Roadha Mihaaru
މޫނު ބުރުގާ އަޅާތީ ޓީޗަރަކު ވަޒީފާއިން ވަކިކޮށްފި

މޫނު ބުރުގާ އަޅާތީ ޓީޗަރަކު ވަޒީފާއިން ވަކިކޮށްފި

13 އޯގަސްޓް 2017

މޫނު ބުރުގާ އަޅައިގެން ކިޔަވައިދޭތީ އއ. މަތިވެރީ ސްކޫލުގެ ޓީޗަރަކު ވަޒީފާއިން ވަކިކޮށްފި އެވެ.

މޫނު ބުރުގާ އަޅައިގެން ކިޔަވައިދޭތީ އއ. މަތިވެރީ ސްކޫލުގެ ޓީޗަރަކު ވަޒީފާއިން ވަކިކޮށްފި އެވެ.

މިދިޔަ ހަފުތާގެ ބުރާސްފަތި ދުވަހު ވަޒީފާއިން ވަކިކޮށްފައިވަނީ އެ ރަށު ދޫރެސް، އާއިޝަތު ސުޒީ، 30، އެވެ.

ސުޒީ ވަޒީފާއިން ވަކިކޮށް ސިވިލް ސާވިސް ކޮމިޝަން (ސީއެސްސީ) އިން ފޮނުވި ޗިޓުގައި ބުނީ ވަޒީފާއިން ވަކިކުރީ ސިވިލް ސާވިސްގެ ގަވާއިދުތަކާ ހިލާފުވެގެން ކަމަަށެވެ.

ޕްރައިމަރީ ޓީޗަރެއް ކަމަށްވާ ސުޒީ މަތިވެރީ ސްކޫލުގައި މަސައްކަތްކުރާތާ ހަތް އަހަރު ވެއްޖެ އެވެ. މޫނު ބުރުގާ އަޅައިގެން ކިޔަވައިދޭތީ އެކަން ނުކުރުމަށް މިއަހަރުގެ ކުރީކޮޅު އެޑިއުކޭޝަން މިނިސްޓްރީން އޭނާއަށް އެންގި އެވެ. މި އެންގުމާ ގުޅިގެން ބެލެނިވެރިން ހިތްހަމަނުޖެހުން ފާޅުކޮށް ދަރިވަރުން ސްކޫލަށް ނުފޮނުވައި ވެސް ތިއްބެވެ.

މޫނު ބުރުގާ އަޅައިގެން ކިޔަވައިދޭން ނުދެވޭނެ ކަމަށް އެޑިއުކޭޝަނުން އެންގުމުން، އޭނާ ކިޔަވައެއް ނުދެ އެވެ. ނަމަވެސް ވަޒީފާއިން ވަކިކުރުމާ ހަމައަށް އޮފީހަށް ނިކުމެ ސްކޫލުގައި ހިންގާ ހަރަކާތްތަކުގައި ބައިވެރިވި އެވެ.

މިއަހަރުގެ ޖެނުއަރީ މަހު ވެސް އެޑިއުކޭޝަނުން ވަނީ މޫނު ބުރުގާ އަޅާތީ، އއ. ރަސްދޫގައި ހުންނަ އެ އަތޮޅު ތައުލީމީ މަރުކަޒުގެ ޓީޗަރަކު ވަޒީފާއިން ވަކިކޮށްފަ އެވެ.