Roadha Mihaaru
"ދަ ސާކަލް" ލޮކްޑައުންގައި ތިބި ކުދިންނަށް އެހީއެއް

އުގައިލްގެ "ދަ ސާކަލް" ލޮކްޑައުންގައި ތިބި ކުދިންނަށް އެހީއެއް

10 މެއި 2020

ޕްރޮފެސަރު ހަސަން އުގައިލް ހިންގަވާ އުގައިލް ފައުންޑޭޝަނުން "ދަ ސާކަލް ބައި އުގައިލް ފައުންޑޭޝަން"ގެ ނަމުގައި ވާޗުއަލްކޮށްް ކިޔަވައިދޭ ޕްރޮގްރާމެއް ފަށައިފި އެވެ.

މުހައްމަދު ނަސީމް މުހައްމަދު ނަސީމް

ޕްރޮފެސަރު ހަސަން އުގައިލް ހިންގަވާ އުގައިލް ފައުންޑޭޝަނުން "ދަ ސާކަލް ބައި އުގައިލް ފައުންޑޭޝަން"ގެ ނަމުގައި ވާޗުއަލްކޮށްް ކިޔަވައިދޭ ޕްރޮގްރާމެއް ފަށައިފި އެވެ.

އެ ފައުންޑޭޝަނުުން މިއަދު ބުނީ "ދަ ސާކަލް" އަކީ ސައިންސް، ޓެކްނޮލޮޖީ، އިންޖީނިއަރިން އަދި ހިސާބުގެ މައުލޫމާތު މުއްސަނދި ކޮށްދޭނެ ޕްރޮގްރާމެއް ކަމަށެވެ. ފޭސްބުކް ލައިވް މެދުވެރިކޮށް، އިންސްޓްރަކްޓަރަކު ކޮންމެ ހަފުތާއަކު ނަަގައިދޭ ފިލާވަޅުތަކަކާއި އެއާ ގުޅިގެން ކުދިން ހިންގާ ހަރަކާތްތަކެއްގެ ގޮތުގައި ކުރިއަށް ގެންދާ އެ ޕްރޮގްރާމްގައި ކޯޑިން، ރޮބޮޓިކްސް، އިލެކްޓްރޯނިކްސް، ކޮމިއުނިކޭޝަން، ޕްރޮބްލެމް ސޮލްވިން އަދި އިނގިރޭސި ބަސް ކިޔަވައިދޭނެ އެވެ.

ޕްރޮގްރާމްގައި ހިމެނޭ ބައިތައް:

- އޮންލައިންކޮށް ދޭ އިރުޝާދުތަކާ އެކު ކޮންމެ ހަފުތާއަކު ކުރިއަށް ގެންދާ އެކްޓިވިޓީތައް.

- އުުފެއްދުންތެރިކަން، އަމިއްލަ އަށް ކަންތައްތައް ދަސްކުރުން އަދި އެހެން ކުދިންނާ ގުޅިގެން މަސައްކަތް ކުރުމުގެ ހުނަރުތައް ދަސްކޮށްދިނުން.

- ބޭސިކް ކޮމްޕިއުޓާ ކޯޑިން ދަސްކޮށްދިނުން.

- އިނގިރޭސި ބަހުން މުއާމާލާތް ކުރުމުގެ ހުނަރުތައް ދަސްކޮށްދިނުން. އެ ހުނަރުތައް ކިޔަވައިދޭނީ މާދަރީ ބަހުގެ ގޮތުގައި އިނގިރޭސި ބަހުން ވާހަަކަ ދައްކާ އިނގިރޭސި ވިލާތުގެ ޓީޗަރުން.

އުގައިލް ވިދާޅުވީ ނުވަ މަސް ދުވަހަށް ކުރިއަށް ގެންދާ އެ ޕްރޮގްްރާމްގައި ދަރިވަރުން ދަސްކުރާ މިންވަރު ދުވަހުން ދުވަހަށް އެސެސް ކުރަމުން ގެންދާނެ ކަމަށެވެ. އެހެންވެ ވަކިވަކިން ބާއްްވާ އިމްތިހާނު ތަކެއް ނޯންނާނެ ކަމަށް ވިދާޅުވި އެވެ.

"އޮންލައިން ޕޯޓަލްއެއް މެދުވެރިކޮށް ކުދިންނަށް އިންޓަރެކްޓިވް ޓިއުޓޯރިއަލްތަކާ ކޯޑިން އެކްޓިވިޓީތައް އަދި ގްރޫޕް ޕްރޮޖެކްޓްތައް ހިންގާނެ ގޮތުގެ އިރުޝާދު ތައް ދެމުން މި އަންނަނީ،" މިހާރު ވެސްް ފަށައިގެން ކުރިއަށް ގެންދާ ޕްރޮގްރާމާ ބެހޭ ގޮތުން އޭނާ ވިދާޅުވި އެވެ.

އުގައިލް ވިދާޅުވި ގޮތުގައި، "ދަ ސާކަލް" ގައި ބައިވެރިކުރާނީ އުމުރުން 10-14 އަހަރާ ދެމެދުގެ ކުދިންނެވެ. ޕްރޮގްރާމްގައި ބައިވެރިވުމަށް ދައްކަން ޖެހޭނީ އިދާރީ ކަންތައްތަކަށް ހަރަދު ކުރުމަށް ނަގާ، ނިސްބަތުން ވަރަށް ކުޑަ ފީއެއް ކަމަށް ވެސް އޭނާ ވިދާޅުވި އެވެ. ޕްރޮގްރާމްގައިށް ބައިވެރިވާން ބޭނުންވާ މީހުންނަށް https://thecircle.ugail.org/register މި ލިންކް މެދުވެރިކޮށް ރަޖިސްޓަރީ ކުރެވޭނެ އެވެ.