02 ޖޫން 2019
ސްރީ ލަންކާގައި ދިން ހަމަލާތަކަށް ފަހު އެ ގައުމުގައި އަމާންކަން ގާއިމުވެފައި އޮތްކަންކަން ދައްކައިދީ އެ ގައުމަށް އެއްބާރުލުން ދިނުމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދާއެކު އެމްޑީޕީގެ އިސް ވަދުފެއް އެ ގައުމަށް ދާން ނިންމައިފި އެވެ.
ސްރީ ލަންކާގައި ދިން ހަމަލާތަކަށް ފަހު އެ ގައުމުގައި އަމާންކަން ގާއިމުވެފައި އޮތްކަންކަން ދައްކައިދީ އެ ގައުމަށް އެއްބާރުލުން ދިނުމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދާއެކު އެމްޑީޕީގެ އިސް ވަދުފެއް އެ ގައުމަށް ދާން ނިންމައިފި އެވެ.
އެމްޑީޕީން ނެރުނު ބަޔާނުގައި ބުނީ ކެބިނެޓުގެ ވަޒީރުންނާއި މަޖިލިސް މެމްބަރުންނާއި ޕާޓީގެ ގައުމީ މަޖިލީހުގެ މެމްބަރުންނާއެކު ލަންކާގައި މި މަހުގެ 15 ވަނަ ދުވަހު ހާއްސަ ހަފުލާއެއް ބާއްވަން ނިންމާފައިވާ ކަމަށެވެ.
ލަންކާ އަކީ އަބަދު ވެސް ގާތް ގައުމެއް ކަމަށާއި އެކި ގޮތްގޮތުން ދިވެހިންނަށް އެހީތެރިކަން ފޯރުކޮށްދީފައިވާކަމަށް ބުންޏެވެ. ހާއްސަކޮށް އެމްޑީޕީއަށް އެންމެ ބޭނުންވި ވަގުތު ގާތް އެކުވެރިއެއްގެ ގޮތުގައ ލަންކާ އިން އެހީތެރިކަން ފޯރުކޮށްދީފައިވާ ކަން ފާހަގަކުރި އެވެ. އެގޮތުން، ބިރުވެރިކަމެއްގައި ވަނިކޮށް ނަޝީދަށާއި އެމްޑީޕީގެ އިސްވެރިންނަށް ހިމާޔަތާއި ރައްކާތެރިކަން ދިނުން ފާހަގަކުރި އެވެ.
ޓެރަރިޒަމްގެ ކުށުގައި 13 އަހަރުގެ ޖަލު ހުކުމެއް އިއްވާފައިވަނިކޮށް ނަޝީދު ބޭސްފަރުވާ އަށް އިނގިރޭސިވިލާތަށް ވަޑައިގެން ހިމާޔަތް ހޯއްދެވި ފަހުން، ސިޔާސީ ހަރަކާތްތައް ގިނައިން ހިންގަވާފައިވަނީ ލަންކާގަ އެވެ. އެމްޑީޕީ ސަރުކާރުގައި އިސްކޮށް އުޅުއްވި ބައެއް ބޭފުޅުން ވެސް އަމިއްލަ އަށް އަރުވާލެއްވިގެން އުޅުއްވީ އެ ގައުމުގަ އެވެ.
"ލަންކާ ސަރުކާރުގެ ކާމިޔާބު މަސައްކަތްތަކާއެކު ރާއްޖޭގެ ޑިމޮކްރަސީ އާއި މި ގައުމުގެ ގިނަ ރައްޔިތުން ބޭނުންވާ ގޮތް ވަނީ ރައްކާތެރިކޮށްދެވިފައި. ރާއްޖޭގެ ތާރީހުން އެކަން އެނގިގެންދޭ،" ސަރުކާރު ކޯލިޝަންގައި ހިމެނޭ އެންމެ ބޮޑު ޕާޓީން ބުންޏެވެ.
އެމްޑީޕީން ބުނީ އެ ޕާޓީން އަބަދު ވެސް ތިބޭނީ ލަންކާއާ އެކު ކަމަށެވެ. އަދި ޓެރަރިސްޓް ހަމަލާއަށްފަހު ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރަން ކުރަންޖެހޭ ހުރިހާ މަސައްކަތެއް ކުރާނެކަމުގެ ޔަގީންކަން އެބައޮތްކަމަށް ބުންޏެވެ.
ނަޝީދު ވަކިކުރުމުގެ އަޑީގައި އޮތީ ސަރުކާރު: ހަސަން
ނަޝީދާއި އިބޫއާ އެކު އުފާވެރި ވަގުތުކޮޅެއް
ނަޝީދާއި އިބޫ، ބައިވެރިވާ ޚާއްސަ ޖަލްސާއެއް ލަންކާގައި
ނަޝީދަށް ހަމަލާދީފާނެ ކަމަށް ބުނެ ބައްދަލުވުން ކެންސަލް
ވެރިކަން ވައްޓާލަން އުޅުމުގެ އަޑީގައި ލަންކާ: ރިޔާޒް
ރާއްޖެ-ލަންކާގެ ނުތަނަވަސްކަމެއް ނެތް: މުންދު
ރައީސް ނަޝީދު، މަލިކު ލަވައިގައި ތާށިވެފައި!
ނަޝީދު އަނެއްކާ ވެސް ލަންކާ އަށް
ނަޝީދު އަނެއްކާވެސް ލަންކާ އަށް ވަޑައިގެންފި
ނަޝީދު ލަންކާގެ ރައީސްއާ ބައްދަލުކުރައްވައިފި