27 އޯގަސްޓް 2018
ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި ރައްޔިތުންނަށް ޖައްސާފައިވާ ނިކަމެތި ހާލާއި މަޖުބޫރު ކުރުވުންތަކާ ދެކޮޅަށް، އަންނަ މަހުގެ 23 ގައި ނަގާ ވޯޓުގައި ބަސް އިއްވުމުން، އެމަނިކުފާނަށް ޖެހިވަޑައިގަންނަވާނީ "ހުސްއަތާ" ގެއަށް ވަޑައިގަންނަވަން ކަމަށް އިދިކޮޅު ކޯލިޝަންގެ ރިޔާސީ ކެންޑިޑޭޓް، އިބްރާހިމް މުހައްމަދު ސޯލިހް (އިބޫ) މިރޭ ސްރީ ލަންކާގައި ވިދާޅުވެއްޖެ އެވެ.
ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި ރައްޔިތުންނަށް ޖައްސާފައިވާ ނިކަމެތި ހާލާއި މަޖުބޫރު ކުރުވުންތަކާ ދެކޮޅަށް، އަންނަ މަހުގެ 23 ގައި ނަގާ ވޯޓުގައި ބަސް އިއްވުމުން، އެމަނިކުފާނަށް ޖެހިވަޑައިގަންނަވާނީ "ހުސްއަތާ" ގެއަށް ވަޑައިގަންނަވަން ކަމަށް އިދިކޮޅު ކޯލިޝަންގެ ރިޔާސީ ކެންޑިޑޭޓް، އިބްރާހިމް މުހައްމަދު ސޯލިހް (އިބޫ) މިރޭ ސްރީ ލަންކާގައި ވިދާޅުވެއްޖެ އެވެ.
އިދިކޮޅު އިއްތިހާދުގެ ރިޔާސީ ކެންޑިޑޭޓަކަށް ހަމަޖެއްސި ފަހުން ފުރަތަމަ ފަހަރަށް އިބޫ، ސްރީ ލަންކާ އަށް ވަޑައިގެން މައުންޓް ލެވީނިއާގައި ވަނީ ދިވެހިންނާ މިރޭ ބައްދަލުކުރައްވައިފަ އެވެ. ކުރީގެ ރައީސް މުހައްމަދު ނަޝީދާއި އިދިކޮޅު ޕާޓީތަކުގެ އިސް ބޭފުޅުން ބައިވެރިވެވަޑައިގެންނެވި ޖަލްސާގައި އިބޫ ވާހަކަ ދައްކަވަން ފެއްޓެވީ ޅެން ބައިތަކުންނެވެ. އެއީ، މީގެ 85 އަހަރު ކުރިން، ސްރީ ލަންކާގައި ހުންނަވައި ހުސައިން ސޮލާހުއްދީން ހެއްދެވި ޅެމެކެވެ.
"ނިކަމެތި ކަމާ އެކު ތިޔަ ރަށުން، ފައްސާ ނަގާލިއަކަސް، މި ކަލާނގެ ތަނަވަސް ރަހުމަތުން ފަހެ ބޭރުވާނެހޭ" ބައިތު އިބޫ، ވިދާޅުވީ، ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުގެ އަމަލުތަކާ ހެދި މަޖުބޫރު ވެގެންނާއި އަމިއްލަ އަށް އަރުވާލެއްވިގެން ސްރީ ލަންކާގައި ދިރިއުޅޭ ދިވެހިންނަށް އިޝާރަތް ކުރައްވަ އެވެ.
ސޮލާހުއްދީން އެ ޅެން ހެއްދެވީ، ރާއްޖޭގައި ފުރަތަމަ ގާނޫނުއަސާސީ ވުޖޫދަށް ގެނައުމާ އެކު ކުރިމަތިވެވަޑައިގެންނެވި މަޖުބޫރީ ހާލަތުގައި، ރާއްޖެ ދޫކުރައްވައި ސްރީ ލަންކާގައި ހުންނަވަން ޖެހިވަޑައިގަތުމުންނެވެ.
އެފަދަ ހާލަތެއްގައި ދިވެހިންތަކެއް އަމިއްލަ އަށް އަރުވާލެވިގެން މިހާރު ވެސް ސްރީ ލަންކާގައި ދިރިއުޅެމުންދާ ކަން ފާހަގަކުރައްވައި އިބޫ މިރޭ ވިދާޅުވީ އެ ހާލަތު ބަދަލުވާނެ ކަމަށެވެ. ދިވެހިންނަށް އޮތް ފުރުސަތަކީ މި އަހަރުގެ ރިޔާސީ އިންތިޚާބު ކަމަށާއި އެ ވޯޓުގައި ރައީސް ޔާމީން ބޮޑުތަނުން ބަލިކުރާނެ ކަމަށް ވިދާޅުވާ ވިދާޅުވުން އިބޫ މިރޭ ވެސް ތަކުރާރު ކުރެއްވި އެވެ.
"މަރްހޫމް، އިބްރާހިމް ޝިހާބު ވިދާޅު ވަނީ، ކޮންމެ އުއްމަތެއްގައި ވެސް ހަޔާތުގެ މައިދާނަށް ނުކުންނަނީ އެތަކެއް ފަހަރު އަރިއަޅާލައި ވެއްޓުމަށް ފަހުގައޭ، މިއަދު އަޅުގަނޑުމެންގެ ހާލަތު މިއޮތީ އެހެން. މިއީ، އަޅުގަނޑުމެން އެންމެން ނުކުމެ ގައުމު ކޮޅަށް ޖަހަންވީ ވަގުތު. ވަގުތު އައިސް މިއޮތީ ޖެހިފައި،" އިބޫ ވިދާޅުވި އެވެ.
ސްރީ ލަންކާގައި ބޭއްވި ޖަލްސާގައި އިބޫ ވާހަކަ ދައްކަވަނީ. --ފޮޓޯ: އަހްމަދު އަންވަރު
ރާއްޖޭގައި މަތީ ތައުލީމް ހާސިލްކުރާ އެންމެންނަށް، ރާއްޖެ އިން ހިލޭ ކިޔެވޭނެ، ބޭރުގައި ކިޔަވަން އިންޓްރެސްޓާ ނުހިމެނޭ ލޯން ސްކީމެއް ތައާރަފްކުރާނަން. --އިބޫ
ލަންކާގެ ސަރުކާރުން ދިވެހިންނަށް ދެމުން އަންނަ އެހީތެރިކަން ފާހަގަކުރައްވަމުން އިބޫ ވިދާޅުވީ، އޭނާގެ ވެރިކަމެއްގައި ލަންކާއާ އޮންނަ ގުޅުން އިތުރަށް ބަދަހި ކުރައްވާނެ ކަމަށެވެ.
ރާއްޖެ އަކީ ކިތަންމެ ގާތް ގައުމެއް ކަމަށް ލަންކާ އިން ދެކެމުން އައި ނަމަވެސް ރައީސް ޔާމީންގެ ޚާރިޖީ ސިޔާސަތު ބައްޓަން ކުރައްވާފައި ވަނީ، ގައުމުތަކާ އޮންނަ ގުޅުމަށް ބުރޫއަރާ ގޮތަށް ކަމަށް ވިދާޅުވި އެވެ. އިންޑިއާ ކަނޑުގެ ތެރޭގައި ރާއްޖެ އަށް އެކެހެރިވެގެން ނޯވެވޭނެ ކަމަށާއި އޭނާގެ ވެރިކަމެއްގައި، ގައުމުތަކާ އޮންނާނީ ގާތް ގުޅުމެއް ކަމަށް އިބޫ ވިދާޅުވި އެވެ.
ޚާއްސަ ގޮތެއްގައި، ލަންކާ އާއި އިންޑިއާ، ހީނަރުވި ގުޅުން ބަދަހިކުރައްވާނެ ކަމުގެ ޔަގީންކަން ދެއްވި އެވެ.
"އިރާދަކުރެއްވިއްޔާ އަޅުގަނޑުމެންގެ ވެރިކަމުގެ ފުރަތަމަ ދުވަހު، ޖަލުގައި އަނިޔާ ލިބެމުންދާ ފަރާތްތަކާއި އަމިއްލަ އަށް އަރުވާލެވިގެން ރަށުން ބޭރުގައި އާއިލާތަކާ ދުރުގައި، އުޅޭ ފަރާތްތައް އެ ދުވަހުން އެ ދުވަހަށް ރާއްޖެ އަށް ދެވި އާއިލާތަކާ އެކުގައި، ގޭގައި ރައްޓެހިންނާ އެކު އުޅެވޭނެ ގޮތް ހަމަޖެހިގެންދާނެ،" އެމްޑީޕީގެ ޕާލަމެންޓްރީ ގުރޫޕުގެ ލީޑަރު އިބޫ ވިދާޅުވި އެވެ.
ސްރީ ލަންކާގައި ބޭއްވި ޖަލްސާގައި އިދިކޮޅު ޕާޓީތަކުގެ ސަޕޯޓަރުން ބައިވެރިވަނީ. --ފޮޓޯ: އަހްމަދު އަންވަރު
ލަންކާގައި ތިބޭ ދިވެހިން ވެސް ހިމެނޭ ގޮތަށް އާސަންދަގެ ޚިދުމަތް ހަމަހަމަކާ އެކު މިހާރަށް ވުރެ ރަނގަޅަށް ފޯރުކޮށްދޭނަން. --އިބޫ
އިބޫ ވިދާޅުވި ގޮތުގައި ލަންކާގައި ދިރިއުޅޭ ދިވެހިންނަށް އެންމެ ބޮޑަށް ދަތިވެފައިވާ އެއް ކަމަކީ އާސަންދަ ނުލިބުމެވެ. އެމްޑީޕީގެ ސަރުކާރުގައި، ހިލޭ ބޭސްފަރުވާ ކުރެވޭ ނިޒާމު، ކުރީގެ ރައީސް މުހައްމަދު ނަޝީދު ތައާރަފްކުރެއްވީ ތަފާތު ކުރުމެއް ނެތި ހުރިހާ ދިވެހިންނަށް ހަމަހަމަ އަށް ޚިދުމަތް ދޭން ނަމަވެސް އެ ޚިދުމަތް ލިބެނީ އެ އުސޫލުން ނޫން ކަމަށް ވިދާޅުވި އެވެ.
ވަކި ބަޔަކަށް ލިބޭ ގޮތަށް މިހާރު ހަމަޖައްސާފައިވާ އާސަންދަ ޚިދުމަތް، ތަފާތު ކުރުމެއް ނެތި އެންމެންނަށް ލިބޭނެ އިންތިޒާމް ހަމަޖައްސާނެ ކަމަށް އިބޫ ވިދާޅުވި އެވެ. އޭގެ ތެރޭގައި ލަންކާގައި ދިރިއުޅޭ މީހުން ވެސް ހިމެނޭނެ ކަމަށް ވިދާޅުވި އެވެ.
ސްރީ ލަންކާގައި ބޭއްވި ޖަލްސާގައި ދިވެހިން ބައިވެރިވަނީ. --ފޮޓޯ: އަހްމަދު އަންވަރު
އޭނާ ވިދާޅުވީ ރާއްޖޭގައި މަތީ ތައުލީމް ހާސިލްކުރާ އެންމެންނަށް، ރާއްޖެ އިން ހިލޭ ކިޔެވޭނެ އިންތިޒާމް ވެސް އިދިކޮޅު ޕާޓީތަކުގެ ވެރިކަމެއްގައި ހަމަޖައްސާނެ ކަމަށެވެ. އަދި ދުނިޔޭގެ ކޮންމެ ގައުމެއްގައި ކިޔަވަން ބޭނުންވާ މީހަކަށް، އިންޓްރެސްޓަކާ ނުލައި ދިގު މުއްދަތުން ދައްކާ ޚަލާސްކުރާ ގޮތަށް ލޯން ސްކީމެއް ހަމަޖައްސައިދެއްވާނެ ކަމަށް ވިދާޅުވި އެވެ.
"އެކި ގައުމުތަކުގައި މިހާރު ކިޔަވާ ކުދިން ވެސް އެ ސްކީމްގެ ތެރެއަށް ވަނުމުގެ ފުރުސަތު ހުޅުވާލާނަން،" އިބޫ ވިދާޅުވި އެވެ.
މިފަދަ ވައުދުތައް ފުއްދާނީ ކިިހިނެއްތޯ ރައީސް ޔާމީން ސުވާލު ކުރައްވާ ކަމަށާއި އޭގެ ޖަވާބަކީ "ވައްކަން ކުރުން ހުއްޓާލައިގެން" ކަމަށް އިބޫ ވިދާޅުވި އެވެ. ދައުލަތުގެ ބަޖެޓުން ވައްކަން ކުރިޔަ ނުދީ، ރައްޔިތުން ބޭނުންވާ ކަންކަމަށް ދައުލަތުގެ ބަޖެޓުން ފައިސާ ހޭދަކުރައްވާނެ ކަމަށް ވެސް އިބޫ ވިދާޅުވި އެވެ.
އަޅުގަނޑުމެން ވެރިކަމުގެ ލައްޒަތުގައި ނޫޅޭނަން: ނަޝީދު
ދުންޔާގެ ތައުރީފް ނަޝީދަށް: ގުޅިގެން ކާމިޔާބު ލިބޭނެ
ނަޝީދާއި އިބޫއާ އެކު އުފާވެރި ވަގުތުކޮޅެއް
ނަޝީދާއި އިބޫ، ބައިވެރިވާ ޚާއްސަ ޖަލްސާއެއް ލަންކާގައި
އިބޫ އިންތިޚާބު ކާމިޔާބު ކުރާނީ 70 ޕަސެންޓުން: އަލީ
އެއް ކެންޑިޑޭޓަކު ކަނޑައެޅުމުގެ މަޝްވަރާ އަލުން ފަށަނީ
ނަޝީދު ވަކިކުރުމުގެ އަޑީގައި އޮތީ ސަރުކާރު: ހަސަން
އެމްޑީޕީ ފިޔަވައި އެހެން ޕާޓީތަކަށް ޕީޕީއެމްގެ ދައުވަތު
އެހެން ޕާޓީތަކުން ދައްކަނީ ގައުމެއް ހަލާކުވާނެ ސިފަތައް
އަމާޒަކީ ކޯލިޝަން ދެމެހެއްޓުން: އަދާލަތު