07 އޯގަސްޓް 2017
މިރޭ ރާއްޖެ އަށް ފެންނަ ގޮތަށް ފަޅި ހަނދުކޭތައެއް ހިފާނެ އެވެ.
މިރޭ ރާއްޖެ އަށް ފެންނަ ގޮތަށް ފަޅި ހަނދުކޭތައެއް ހިފާނެ އެވެ.
މިރޭ ހިފާ ހަނދުކޭތަ، ދެކުނު އޭޝިޔާ އާއި އިރުމަތީ އޭޝިޔާ އާއި ޔޫރަޕާއި އެފްރިކާގެ ގައުމުތަކުގެ އިތުރުން އޮސްޓްރޭލިޔާ އަށް ފެންނާނެ އެވެ. މި ހުރިހާ ހިސާބަކަށް ވެސް މިރޭގެ ހަނދުކޭތަ ފެންނާނީ ފަޅި ކޭތައެއްގެ ގޮތުގަ އެވެ.
މި ހަނދުކޭތަ ފެށުމުގެ ގޮތުން، މި ބިމުގެ ފަނޑު ހިޔަނި ހަނދަށް އެޅެން ފަށާނީ ރާއްޖޭ ގަޑިން މިރޭ 8:50ގަ އެވެ. ނަމަވެސް ބިމުގެ ގަދަ ހިޔަނި ހަނދަށް އެޅެން ފަށާނީ، މިރޭ ރާއްޖޭ ގަޑިން 10:22ގަ އެވެ.
މިރޭގެ ހަނދުކޭތަ އެންމެ ބޮޑަށް ހިފާފައި ހުންނާނީ ރާއްޖޭ ގަޑިން މިރޭ 11:20ގަ އެވެ. އަދި ހަނދަށް އެޅިފައި ހުންނަ މި ބިމުގެ ގަދަ ހިޔަނި ހަނދުން ފިލާނީ ރާއްޖޭ ގަޑިން މިރޭ މެންދަމު 12:18ގަ އެވެ. އަދި ބިމުގެ ފަނޑު ހިޔަނި ހަނދުން ނެއްޓި، ކޭތަ އެކުގައި ވީއްލާނީ ރާއްޖޭ ގަޑިން މިރޭ މެންދަމު 1:50ގަ އެވެ.
ރާއްޖެ އަށް މި އަހަރު ފެންނަ ދެ ވަނަ ހަނދުކޭތައިގެ ފުރިހަމަ ދިގުމިނަކީ ފަސް ގަޑިއިރާއި އެއް މިނެޓެވެ. ނަމަވެސް ބިމުގެ ގަދަ ހިޔަންޏާ އެކު، މިރޭގެ ފަޅި ކޭތަ ފެންނަން ހުންނާނީ އެއް ގަޑިއިރާއި 55 މިނެޓް ވަންދެނެވެ. މިރޭގެ ކޭތަ އެންމެ ބޮޑަށް ހިފާފައި ހުންނަ ވަގުތު ހަނދުގެ ގާތްގަނޑަކަށް 25 ޕަސެންޓް ހުންނާނީ ފޮރުވިފަ އެވެ.
Mirey 21:00 gai male aa meehun ulhey rahrashuge bodethi miskihthakugai keytha namaadhu kurun onnaane. Male' ga kuraany islaamee markaz ga
— MVislamicaffairs (@MVIaffairs) August 7, 2017
އިސްލާމިކް މިނިސްޓްރީގެ ޓްވީޓް
އިސްލާމިކް މިނިސްޓްރީން ހަމަޖައްސާފައިވާ ގޮތުގައި ރާއްޖޭގައި މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި ވެސް ކޭތަ ނަމާދު ކުރުން އޮންނާނީ މިރޭގެ 9:00ގަ އެވެ. މާލޭގައި ކޭތަ ނަމާދު ކުރުން އޮންނާނީ އިސްލާމީ މަރުކަޒުގަ އެވެ.
ހަނދުކޭތަ ހިފަނީ، އިރާއި ހަނދާ ދެމެދަށް މި ބިން ހުރަސްވެ، ބިމުގެ ހިޔަނި ހަނދަށް އެޅުމުންނެވެ. ކޮންމެ އަހަރަކު ވެސް ދެ ހަނދުކޭތަ އާއި ދެ އިރު ކޭތަ ހިފާނެ އެވެ. ބައެއް ފަހަރަށް ފެންނާނީ ފަޅި ކޭތައެއްގެ ގޮތުގަ އެވެ. އަދި ބައެއް ފަހަރަށް ފުރިހަމަ ކޭތައެއްގެ ގޮތުގަ އެވެ.
އިރު ކޭތަ ހިފާނީ ހިޖުރީ މަހެއްގެ ފެށުމުގަ އެވެ. އަދި ހަނދު ކޭތަ ހިފާނީ ހިޖްރީ މަހެއްގެ މެދުތެރޭގަ އެވެ.
ކޮންމެ ހަނދުކޭތައެއްގެ ދެ ހަފުތާ ކުރިން ނުވަތަ ދެ ހަފުތާ ފަހުން އިރު ކޭތައެއް ހިފާނެ އެވެ. އެ ގޮތުން މިރޭ ހިފާ ހަނދުކޭތައިގެ ދެ ހަފުތާ ފަހުން، މި އޮގަސްޓް މަހުގެ 21 ވަނަ ދުވަހު ފުރިހަމަ އިރުކޭތައެއް ހިފާނެ އެވެ. ނަމަވެސް އެ ކޭތަ ރާއްޖެއަކަށް ނުފެންނާނެ އެވެ.
މި ގަރުނުގެ އެންމެ ދިގު ހަނދު ކޭތަ މިރޭ، ބަލާނަން؟
މިރޭ ރޯދައަށް ހަނދު ފެނިދާނެ؟
2030 ގައި ރޯދަމަސް ދެ ފަހަރަށް!
މިރޭ ދަންވަރު ހަނދުކޭތައެއް
ހުރިހާ ރަށެއްގައި ވެސް ކޭތަނަމާދު ކުރުން މިރޭ އޮންނާނެ
މާދަމާ އަކީ ފަހު ރޯދަ، އީދު ވާނީ ހުކުރަށް
ފަލަކީ ގޮތުން މާދަމާ އަކީ އީދު
ރަމަޟާން މުބާރިކް: މާދަމާ ރޯދަ
ފަލަކީ ގޮތުން މާދަމާ އަކީ މުލަރޯދަ ދުވަސް
މި އަހަރުގެ އެންމެ ބޮޑު އަދި އަލިގަދަ ހަނދު