Roadha Mihaaru
ކުޑަކުދިންގެ ސްޓެމް ޕްރޮގްރާމް "ރޮބޯތިންކް" ރާއްޖެއަށް

ކުޑަކުދިންނަށް ހާއްސަ ސްޓެމް ޕްރޮގްރާމް "ރޮބޯތިންކް" ރާއްޖެ އަށް

14 ޑިސެމްބަރ 2021

ކުޑަކުދިންނަށް ހާއްސަ ކޮށްގެން ބައިނަލްއަގްވާމީ ފެންވަރުގައި ހިންގާ ސްޓެމް ޕްރޮގްރާމް "ރޮބޯތިންކް" ރާއްޖެ އަށް ތައާރަފުކޮށްފި އެވެ.

އިދުހާމް ނައީމް އިދުހާމް ނައީމް

ކުޑަކުދިންނަށް ހާއްސަ ކޮށްގެން ބައިނަލްއަގްވާމީ ފެންވަރުގައި ހިންގާ ސްޓެމް ޕްރޮގްރާމް "ރޮބޯތިންކް" ރާއްޖެ އަށް ތައާރަފުކޮށްފި އެވެ.

"ނެކްސްޖެން އެޑިއުކޭޝަން" އިން ތައާރަފުކުރި މި ޕްރޮގްރާމަކީ ކޯޑިން އާއި ރޮބޮޓިކްސް އަދި އިންޖިނިއަރިން ފަދަ ދާއިރާތަކުން ކުޑަކުދިންނަށް ކިޔަވައިދޭ ދުނިޔޭގެ އެންމެ ކާމިޔާބު ޕްރޮގްރާމެވެ. މި ޕްރޮގްރާމުގައި ސްޓެމްގައި ހިމެނޭ ދާއިރާތައް ކަމަށްވާ ސައިންސާއި ޓެކްނޮލޮޖީ އާއި އިންޖިނިއަރިން އާއި މެތަމެޓިކްސް ގެ ޕްރޮގްރާމްތައް ކިޔަވައިދޭނެ އެވެ.

މިއީ 21 ވަނަ ގަރުނުގެ ޓެކްނޮލޮޖީ އަށް ކުޑަކުދިން އަހުލުވެރި ކުރުވާ ޕްރޮގްރާމެކެވެ. މި ޕްރޮގްރާމް މެދުވެރިކޮށް، މާލޭގައި ހުޅުވާފައިވާ ރޮބޯތިންކުގެ ޑިސްކަވަރީ ސެންޓަރުގައި ނާސާގެ އިންޖިނިއަރުންނަށް ވުމަށާއި ވީޑީއޯ ގޭމް ތައްޔާރުކުރުމަށް ކޯޑިން އިން ކުދިން ތަމްރީން ކުރާނެ އެވެ.

ރޮބޯތިންކް ޑިސްކަވަރީ ސެންޓަރުގައި ކުއްޖަކު ހެދި ކުޅޭ ކާރެއް-- ފޮޓޯ: ރޮބޯތިންކް

ރޮބޯތިންކް ޑިސްކަވަރީ ސެންޓަރުގައި ކުއްޖަކު ހެދި ކުޅޭ ކާރެއް-- ފޮޓޯ: ރޮބޯތިންކް

ސްޓެމް އެޑިއުކޭޝަނަކީ އެކި ގައުމުތަކުން ވަރަށް ބޮޑަށް އިންވެސްޓު ކުރާ ދާއިރާއެކެވެ. އެއީ ޓެކްނޮލޮޖީގެ ދާއިރާ އިން ކުރިއަށް ދާން ބޭނުންވާ ކުދިންނަށް ކުޑައިރުން ފެށިގެން އެ ދާއިރާ އަށް އަހުލުވެރިކޮށް، ބޭނުންވާ ތައުލީމު ދިނުމުގެ ބޭނުމުގަ އެވެ.

ރޮބޯތިންކުން އަންނަނީ މިހާރު ވެސް 17 ގައުމެއްގައި މި ޕްރޮގްރާމް ހިންގަމުންނެވެ. ދުވާލަކު 50،000 ކުދިންނަށް މި ޕްރޮގްރާމުގެ ދަށުން އެހީތެރިކަން ފޯރުކޮށްދޭ ކަމަށް ރޮބޯތިންކުން ބުނެ އެވެ.

މި ޕްރޮގްރާމުގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލާފައި ވަނީ އުމުރުން ފަސް އަހަރުން މަތީގެ ކުދިންނަށެވެ. ރޮބޯތިންކް ވެބްސައިޓު މެދުވެރިކޮށް ނުވަތަ 7310305 އަށް ގުޅައިގެން މި ޕްރޮގްރާމްގައި ރަޖިސްޓަރީ ވެވޭނެ އެވެ. އެ ޕްރޮގްރާމްގައި ބައިވެރިވާން ހުޅުވާލާފައިވަނީ މަދު ޖާގަތަކެކެވެ.