Roadha Mihaaru

ގޭތެރޭގެ މަސައްކަތަށް މީގެ ރޮބަޓެއް ރަނގަޅުވާނެ

29 ޖޫން 2016

ބޮސްޓަން ޑައިނަމިކްސްގެ މަސައްކަތަށް މަޑުޖެހުމަށް ނައިސް ކުރިއަށްދާ ނަމަ ވަރަށް ގިނަ އިންސާނުންނަށް ވަޒީފާ ގެއްލިދާނެ އެވެ. އެ ކުންފުނިން އުފައްދާ ރޮބަޓްތަކުގެ ފެންވަރު އާދަޔާ ހިލާފަށް ރަނގަޅުކޮށްފި އެވެ. ހަލުވި އަދި "ވިސްނުން ތޫނު" ވަރުގަދަ ރޮބަޓްތަކެވެ. ހަވާލުކުރާ ކަމެއް، ޝަކުވާއެއް ނެތި ކޮށްލާނެ އެވެ.

ނިއުމަތުﷲ އިދުރީސް ނިއުމަތުﷲ އިދުރީސް

ބޮސްޓަން ޑައިނަމިކްސްގެ މަސައްކަތަށް މަޑުޖެހުމަށް ނައިސް ކުރިއަށްދާ ނަމަ ވަރަށް ގިނަ އިންސާނުންނަށް ވަޒީފާ ގެއްލިދާނެ އެވެ. އެ ކުންފުނިން އުފައްދާ ރޮބަޓްތަކުގެ ފެންވަރު އާދަޔާ ހިލާފަށް ރަނގަޅުކޮށްފި އެވެ. ހަލުވި އަދި "ވިސްނުން ތޫނު" ވަރުގަދަ ރޮބަޓްތަކެވެ. ހަވާލުކުރާ ކަމެއް، ޝަކުވާއެއް ނެތި ކޮށްލާނެ އެވެ.

ބޮސްޓަން ޑައިނަމިކްސް އިން އެންމެ ފަހުން ދައްކާލި ރޮބަޓް "ސްޕޮޓްމިނީ" އަހަރެމެންގެ އަތްފޯރާ ހިސާބަށް އަތުވެއްޖެ ނަމަ ގޭގައި ކޯޓާއެއް ނެތި މަސައްކަތު މީހަކު ލިބުނީ ކަމަށް ބަލަންވީ އެވެ. އެއީ ގޭތެރޭގައި ކުރަންޖެހޭ މަސައްކަތްތަކަށް ފަރިތަ ރޮބަޓެކެވެ. ސިންކުގައި ހުންނަ ތަށިތައް ނަގައި ކުނި ހޮވައިދޭނެ އެވެ.

މިއީ ތިޔަ ހީކުރާ ކަހަލަ ލަސް ރޮބަޓެއް ނޫނެވެ. ސިޑިން އަރައި ފޭބުުމުގައި އިންސާނަކަށް ދުލެއް ނުކުރާނެ އެވެ. އެކަމަކު ކައްސާލާ ކަހަލަ އެއްޗެއް އޭގެ ފައި ދަށުވިޔަ ނުދޭށެވެ. ހުރިތަނަށް ވެއްޓޭނެ އެވެ. އެކަމަކު ޖެހުމާ އެކު ތެދުވާނެ އެވެ. ގުދުވެލާފައި ގޮސް މޭޒުތަކުގެ ދަށަށް ވަދެގެން ވެސް ދާނެ އެވެ.

ގޫގުލްގެ މައި ކުންފުނި ކަމަށްވާ އަލްފަބެޓްސްގެ ކުންފުންޏެއް ކަމަށްވާ ބޮސްޓަން ޑައިނަމިކްސް އިން ބުނެފައިވާ ގޮތުގައި މި ރޮބަޓްގެ ބަރުދަނަކީ 25 ކިލޯގްރާމް އެވެ. އަތްފައި އެއްކޮށް ނަމަ 29.5 ކިލޯގްރާމެވެ.

"ސްޕޮޓްމިނީ އަކީ އަހަރެމެން މިހާތަނަށް އުފެއްދި އެންމެ އަޑު މަޑު އެއް ރޮބަޓް،" ޖަނަވާރެއްގެ ބައްޓަމަށް ހަދާފައިވާ ރޮބަޓްގެ ވީޑިއޯއާ އެކު ނެރުނު ބަޔާނުގައި ބުނެފައިވެ އެވެ.

ބޮސްޓަން ޑައިނަމިކްސް އިން މިފަދަ އާދަޔާ ހިލާފް އުފެއްދުންތައް ދައްކާލި ނަމަވެސް 2013 ވަނަ އަހަރު އެ ކުންފުނި ގަތް ގޫގުލްގެ ވިޔަފާރިއަށް ވެސް އައި ބަދަލުތަކާ އެކު މިހާރު ވަނީ ބޮސްޓަން ޑައިނަމިކްސް ވިއްކާލަން އިއުލާނުކޮށްފަ އެވެ. އެމެޒޯން ނުވަތަ ޓޮޔޯޓާ އިން އެ ކުންފުނި ގަނެފާނެ ކަމަށް ވަނީ ބެލެވިފަ އެވެ.