Roadha Mihaaru
އުއްތަމަފަނޑިޔާރާ ދެކޮޅަށް ސޮއިކުރޭތޯ ޑީޖޭއޭއިން ބަލަނީ

އުއްތަމަ ފަނޑިޔާރުގެ ސުލޫކީ މައްސަލައެއް ހުށަހަޅާތޯ ޑީޖޭއޭ އިން ބަލަނީ

03 އޯގަސްޓް 2017

އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައީދުގެ ސުލޫކީ މައްސަލައެއް ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އަށް ހުށަހެޅުމަށް ގާޒީންތަކެއް މަސައްކަތް ކުރައްވާ ކަމުގެ އަޑު ފެތުރިފައި ވާތީ، އެކަމުގައި ގާޒީން ބައިވެރިވޭތޯ ބަލައިދިނުމަށް އެދި ޑިޕާޓްމަންޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަން (ޑީޖޭއޭ) އިން ކޯޓުތަކަށް ސިޓީއެއް ފޮނުވައިފި އެވެ.

އުއްތަމަ ފަނޑިޔާރުގެ ސުލޫކީ މައްސަލައެއް ހުށަހަޅަން އުޅޭ ކަމަށް ވާހަކަ ދެކެވެނީ ސޯޝަލް މީޑިއާގަ އެވެ. އަޑު ފެތުރިފައިވާ ގޮތުގައި އެ މައްސަލަ ހުށަހެޅުމަށް ގާޒީންތަކެއް އަންނަނީ ޕެޓިޝަނެއްގައި ސޮއި ކުރަމުންނެވެ. ސުލޫކީ މައްސަލައެއްގެ ގޮތުގައި ހުށަހަޅަނީ ކޮން ކަމެއްކަން އަދި އެކަމާ ބެހޭ އިތުރު އެއްވެސް ތަފްސީލެއް ނޭނގެ އެވެ.

ޖުޑީޝަލް އެޑްމިނިސްޓްރޭޓަ ހަސަން ސައީދު ސޮއި ކުރައްވައި ކޯޓުތަކަށް ފޮނުއްވި އެ ސިޓީގައި އެދިފައި ވަނީ އުއްތަމަ ފަނޑިޔާރާ ދެކޮޅަށް ބައެއް ގާޒީން ސޮއި ކުރައްވާ ކަމުގެ ތުހުމަތުތަކެއް ކުރެވޭތީ، އެއީ ހިނގާ ކަމެއްތޯ ބަލައިދިނުމަށެވެ. މިފަދަ ސިޓީއެއް ފޮނުވިކަން ޑީޖޭއޭ އިން ވަނީ "މިހާރު" އަށް ކަށަވަރުކޮށްދީފަ އެވެ.

އުއްތަމަ ފަނޑިޔާރު މި ވަގުތު އުޅުއްވަނީ ރާއްޖެ އިން ބޭރުގަ އެވެ. ރައްޔިތުންގެ މަޖިލީހުގެ ބައެއް މެންބަރުންގެ ގޮނޑި ގެއްލިފައިވާ ކަމަށް އިލެކްޝަންސް ކޮމިޝަނުން ކަނޑައެޅި މައްސަލަ ސުޕްރީމް ކޯޓުން ބަލައިގެންފައި ވާއިރު އެ މައްސަލައިގެ ހުކުމް ލަސްވަނީ އުއްތަމަ ފަނޑިޔާރު ރަށުގައި ނޫޅުއްވާތީ ކަމަށް، ގުޅިފައިވާ އިދިކޮޅު ޕާޓީތަކުން އަންނަނީ ބުނަމުންނެވެ.