25 ސެޕްޓެމްބަރ 2022
ތައުލީމީ ދާއިރާގެ މުވައްޒަފުންގެ މުސާރަ އަށް ހެޔޮ ބަދަލު ގެނައި ނަމަވެސް އެ ދާއިރާއިން ރިޓަޔާވާ މީހުންގެ އުސޫލަށް ގެނައި ބަދަލާ މެދު ކަންބޮޑުވުން ފާޅުކޮށްފި އެވެ.
ތައުލީމީ ދާއިރާގެ މުވައްޒަފުންގެ މުސާރަ އަށް ހެޔޮ ބަދަލު ގެނައި ނަމަވެސް އެ ދާއިރާއިން ރިޓަޔާވާ މީހުންގެ އުސޫލަށް ގެނައި ބަދަލާ މެދު ކަންބޮޑުވުން ފާޅުކޮށްފި އެވެ.
ސަރުކާރުން ވަނީ މިދިޔަ މެއި އެކަކުން ފެށިގެން ޓީޗަރުންނާއި ޕްރިންސިޕަލުން އަދި އެޑިއުކޭޝަން އޮފިސަރުން ހިމެނޭގޮތަށް ތައުލީމީ ދާއިރާގެ މުސާރަ ބޮޑުކޮށްފަ އެވެ. އެއާއެކު، ޕޭ ކޮމިޝަނުން އާއްމުކުރި "ދައުލަތުގެ ވަޒީފާއިން ދޫކޮށްލުމުން އިނާޔަތް ދެވޭނެ މިންގަނޑު" އާ ގުޅޭގޮތުން، ރިޓަޔާކުރަން ތައްޔާރުވަމުން އަންނަ ގިނަ ބަޔަކު ދަނީ ޝަކުވާ ކުރަމުންނެވެ.
އެކަމާ ގުޅިގެން ކަންބޮޑުވުން ފާޅުކުރި މީހަކު ބުނީ 55 އަހަރުވުމުން އަމިއްލަ އަށް ރިޓަޔާވުމުން ގަނޑުކޮށް ފައިސާ ދިނުމަށް ފަހު، އެ މީހަކު ހިދުމަތްކުރި މުއްދަތަށް ބަލައި މަހުން މަހަށް ވެސް ފައިސާ ދިން ކަމަށެވެ. އެކަމަކު، އަންނަ މަހުގެ 31 ގެ ފަހުން ރިޓަޔާވާ މީހުންނަށް ހަމައެކަނި ފައިސާ ލިބޭނީ ގަނޑުކޮށް ކަމަށާއި ނަމަވެސް އެ ގޮތަށް ލިބެނީ ވެސް ކުޑަ މުސާރައިން ކަމަށް، ނަން ނުޖެހުމަށް އެދި ވާހަކަ ދެއްކި މީހާ ބުންޏެވެ.
"ރިޓަޔާވާ މީހުންނަށް މީގެ ކުރިން ކޮންމެ މަހަކު ވެސް ދިޔައީ އިނާޔަތުގެ ފައިސާ ޖަމާކޮށްދެމުން. އެކަމަކު ސަރުކާރުން ވަނީ ހަ މަސް ދުވަހުގެ މުއްދަތެއް ދީފައި މިކަމާ މެދު ގޮތެއް ނިންމަން. މާނައަކީ، އަންނަ މަހުގެ 31 ގެ ކުރިން ރިޓަޔާވާ މީހުންނަށް އެކަންޏޭ ދެން ގަނޑުކޮށް ޕެންޝަން ފައިސާއާއެކު މަހުން މަހަށް އިނާޔަތް ލިބޭނީ،" ތައުލީމީ ދާއިރާގެ ފަންނީ ވަޒީފާއެއްގައި ހުރި މީހާ ބުންޏެވެ.
އޭނާ ބުނި ގޮތުގައި ގާނޫނާއި ގަވައިދުތަކަކީ މާޒީއަށް ހިނގަންޖެހޭ އެއްޗަކަށް ވެގެން ނުވާނެ އެވެ.
"އަޅުގަނޑުމެން ދެކެނީ މިހާރު އުމުރުން 55 އަހަރުވެފައި ތިބި މީހުންނަކީ އެ އުމުރު ފަހަނައަޅާފައިވާ ބަޔަކަށް ވާތީ އެ މުވައްޒަފުން މި އޮނިގަނޑުން އިސްތިސްނާކުރެވެން ޖެހޭނެ ކަމަށް ނުވަތަ އެ ފުރުސަތު ދެވެން ނެތް ނަމަ އެ ގަވައިދަށް ނުވަތަ އުސޫލަކަށް ހޭނުމަށް އެކަށީގެންވާ މުއްދަތެއް އޮންނަން ޖެހޭނެ ކަމަށް،" އޭނާ ބުންޏެވެ.
ފަންނީ މަސައްކަތުގައި މާސްޓާސް ޑިގްރީ ހާސިލްނުކުރާ މީހެއް ނުހުންނާނެ ކަމަށާއި އެތައް އަހަރެއް ވަންދެން ތައުލީމީ ދާއިރާގައި މަސައްކަތް ކުރަމުން ދިޔައީ، ޕެންޝަންގެ އިންތިޒާރުގައި ފޮނި އުއްމީދުތަކަކާއެކު ކަމަށް ވެސް އޭނާ ބުންޏެވެ.
"އަޅުގަނޑުމެންނަށް ވަޒީފާގެ އެހެން ފުރުސަތުތައް ވެސް ލިބުނު. އެކަމަކު ދެގޮތެއް ނުވެ ތައުލީމީ ދާއިރާއަށް މި ހިދުމަތް ކުރީ."
އެ މައްސަލައިގައި ކަންބޮޑުވުން ފާޅުކުރި އެހެން މީހަކު އުސޫލެއް ހެދުމަށްފަހު އެއަށް އަމަލުކުރުމަށް ހަ މަސް ދުވަހުގެ މުއްދަތެއް ދިނުމަކީ އެންމެ އެކަށީގެންވާ މުއްދަތުކަމަށް ގަބޫލުނުކުރެވޭ ކަމަށެވެ.
އޭގެ އިތުރުން، ރައީސްގެ ވައުދާ އެއްގޮތަށް ތައުލީމީ ދާއިރާގެ މުވައްޒަފުންގެ މުސާރަ ބޮޑުކުރި ނަމަވެސް ޕެންޝަން ފައިސާ އަދި ކަންކަން ކުރަމުން އަންނަނީ އެގޮތަކަށް ނޫން ކަމަށް އޭނާ ބުންޏެވެ.
ސިވިލް ސާވިސްގެ ގަވައިދަށް އެންމެ ފަހުން ގެނައި އިސްލާހުގައި ބުނީ 55 އަހަރުވުމުން އަމިއްލައަށް އެދިގެން ވަޒީފާއިން ވަކިވާ މީހުންނަށް އިނާޔަތް ދޭނީ ނޭޝަނަލް ޕޭ ކޮމިޝަނުން ކަނޑައަޅާފައިވާ "ވަޒީފާއިން ވަކިވެގެންދާއިރު އިނާޔަތް ދެވޭނެ މިންގަނޑު" ގައިވާ ގޮތުގެ މަތިން ކަމަށެވެ.
ރިޓަޔަމަންޓް އުސޫލާ މެދު ކަންބޮޑުވުން ފާޅުކޮށް ރައީސަށް ޕެޓިޝަނެއް ހުށަހެޅުމަށް މިހާރު އަންނަނީ ތައްޔާރުވަމުންނެވެ.
ސްކޫލްތަކުގެ އިދާރީ މުވައްޒަފުންގެ މުސާރަ ބޮޑެއް ނުވި
ކަންބޮޑުވާތީ ޓީޗަރުންގެ ވަޒީފާގެ އޮނިގަނޑަށް ބަދަލެއް
ޕްރިންސިޕަލުންގެ ހައްގެއް ނުގެއްލޭނެ، ލިބޭނީ ކުރިއެރުން
އާ އުސޫލާ މެދު ޕްރިންސިޕަލުން ކަންބޮޑުވެއްޖެ
ޕްރިންސިޕަލަކަށް އެއް ސްކޫލެއްގައި ހުރެވޭނީ 8 އަހަރު
ލީޑިން ޓީޗަރުންގެ މަގާމު ސީއެސްސީން އުވާލައިފި
ސައީދުގެ ސަސްޕެންޝަން އަނެއްކާވެސް އިތުރުކޮށްފި
ސައީދު ސަސްޕެންޑްކުރީ މުވައްޒަފުންނަށް އަމަލުކުރިގޮތުން
މޫނު ބުރުގާ އަޅާތީ ޓީޗަރަކު ވަޒީފާއިން ވަކިކޮށްފި
ސްކޫލްތަކުގެ މައުލޫމާތާއެކު އެޑިއުކޭޝަންގެ އާވެބްސައިޓެއް