09 ނޮވެމްބަރ 2022
ރައްޔިތުން މަޖިލީހުގެ ރައީސް އަދި މައްޗަންގޮޅި މެދު ދާއިރާގެ މެންބަރު މުހައްމަދު ނަޝީދު މަޖިލީހުގެ މެމްބަރުކަމުން ވަކިކުރުމަށް ސުޕްރީމް ކޯޓަށް ދުސްތޫރީ މައްސަލައެއް ހުށަހަޅައިފި އެވެ.
ރައްޔިތުން މަޖިލީހުގެ ރައީސް އަދި މައްޗަންގޮޅި މެދު ދާއިރާގެ މެންބަރު މުހައްމަދު ނަޝީދު މަޖިލީހުގެ މެމްބަރުކަމުން ވަކިކުރުމަށް ސުޕްރީމް ކޯޓަށް ދުސްތޫރީ މައްސަލައެއް ހުށަހަޅައިފި އެވެ.
ސުޕްރީމް ކޯޓަށް މިއަދު އެ މައްސަލަ ހުށަހެޅުއްވީ ގާނޫނީ ވަކީލު އަހުމަދު ތާލިބެވެ. އޭނާ އެ މައްސަލަ ހުށަހެޅުއްވީ މިސްރުގައި މިހާރު ކުރިއަށްދާ ކޮޕް-27 ސަމިޓްގައި ނަޝީދު، ސްރީ ލަންކާ ތަމްސީލުކުރައްވާތީވެ އެވެ.
މި މައްސަލައިގެ ދައުވާ ބިނާ ކުރާ ގާނޫނީ ސަބަބުތަކުގެ ގޮތުގައި ހުށަހަޅައިފައިވަނީ ނަޝީދު ގާނޫނު އަސާސީގެ 75 ވަނަ މާއްދާއާ ހިލާފުވުމެވެ. ނަޝީދުގެ އެ އަމަލަކީ ގާނޫނު އަސާސީގައި ބަޔާން ކޮށްފައިވާ މަޖިލީހުގެ މެންބަރެއްގެ ޝަރުތުތަކާ ހިލާފު އަމަލެއް ކަމަށް ދައުވާގައި ބުނެފައިވެ އެވެ.
އެގޮތުން ގާނޫނު އަސާސީގައި ބަޔާންކޮށްފައިވާ ގޮތުގައި ރައްޔިތުންގެ މަޖިލީހުގެ މެމްބަރުން އަމަލުކުރަން ވާނީ ގައުމީ މަސްލަހަތާއި ރައްޔިތުންގެ ލާބައާއި މަންފާއަށް އިސްކަންދީގެން ކަމަށާއި ނަމަވެސް ނަޝީދުގެ މި އަމަލު، ގާނޫނު އަސާސީއާ ފުށުއަރާ ކަމަށް ބުނެފައިވެ އެވެ.
އެގޮތުން ކޮޕް-27 ކޮންފަރެންސުގައި ނައިބު ރައީސް ފައިސަލް ނަސީމް ބައިވެރިވެވަޑައިގަންނަވާއިރު، ދައުލަތުގެ އެހެން ބާރެއްގެ ވެރިއަކު އެހެން ގައުމެއް ތަމްސީލުކުރެއްވުމަކީ ދައުލަތުގެ ސިޔާސަތީ ބާރުގެ މަސްލަހަތުތަކާ ފުށުއަރާ ކަމެއް ކަމަށް ދައުވާގައި ބުނެފައިވެ އެވެ.
މި މައްސަލަ ބަލައިގަތުމާ މެދު ސުޕްރީމް ކޯޓުން އަދި ގޮތެއް ނުނިންމަ އެވެ.
ނަޝީދު ވަކިކުރުމުގެ އަޑީގައި އޮތީ ސަރުކާރު: ހަސަން
ނަޝީދު ވަކިކުރުމުގެ މައްސަލަ ކޯޓުން ބަލައެއްނުގަތް
"ނަޝީދުގެ ހިތުގައި ރާއްޖެއަށް އޮތް ގަދަރު ކުޑަ"
ނަޝީދުގެ ޓްވީޓާ ގުޅިގެން ގިނަ ބައެއްގެ ފާޑުކިޔުން!
ލަންކާއަށް ބޭރުގެ އެހީ ހޯދަން ނަޝީދާ ހަވާލުކުރައްވައިފި
ވަޅުލައިދޭން ބޭނުންވާ ވަރުން ދުވާ ނުބައި ވަސް!
"ލުތުފީ އެމްބަސީއަށް ދިޔައީ ބޮން ގޮއްވުމުގެ ކުރިން"
އެމްޑީޕީގެ ވަފުދާ އެކު ނައިބު ރައީސް ލަންކާގައި
ތާއީދު ދެއްކުމަށް އެމްޑީޕީގެ ވެރިން ލަންކާ އަށް
ނަޝީދާއި އިބޫއާ އެކު އުފާވެރި ވަގުތުކޮޅެއް