10 ނޮވެމްބަރ 2020
ކޯޓުތަކުން މަައްސަލަތައް ނުނިމި ލަސްވާ ނަމަ، ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން އެކަން ބަލަން ނިންމައި، އެކަމާ ބެހޭ އުސޫލެއް އެކުލަވާލައިފި އެވެ.
ކޯޓުތަކުން މަައްސަލަތައް ނުނިމި ލަސްވާ ނަމަ، ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން އެކަން ބަލަން ނިންމައި، އެކަމާ ބެހޭ އުސޫލެއް އެކުލަވާލައިފި އެވެ.
އެ ކޮމިޝަނުން އިއްޔެ ނެރުނު ސާކިއުލާއެއްގައި ވަނީ ކޯޓުތަކުން މައްސަލަތައް ލަސްވާ ކަމުގެ ގިނަ ޝަކުވާތަކެއް ލިބެމުންދާ ކަމަށާއި އެފަދަ ޝަކުވާތަކާ ގުޅިގެން ފަނޑިޔާރުން މައްސަލަތައް ނިންމާ މުއްދަތާއި ފަނޑިޔާރުގެ ޒިންމާ އެކަށީގެންވާ ގޮތަށް އަދާކުރައްވާފައިވޭތޯ ބެލުމަށް ޖޭއެސްސީން ނިންމާފައިވާ ކަމަށެވެ.
ޖޭއެސްސީން ބުނިގޮތުގައި، އެފަދަ މައްސަލަތައް ބަލާނެ މިންގަނޑެއް ވެސް ވަނީ އެކުލަވާލައިފަ އެވެ. އަންނަ ޖެނުއަރީ މަހުން ފެށިގެން އަމަލު ކުރަން ފަށާނެ ކަމަށް ވެސް އެ ކޮމިޝަންގެ ސާކިއުލާގައިވެ އެވެ.
ސާކިއުލާގައިވާ ގޮތުން ފަނޑިޔާރަކާ މައްސަލަ ހަވާލު ކުރާތާ ހަ މަސް ތެރޭގައި އެ މައްސަލައެއް ނުނިމިއްޖެ ނަމަ އޭގެ ސަބަބާއި މައްސަލަ ކުރިއަށް ދާ މިންވަރު މަހަކު އެއް ފަހަރު އެ ކޯޓެއްގެ އިސް ފަނޑިޔާރަށް އަންގަމުން ދޭތޯ އާއި އެކަމާ ގުޅިގެން އިސް ފަނޑިޔާރު އަދާކުރައްވަން ޖެހިވަޑައިގަންނަވާ ޒިންމާ އަދާކުރެއްވިތޯ އެ ކޮމިޝަނުން ބަލާނެ އެވެ.
ޖިނާއީ މައްސަލައެއް ނަމަ، ޝަރީއަތުގެ އަޑުއެހުންތައް ބާއްވާނެ ގޮތުގެ ތާވަލެއް ދުރާލައި ދީފައިވޭތޯ އެ ކޮމިޝަނުން ބަލާނެ ކަމަށާއި ގާނޫނެއްގައި ވަކި މުއްދަތެއް ކޯޓުން ފިޔަވަޅު އަޅަން ޖެހޭނެ ކަމަށް ކަނޑައަޅާފައިވާ ކަންކަމުގައި އެގޮތަށް އަމަލު ކުރިތޯ ވެސް ބަލާނެ ކަމަށް އެ ސާކިއުލާގައިވެ އެވެ.
ޖޭއެސްސީން ބުނީ، ގާނޫނުގައި މުއްދަތުު ކަނޑައަޅާފައިވާ ކަންކަމުގައި ބައެއް ފަނޑިޔާރުން އެ މުއްދަތާ އެއްގޮތަށް އަމަލު ނުކުރާ ކަމަށް އެ ކޮމިޝަނަށް ފާހަގަ ކުރެވޭ ކަމަށެވެ. އެހެންވެ، އެކަންކަން އިސްލާހު ކުރަން ވަނީ އެދިފަ އެވެ. ސާކިއުލާގައިވާ ގޮތަށް އަންނަ ޖެނުއަރީ މަހުން ފެށިގެން ފިޔަވަޅު އަޅާނެ އެވެ.
ޗީފް ޖުޑީޝަލް އެޑްމިނިސްޓްރޭޓަރުގެ މަގާމަށް ހުޅުވާލައިފި
ޖޭއެސްސީއަށް ލަފާދޭން ފަނޑިޔާރުންގެ ބޯޑެއް އެކުލަވާލައިފި
ޖުޑީޝަލް އެލަވަންސް ބޮޑުކޮށްފި
ފަނޑިޔާރު ކަމަށް ކުރިމަތިލާއިރު އިމްތިހާނެއް ދެނީ
ތިން ވަނަ ބާރު: އަޅާލުމެއް، ހިޔާވައްސެއް ނެތް!
ޖޭއެސްސީން މިދިޔަ އަހަރު ނިންމީ ގިނަ ޝަކުވާ ނުބަލަން
"މަސައްކަތް މިކުރަނީ ރަނގަޅު ފަނޑިޔާރުން ހޯދައިދޭން"
ފަނޑިޔާރުންގެ ޗުއްޓީޕްލޭން ދުރާލާ ހަދަން އަންގައިފި
ފަނޑިޔާރުންނަށްލިބޭ ހަދިޔާ ކޯޓާ ހަވާލުކުރަން އަންގައިފި
ސިވިލް ކޯޓަށް އާ ދެ ފަނޑިޔާރުން އައްޔަންކޮށްފި