުގެ މާދަމާގެ ޖަލްސާގައި ދެން އެޖެންޑާ ކޮށްފައި ވަނީ މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) ގެ ގަވަރުނަރަަކަށް އަހުމަދު ނަސީރު އައްޔަން ކުރެއްވުމުގެ މައްސަލަ އެވެ. އެ މައްސަލަ ވެސް ދިރާސާ ކުރުމަށްޓަކައި މާދަމާގެ ޖަލްސާގައި ދާއިމީ ކޮމެޓީއަކަށް ފޮނުވާނެ އެވެ.
ރަޝިއާ އަށް ކަނޑައަޅާ ސަފީރަކަށް މުންދު އައްޔަންކުރަނީ
ލަންކާ ސަފީރު ކަމަށް މަސްއޫދު، މެލޭޝިއާ އަށް ޝަބީނާ
ލަންކާގެ ދިވެހި ސަފީރަކަށް އަލީ ފާއިޒު އައްޔަންކުރަނީ
"ލަންކާއާ އެކު އޮތް ގުޅުން އާ ސަފީރުން ބަދަހިކުރާނެ"
މުންދުގެ ސަފީރުކަމުގެ ފަތްކޮޅު އެރުވުން މިއަދު
ސަފީރު ކަމާ ހަވާލުވާން މުންދު ލަންކާ އަށް
ނަޝީދަށް މުންދު: ހިމާޔަތް އޮތްކަން ލިޔުމުން ދައްކަވާ
ރާއްޖެ-ލަންކާގެ ނުތަނަވަސްކަމެއް ނެތް: މުންދު
ލަންކާގެ ސަފީރަކަށް މުންދު އައްޔަން ކުރައްވައިފި
ލަންކާ ސަފީރަކަށް މުންދު އައްޔަން ކުރަން ފާސްކޮށްފި