Roadha Mihaaru
ނަޝީދު ވަކިކުރުމުގެ މައްސަލަ ކޯޓުން ބަލައެއްނުގަތް

ނަޝީދު މަޖިލީހުން ވަކިކުރަން ހުށަހެޅި މައްސަލަ ސުޕްރީމް ކޯޓުން ބަލައެއްނުގަތް

14 ނޮވެމްބަރ 2022

ރައްޔިތުން މަޖިލީހުގެ ރައީސް އަދި މައްޗަންގޮޅި މެދު ދާއިރާގެ މެންބަރު މުހައްމަދު ނަޝީދުގެ މެމްބަރުކަން ގެއްލިފައިވާ ކަމަށް ކަނޑައަޅަން ސުޕްރީމް ކޯޓަށް ހުށަހެޅި މައްސަލަ އެ ކޯޓުން ބަލައިނުގަތުމަށް ނިންމައިފި އެވެ.

މުއިއްޒު އިބްރާހިމް މުއިއްޒު އިބްރާހިމް

ރައްޔިތުން މަޖިލީހުގެ ރައީސް އަދި މައްޗަންގޮޅި މެދު ދާއިރާގެ މެންބަރު މުހައްމަދު ނަޝީދުގެ މެމްބަރުކަން ގެއްލިފައިވާ ކަމަށް ކަނޑައަޅަން ސުޕްރީމް ކޯޓަށް ހުށަހެޅި މައްސަލަ އެ ކޯޓުން ބަލައިނުގަތުމަށް ނިންމައިފި އެވެ.

ނަޝީދުގެ މަޖިލިސް މެމްބަރުކަން ގެއްލިފައިވާ ކަމަށް ކަނޑައަޅަން ސުޕްރީމް ކޯޓަށް ހުށަހެޅުއްވީ ވަކީލު އަހުމަދު ތާލިބެވެ. އޭނާ އެ މައްސަލަ ހުށަހެޅުއްވީ މިސްރުގައި ކުރިއަށް ގެންދާ ކޮޕް-27 ސަމިޓްގައި ސްރީ ލަންކާ ތަމްސީލުކުރަން ނަޝީދު ވަޑައިގަތުމުންނެވެ. އެކަމާ ގުޅިގެން ނަޝީދަށް ގިނަ ފާޑުކިޔުންތަކެއް އަމާޒުވި އެވެ.

އެ މައްސަލަ ބަލައިނުގަތުމަށް ސުޕްރީމް ކޯޓުގެ ރަޖިސްޓްރާ ނިންމެވީ މިއަދެވެ.

އެ ނިންމުން އިސްތިއުނާފް ކުރަން ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ މަޖިލީހަށް ހުށަހެޅުމުގެ ފުރުސަތު އަދިވެސް އޮންނާނެ އެވެ.

ގާނޫނުއަސާސީ ބުނާގޮތުން މެމްބަރެއްގެ ގޮނޑިއާ މެދު ސުވާލު އުފެދިއްޖެ ނަމަ، އެކަމާ މެދު ގޮތެއް ނިންމާނީ ސުޕްރީމް ކޯޓުންނެވެ.

ނަޝީދު، ސްރީ ލަންކާ ތަމްސީލު ކުރައްވާތީ ކުރިމަތިވި ފާޑުކިޔުންތަކާ ގުޅިގެން ރައްޔިތުންގެ މަޖިލީހުން ކުރިން ބުނެފައިވަނީ އެ ދަތުރުގެ ހަރަދުތައް ދިވެހި ދައުލަތުން ކުރަން ނުޖެހޭ ކަމަށެވެ.