Roadha Mihaaru
އަނަސް އަށް އިންސާފު ހޯދައިދޭން ގޮވާލައި ހިނގާލުމެއް

އަނަސް އަށް އިންސާފު ހޯދައިދޭން ގޮވާލައި މީދޫގައި ބޮޑު ހިނގާލުމެއް

05 އޯގަސްޓް 2017

މެޔަށް ވަޅި ހަރައި މިދިޔަ ހަފުތާގައި މަރައިލި މުހައްމަދު އަަނަސް، ރ. މީދޫ، 25، އަށް އިންސާފު ހޯދައިދޭން ގޮވާލައި އެ ރަށުގައި މިއަދު ބޮޑު ހިނގާލުމެއް ބާއްވައިފި އެވެ.

އާސިމާ ނިޒާރު އާސިމާ ނިޒާރު

މެޔަށް ވަޅި ހަރައި މިދިޔަ ހަފުތާގައި މަރައިލި މުހައްމަދު އަަނަސް، ރ. މީދޫ، 25، އަށް އިންސާފު ހޯދައިދޭން ގޮވާލައި އެ ރަށުގައި މިއަދު ބޮޑު ހިނގާލުމެއް ބާއްވައިފި އެވެ.

ހަށިގަނޑުގެ 37 ތަނަކަށް ވަޅި ހަރައި އަނަސް މަރާލާފައިވަނީ، މާލޭގެ ލިޓަސް ސާވިސް ސެންޓަރުގެ ތެރޭގައި ހުއްޓަ އެވެ.

އަނަސްގެ މަަރަށް އިންސާފު ހޯދައިދިނުމަށް އެދި މިއަދު ބޭއްވި ހިނގާލުމުގެ ތެރެއިން

އަނަސްގެ މަަރަށް އިންސާފު ހޯދައިދިނުމަށް އެދި މިއަދު ބޭއްވި ހިނގާލުމުގެ ތެރެއިން

އެ ރަށުގެ ގިނަ އަދަދެއްގެ ބަޔަކު ބައިވެރިވި މި ހިނގާލުމުގައި ވަނީ އަނަސް މަރާލި މީހުން ހޯދައި އިންސާފުގެ ކުރިމައްޗަށް ގެނައުމަށް ގޮވާލައިފަ އެވެ. އޭނާ މަރާލި ސަބަބު ހޯދައިދިނުމަށް ވެސް އެ ހިނގާލުމުގައި ބައިވެރިވި މީހުން ވަނީ ގޮވާލައިފަ އެވެ.

މީގެ އިތުރުން އަނަސްގެ މަރަށް އިންސާފު ހޯދައިދިނުން އަވަސް ކޮށްދިނުމަށް އެދި ޕެޓިޝަނެއްގައި ސޮއިކޮށް، އެ ލިޔުން ކަމާ ބެހޭ އިދާރާތަކަށް ހުށަހަޅަން ވެސް ވަނީ ނިންމައިފަ އެވެ.

އަނަސްގެ މަަރަށް އިންސާފު ހޯދައިދިނުމަށް އެދި މިއަދު ބޭއްވި ހިނގާލުމުގެ ތެރެއިން

އަނަސްގެ މަަރަށް އިންސާފު ހޯދައިދިނުމަށް އެދި މިއަދު ބޭއްވި ހިނގާލުމުގެ ތެރެއިން

ރ. އަތޮޅުގައި ދުއްވާ ލޯންޗެއްގެ ކެޕްޓަނަކަށް އުޅޭ އަނަސް މަރާލި އިރު، އޭނާ އައީ އަލަތު ކައިވެންޏަށް ތައްޔާރުވަމުންނެވެ. އެ މަރާ ގުޅިގެން މިހާތަނަށް އެއްވެސް މީހަކު ހައްޔަރުކުރިކަމެއް އަދި ސާފެއްނުވެ އެވެ.

އޭނާގެ މަރާއެކު މުޅި ރަށަށް ވަނީ ކުއްލި ސިހުމެއް ލިބިފަ އެވެ. މިއީ އެ ރަށަށް ނިސްބަތްވާ މީހަކު މިފަދަ ގޮތަކަށް މަރާލި ފުރަތަމަ ފަހަރެވެ.