23 އޯގަސްޓް 2017
ސްރީ ލަންކާގައި ހުންނަވާ ދިވެހި ސަފީރަކަށް މުހައްމަދު ހުސެއިން ޝަރީފް (މުންދު) އައްޔަން ކުރެއްވުމަށް ރައްޔިތުންގެ މަޖިލީހުން މިއަދު ފާސްކޮށްފި އެވެ.
ސްރީ ލަންކާގައި ހުންނަވާ ދިވެހި ސަފީރަކަށް މުހައްމަދު ހުސެއިން ޝަރީފް (މުންދު) އައްޔަން ކުރެއްވުމަށް ރައްޔިތުންގެ މަޖިލީހުން މިއަދު ފާސްކޮށްފި އެވެ.
މަޖިލީހުގައި އިދިކޮޅު މެމްބަރުން އިހްތިޖާޖް ކުރައްވަމުން ގެންދަވަނިކޮށް، ސިފައިންގެ ހިމާޔަތުގައި އިންނަވައި މަޖިލީހުގެ ރައީސް އަބްދުﷲ މަސީހު ބޭއްވެވި ޖަލްސާގައި މުންދު، ލަންކާ ސަފީރަކަށް އައްޔަން ކުރައްވަން ފާސްވީ ވޯޓުގައި ބައިވެރިވެވަޑައިގެންނެވި 28 މެމްބަރުންގެ އިއްތިފާގުންނެވެ.
ސަރުކާރާއި އިދިކޮޅު މެމްބަރުންގެ ޒުވާބާއި ހަޅޭކުގެ ތެރޭގައި ނެގި މި ވޯޓުގައި އިދިކޮޅު އެއްވެސް މެމްބަރަކު ބައިވެވަަޑައެއް ނުގަންނަވަ އެވެ. ސަބަބެއް ކަމަށް އިދިކޮޅުން ބުނެފައި ވަނީ ރައްޔިތުންގެ މަޖިލީހުގައި ފުރަތަމަ އެޖެންޑާ ކުރަންޖެހޭނީ މަޖިލީހުގެ ރައީސް އަބްދުﷲ މަސީހްގެ އިތުބާރު ނެތްކަމުގެ ވޯޓު ކަމަށް އެބޭފުޅުން ގަބޫލު ކުރައްވާތީ އެވެ. އިއްޔެ އާއި މިއަދުގެ ޖަލްސާގައި ވެސް އިދިކޮޅު މެމްބަރުން އިހުތިޖާޖުކުރީ އެހެންވެ ކަމަށް އެބޭފުޅުން ވިދާޅުވި އެވެ.
މަސީހް މަގާމުން ވަކިކުރުމަށް 45 މެމްބަރުންގެ ސޮޔާއެކު މަޖިލީހަށް ވެއްދި ނަމަވެސް، އެ މައްސަލާގައި ސޮއިކުރެއްވި ބައެއް މެމްބަރުންގެ ގޮނޑި ގެއްލިފައިވާ ކަމަށް އިލެކްޝަންސް ކޮމިޝަނުން ކަނޑައެޅުމާއެކު، މަސީހްގެ އިތުބާރު ނެތްކަމުގެ މައްސަލަ ވަނީ މަޖިލީހުން ބޭރުކޮށްލައިފަ އެވެ.
ލަންކާގައި ހުންނަވާ ދިވެހި ސަފީރަކަށް މުންދު އައްޔަން ކުރެއްވުމަށްޓަކައި އޭނާގެ ނަން ދިރާސާ ކުރި ގައުމީ ސަލާމަތު ކޮމެޓީން ނިންމި ގޮތަށް މަޖިލީހުން ފާސް ކުރިއިރު، އޭނާ އަކީ އޮގަސްޓް 2016 އިން ފެށިގެން ޖަޕާނުގައި ހުންނަވާ ދިވެހި ސަފީރެވެ.
ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމްގެ ސަރުކާރުގައި ރައީސް އޮފީހުގެ ތަރުޖަމާނަކަށް ހުންނަވައި، އެ ސަރުކާރު ދިފާއު ކުރެއްވުމުގައި ގިނަ މަސައްކަތްތަކެއް އޭރު ކުރެއްވި މުންދު ވަނީ ޑިޕްލޮމަސީގެ ދާއިރާ އިން މާސްޓާސް ނަންގަވައިފަ އެވެ.
މައުމޫންގެ ސަރުކާރަށް ފަހު، މިހާރުގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުގައި މުންދު ވަނީ ޔޫތު އެންޑް ސްޕޯޓްސް މިނިސްޓަރުކަމާއި ރައީސް އޮފީހުގެ މިނިސްޓަރުކަން ވެސް ކުރައްވައިފަ އެވެ.
ލަންކާގައި ހުންނަވާ ދިވެހި ސަފީރަކަށް މުންދު އައްޔަން ކުރައްވަން ރައީސް ޔާމީން ނިންމެވިއިރު، އިދިކޮޅު ހަރަކާތްތައް އެ ގައުމުގައި ވަނީ ވަރުގަދަކޮށްފަ އެވެ. އެންމެ ބޮޑު އިދިކޮޅު ޕާޓީ އެމްޑީޕީގެ އެއް ބާނީ އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު ވެސް މިހާރު ލަންކާގައި އުޅުއްވާއިރު، އިދިކޮޅު ހަރަކާތުގެ މުހިންމު ބައްދަލުވުންތައް ވެސް ދޭތެރެދޭތެރެއިން އެ ގައުމުގައި އަންނަނީ ބާއްވަމުންނެވެ.
ލަންކާގައި ހުންނަވާ ދިވެހި ސަފީރެއްގެ ގޮތުގައި މިދިޔަ ތިން އަހަރެއްހާ ދުވަހު ހުންނެވީ ޒާހިޔާ ޒަރީރެވެ.
މުންދަށް ރުހުން ދިނުމުގެ އިތުރުން މަޖިލީހުގެ މިއަދުގެ ޖަލްސާގައި ވަނީ އިންޑިއަން އޯޝަން ރިމް އެސޯސިއޭޝަން (އަޔޯރާ) ގައި ރާއްޖެ ބައިވެރި ވުމުގެ މައްސަލަ ގައުމީ ސަލާމަތުގެ ކޮމެޓީން ނިންމި ގޮތަށް ފާސްކޮށްފަ އެވެ. އެ މުއާހަދާގައި ބައިވެރިވުމަށް ފާސްވީ 27 މެމްބަރުންގެ އިއްތިފާގުންނެވެ.
ރަނިލް ތަގްރީރު ކުރެއްވުމުގެ ދައުވަތުދޭން ފާސްކޮށްފި
ލުތުފީ ގެންނަން މަދުވަނީ ޑިފެންސްގެ ލިޔުމެއް:އިމްރާން
ލަންކާގެ ސަފީރަަކަށް މުންދު ހަމަޖައްސަވަނީ
ލަންކާއާއެކު ޓްރީޓީއަކަށް ދާން މަޖިލީހުން ރުހުންދީފި
ލަންކާއާ އެކު ޖިނާއީ ކަންކަމުގައި އެއްބާރުލުން ދެނީ
ލަންކާ ސަފީރު ކަމަށް މަސްއޫދު، މެލޭޝިއާ އަށް ޝަބީނާ
ލަންކާގެ ސަފީރަކަށް ފާއިޒް އައްޔަންކުރަން ރުހުން ދީފި
ލަންކާގެ ދިވެހި ސަފީރަކަށް އަލީ ފާއިޒު އައްޔަންކުރަނީ
ނަޝީދު ވަކިކުރުމުގެ މައްސަލަ ކޯޓުން ބަލައެއްނުގަތް
ނަޝީދު ވަކިކުރުމުގެ އަޑީގައި އޮތީ ސަރުކާރު: ހަސަން