04 ޑިސެމްބަރ 2018
ސައިންސާއި ޓެކްނޮލޮޖީ އަށް ހުރިހާ ދިވެހިން ހޭލުންތެރި ކުރުވުމަށްޓަކައި ހާއްސަ ޕްރޮގްރާމެއް ހިންގުމަށް ދިވެހި ސައެންސް ވެރިޔާ ޕްރޮފެސަރު ހަސަން އުގައިލް، ކޮމިއުނިކޭޝަން، ސައެންސް އެންޑް ޓެކްނޮލޮޖީ މިނިސްޓަރު މަލީހު ޖަމާލަށް އިއްޔެ ލަފާ ދެއްވައިފި އެވެ.
ސައިންސާއި ޓެކްނޮލޮޖީ އަށް ހުރިހާ ދިވެހިން ހޭލުންތެރި ކުރުވުމަށްޓަކައި ހާއްސަ ޕްރޮގްރާމެއް ހިންގުމަށް ދިވެހި ސައެންސް ވެރިޔާ ޕްރޮފެސަރު ހަސަން އުގައިލް، ކޮމިއުނިކޭޝަން، ސައެންސް އެންޑް ޓެކްނޮލޮޖީ މިނިސްޓަރު މަލީހު ޖަމާލަށް އިއްޔެ ލަފާ ދެއްވައިފި އެވެ.
ކޮމްޕިއުޓަރާއި ސައިންސް ދާއިރާގެ ޕްރޮފެސަރު، އުގައިލް، "މިހާރު" އަށް ވިދާޅުވީ އޭނާގެ ލަފަޔަށް މިނިސްޓަރު މަލީހު އެދިވަޑައިގަތުމުން ތަފްސީލީ ލަފާތަކެއް ދެއްވާފައިވާނެ ކަމަށެވެ. އެ ކަންކަން އުގެއިލް ވަނީ "މިހާރު"އާ ހިއްސާ ކުރައްވައިފަ އެވެ.
އެ ގޮތުން ފަސް ކަމަކަށް އުގެއިލް ލަފާ ދެއްވި އެވެ. އޭގެ ތެރޭގައި ދުނިޔޭގެ ކުރިއަރާފައިވާ ގައުމުތަކުގައި ތައުލީމް ދޭ އުސޫލުން ރާއްޖޭގައި ވެސް ސްކޫލުތަކުގައި ހުރިހާ ދަރިވަރުންނަށް ކޮމްޕިއުޓާ ސައިންސް ކިޔަވައިދިނުމަށް އުގެއިލް ލަފާ ދެއްވާފައިވެ އެވެ. ކޮމްޕިއުޓާ ކޯޑިން ފަދަ އިލްމުތައް ކުދިން ކުޑައިރު ކިޔަވައިދޭން ޖެހޭ ކަމަށް އުގެއިލް ވިދާޅުވި އެވެ.
އުގެއިލް ރަށަކަށް ވަޑައިގެން މަރުހަބާ ދެއްނެވުމަށް އައިސްތިބި މީހުންނާ ސަލާމް ކުރައްވަނީ--
އެގޮތަށް ކަރިކިއުލަމް ބަދަލުކުރާއިރު ހަމައެކަނި ފޮތުން ކިޔަވައިދިނުމުގެ ބަދަލުގައި ސައެންސާއި ޓެކްނޮލޮޖީގެ ދާއިރާ އިން ވިސްނައި ރާއްޖެ އަށް ދިމާވެފައިވާ މައްސަލަތައް ހައްލު ކުރަން ދަސްކޮށްދިނުމަށް ވެސް އުގެއިލް ލަފާ ދެއްވަ އެވެ. އެކަން ކުރުމަށް ރާއްޖެ އަށް ދިމާވެފައިވާ މައްސަލަތައް ހައްލު ކުރުމާ ގުޅޭ ގޮތުން އެކި އުމުރުފުރާތަކުގައި ކުދިން ލައްވައި ޕްރޮޖެކްޓްތައް ހެދުވުމަށް އުގެއިލް ލަފާދެއްވި އެވެ.
"ފޮތުގައި ހުންނަ އެއްޗެއް ކިޔަވައިދިނުމުގެ ބަދަލުގައި ކަންކަން ހައްލު ކުރަން ސައެންސް އެންޑް ޓެކްނޮލޮޖީގެ އެހީގައި ކުރާނެ ކަންކަމަށް ކުދިން ވިސްނަން ފުރުސަތު ދެއްވަން ޖެހޭ،" ލަންޑަންގައި އުޅުއްވާ އުގެއިލް ވިދާޅުވި އެވެ.
ކިޔަވާ ކުދިންގެ އިތުރުން ހުރިހާ ދިވެހިން ވެސް އެ ދާއިރާ އަށް ހޭލުންތެރިކުރުވަން ޕްރޮގްރާމްތައް ހިންގަން ޖެހޭ ކަމަށް އުގެއިލް ވިދާޅުވި އެވެ. އެގޮތުން ހުރިހާ ދިވެހިންނަށް ލިޔަންކިޔަން ދަސްކޮށްދިނުމަށް ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމްގެ ސަރުކާރުގައި ހިންގި ފަދަ ޕްރޮގުރާމެއް ހިންގުމަށް އުގެއިލް ލަފާދެއްވި އެވެ.
"ކޮންމެ ދިވެއްސަކީ ސައިންސާ ޓެކްނޮލިޖީ އަށް އަދި ކޮމްޕިއުޓަރަށް ހޭލުންތެރި، ހުނަރު ހުރި ބަޔަކަށް ހަދަން ޖެހޭ. ފޯނާއި އެޕް ބޭނުން ކުރިޔަސް ބައެއް ބޭފުޅުންނަށް އޭގެ ވާނުވާއެއް ނޭނގެ. އެހެން ކަމަކަށް ޝާމިލްވެގެން ވަގުތު ފާއިތު ކުރަނީ. އޭގެ ބަދަލުގައި އެ ކަންކަން ދެނެގަނެ މަސައްކަތް ކުރަން ޖެހޭ،" އުގެއިލް ވިދާޅުވި އެވެ.
ސައިންސް އެންޑް ޓެކްނޮލޮޖީ ދާއިރާ ކުރިއެރުވުމަށް ހާއްސަ އިމާރާތްތަކެއް ހުންނަން ޖެހޭ ކަމަށް ވެސް އުގެއިލް ވިދާޅުވި އެވެ. އެކަން ކުރެއްވުމަށް އޭނާގެ ލަފަޔަކީ ސައިންސް ފައުންޑޭޝަން އުފައްދައި ރާއްޖޭގެ އެކި ހިސާބުތަކުގައި ސައިންސް ޕާކްތަކެއް ހެދުމެވެ. އެއީ އެކިއެކި ދިރާސާތައް ކުރުމާއި މަސައްކަތްތައް ކުރަން ހާއްސަ ތަންތަނަށް ހެދުމަށެވެ.
އުގެއިލް ރަށަކަށް ވަޑައިގެން ބަޔަކާ ބައްދަލު ކުރައްވަނީ--
އެކަމަށް ދިވެހި ބަޖެޓުގެ ޖުމްލަ ފައިސާ އިން އެއް ޕަސެންޓް ދިނަސް ވާނެ ކަމަށް އުގެއިލް ވިދާޅުވި އެވެ. އޭނާގެ ހިޔާލަކީ ވިޔަފާރިތަކުން ސީއެސްއާރް ބަޖެޓުން ފައިސާ ހޯދައިދެން އެ ކަންކަން ކުރުމެވެ. ދިވެހި ކުންފުނިތަކުން އެކަމަށް ޝައުގުވެރިވާ ކަމަށާއި ކުންފުނިތަކުން އޭނާއާ އެ ވާހަކަ ދައްކާފައިވާ ކަމަށް އުގެއިލް ވިދާޅުވި އެވެ.
ސައިންސް އެގްޒެބިޝަންތަކާއި ސެމިނާ އަދި ކޮންފަރެންސްތައް ރާއްޖޭގައި ބޭއްވުމަށާއި އަދި ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ބާއްވާ އެފަދަ ބައްދަލުވުންތަކުގައި ބައިވެރިވުމުގެ ފުރުސަތު ދިވެހިންނަށް ދިނުމަށް އުގެއިލް ލަފާދެއްވި އެވެ. އޭރުން ތަފާތު ހިޔާލުތައް ލިބި މަސައްކަތް މުއްސަނދި ކުރެވޭނެ ކަމަށް އޭނާ ވިދާޅުވި އެވެ.
"މޮޅު މީހުންނާ އެކީ އުޅެންޏާ މޮޅުވާނެ. އެއީ އަޅުގަނޑުވެސް ގަބޫލު ކުރާ ގޮތް. އެހެންވީމަ ދިވެހިންނަށް އެ ފުރުސަތު ފަހިކޮށްދޭން ޖެހޭ. މޮޅެތި ސައިންޓިސްޓުން ރާއްޖެ ގެނެސް އެ މީހުންނާއެކު ދިވެހިންނަށް މަސައްކަތް ކުރެވޭނެ ގޮތް ހޯދައި ދޭން ޖެހޭ،"
އުގެއިލްގެ އަނެއް ވިސްނުންފުޅަކީ ރަނގަޅު ތައުލީމް ލިބިފައިވާ ޖީލެއް ބިނާ ކުރުމަށް އަމާޒު ކުރުމެވެ. އެކަން ކުރުމަށް ސެޓްފިކެޓަށް އެކަނި ބަރޯސާވުމުގެ ބަދަލުގައި ދުނިޔޭގެ ބޮޑެތި ކުންފުނިތަކުން ޓްރެއިނިން ވުމުގެ ފުރުސަތު ހޯދައިދޭން ޖެހޭ ކަމަށް އޭނާ ވިދާޅުވި އެވެ. ސަރުކާރަކުން މަސައްކަތް ކޮށްފިނަމަ އެކަން ކުރެވޭނެ ކަމަށް އޭނާ ވިދާޅުވި އެވެ.
އުކުޅަހުގައި ކޮމްޕިއުޓާ ސައިންސްގެ ބޮޑު ކޮންފަރެންސެއް
ވިސްނާ ހޯދާށެވެ. ހިކުމަތްތެރިކަން ހާމަ ވާނެ އެވެ.
މޮޅު ދަރިވަރަކަށް ވާން އުގެއިލް ދޭ ފަސް ޓިޕްސް
ރޮބޯތިންކުގެ ދެ ކޭމްޕް ނިންމާލައިފި
ރޮބޯތިންކުގެ ދެ ކޭމްޕެއް އަންނަ މަހު
އެމްއައިކޮލެޖުން ސްކޫލްކުދިންނަށް އައިޓީ ޕްރޮގްރާމްތަކެއް
ކުޑަކުދިންގެ ސްޓެމް ޕްރޮގްރާމް "ރޮބޯތިންކް" ރާއްޖެއަށް
އުގެއިލް ފައުންޑޭޝަނުން އަންނަ އަހަރު ތިން ޕްރޮގްރާމެއް
"ލީޑާސް އޮފް ޓުމޯރޯ"ގައި ބައިވެރިވާން ހުޅުވާލައިފި
ދަ ސާކަލް ސްޕޭސް: ފޮތް ކިޔަން ހިތްފަސޭހަ މާހައުލެއް