ކުރީގެ ރައީސް މުހައްމަދު ނަޝީދާއި އިދިކޮޅު ރިޔާސީ ކެންޑިޑޭޓް އިބްރާހިމް މުހައްމަދު ސޯލިހް (އިބޫ) ބައިވެރިވެވަޑައިގަންނަވާ ޚާއްސަ ކެމްޕެއިން ޖަލްސާއެއް ސްރީ ލަންކާގައި މާދަމާ ބާއްވަން ނިންމައިފި އެވެ.
26 އޯގަސްޓް 2018
ކުރީގެ ރައީސް މުހައްމަދު ނަޝީދާއި އިދިކޮޅު ރިޔާސީ ކެންޑިޑޭޓް އިބްރާހިމް މުހައްމަދު ސޯލިހް (އިބޫ) ބައިވެރިވެވަޑައިގަންނަވާ ޚާއްސަ ކެމްޕެއިން ޖަލްސާއެއް ސްރީ ލަންކާގައި މާދަމާ ބާއްވަން ނިންމައިފި އެވެ.
އަންނަ މަހުގެ 23 ގައި ބާއްވާ ރިޔާސީ އިންތިޚާބުގެ ކެމްޕެއިނަށް އިބޫ މިހާރު ވަނީ ލަންކާ އަށް ފުރާވަޑައިގެންފަ އެވެ. މިއީ، އިދިކޮޅު ރިޔާސީ ކެންޑިޑޭޓަކަށް އިބޫ ހަމަޖެއްސި ފަހުން ނަޝީދާ ދެބޭފުޅުން އެއް ތަނަކުން ބައްދަލުވާ ފުރަތަމަ ފަހަރަށް ވެސް ވާނެ އެވެ.
އެމްޑީޕީގެ ހަރަކާތްތައް ލަންކާގައި ހިންގުމުގައި އިސްކޮށް ހަރަކާތްތެރިވެވަަޑައިގަންނަވާ މުހައްމަދު ތޯރިގު (މަނަދޫ ތޯރިގު) މިއަދު ވިދާޅުވީ، އިދިކޮޅު ކޯލިޝަނަށް ތާއީދު ހޯދުމަށް ގިނަ ކަންތައްތަކެއް، އެ ގައުމުގައި ދިރިއުޅޭ ދިވެހިންނަށް ޚާއްސަ ކޮށްގެން ކުރިއަށް ގެންދަން ނިންމާފައިވާ ކަމަށެވެ.
ލަންކާގެ ދަތުރަށް ފަހު އިބޫ ރާއްޖެ ވަޑައިގަންނަވާނީ އަންގާރަ ދުވަހެވެ.
ތޯރިގު ވިދާޅުވީ، ކޮލޮމްބޯގެ މައުންޓް ލެވީނިއާގައި ބާއްވާ ޖަލްސާގައި ގިނަ އަދަދެއްގެ ދިވެހިން ބައިވެރިވާނެ ކަމަށެވެ. އަދި އިދިކޮޅު ކޯލިޝަންގައި އިސްކޮށް ހަރަކާތްތެރިވެވަޑައިގަންނަވާ ބޭފުޅުން ވެސް ބައިވެރިވެވަޑައިގަންނަވާނެ ކަމަށް ވިދާޅުވި އެވެ.
އޭނާ ވިދާޅުވި ގޮތުގައި އިދިކޮޅު އެންމެ ބޮޑު ޕާޓީ، އެމްޑީޕީގެ ސިޔާސީ ހަަރަކާތްތައް އެންމެ ފޯރީގައި ހިންގާ ލަންކާއިން ޕީޕީއެމްގެ ރިޔާސީ ކެންޑިޑޭޓް ރައީސް އަބްދުﷲ ޔާމީނަށް ލިބިވަޑައިގަންނަވާނީ ގިނަވެގެން 30 ޕަސެންޓެވެ.
ލަންކާއިން އެމްޑީޕީ އެކަނި ވެސް 1،500 އެއްހާ ފޯމު ރީ-ރަޖިސްޓްރީކުރަން ލަންކާއިން ފޮނުވާފައި ވެ އެވެ. އޭގެ ތެރެއިން 180 އަށް ވުރެ ގިނަ ފޯމެއް ބާތިލްކޮށްފައި ވެ އެވެ.
"އިދިކޮޅު ކޯލިޝަނަށް އިންތިޚާބު ކާމިޔާބު ކުރުމަށް ވަރަށް ގިނަ ހަރަކާތްތައް ވަރަށް ފޯރީގައި ހިންގަމުން އަންނަނީ. އެ ހަރަކާތްތަކުގައި ރައީސް ނަޝީދު ވެސް ގެންދަވަނީ ވަރަށް ބުރަކޮށް މަސައްކަތް ކުރައްވަމުން،" މަނަދޫ ދާއިރާގެ މެމްބަރުކަން ކުރެއްވި ތޯރިގު ވިދާޅުވި އެވެ.
ނަޝީދާއި އިބޫއާ އެކު އުފާވެރި ވަގުތުކޮޅެއް
ނަޝީދު ވަކިކުރުމުގެ އަޑީގައި އޮތީ ސަރުކާރު: ހަސަން
ރައީސް ޔާމީން ވަޑައިގަންނަވަން ޖެހޭނީ ހުސްއަތާ: އިބޫ
ނަޝީދަށް ހަމަލާދީފާނެ ކަމަށް ބުނެ ބައްދަލުވުން ކެންސަލް
ވެރިކަން ވައްޓާލަން އުޅުމުގެ އަޑީގައި ލަންކާ: ރިޔާޒް
ރާއްޖެ-ލަންކާގެ ނުތަނަވަސްކަމެއް ނެތް: މުންދު
ރައީސް ނަޝީދު، މަލިކު ލަވައިގައި ތާށިވެފައި!
ނަޝީދު އަނެއްކާވެސް ލަންކާ އަށް ވަޑައިގެންފި
ނަޝީދު ލަންކާގެ ރައީސްއާ ބައްދަލުކުރައްވައިފި
ނަޝީދުގެ ސަޕޯޓަރުންނަށް ގަބޫލުކުރަން ދަތިވި ވަގުތުކޮޅު