17 ޑިސެމްބަރ 2022
ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) ގެ މަސައްކަތްތަކަކީ ފަސޭހަ ކަމެއް ނޫން ކަމަށާއި އެކަމަކު މަސައްކަތް މި ކުރަނީ އެންމެންނަށް ވެސް އިންސާފުވެރި ފަނޑިޔާރަކު ހޯދައިދޭން ކަމަށް އެ ކޮމިޝަންގެ ރައީސް ހިސާން ހުސައިން މިއަދު ވިދާޅުވެއްޖެ އެވެ.
ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) ގެ މަސައްކަތްތަކަކީ ފަސޭހަ ކަމެއް ނޫން ކަމަށާއި އެކަމަކު މަސައްކަތް މި ކުރަނީ އެންމެންނަށް ވެސް އިންސާފުވެރި ފަނޑިޔާރަކު ހޯދައިދޭން ކަމަށް އެ ކޮމިޝަންގެ ރައީސް ހިސާން ހުސައިން މިއަދު ވިދާޅުވެއްޖެ އެވެ.
ޖުޑިޝަރީ ފޯ ޖޫނިއާސްގެ ވޯކްޝޮޕް އިފްތިތާހު ކުރުމަށް މިއަދު ބޭއްވި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ހިސާން ވިދާޅުވީ އެއް ބައެއްގެ ފާޑުކިޔުމާއި އަނެއް ބައެއްގެ ހިތްހަމަޖެހުމުގެ ތެރެއިން ޖޭއެސްސީން ކުރާ މަސައްކަތްތަކަކީ އުނދަގޫ މަސައްކަތްތަކެއް ކަމަށެވެ. އެހެން ނަމަވެސް އެ ކޮމިޝަނުން މަސައްކަތް ކުރަނީ ކޯޓަށް އަންނަ ކޮންމެ މީހަކަށް ވެސް އިންސާފުވެރި ފަނޑިޔާރަކު ހޯދައި ދިނުމަށް ކަމަށް ހިސާން ވިދާޅުވި އެވެ.
"އަޅުގަނޑުމެން ކުރާ މަަސައްކަތް ކުރަނީ ކޯޓު ކުރިމަތީގައި ހުއްޓޭ ކޮންމެ ފަރުދަކީ ވެސް އިންސާފުވެރި، އަދުލުވެރި ފަނޑިޔާރެއްގެ ހައްގުވާ މީހެއް ކަމަށްވާތީ،" ހިސާން ވިދާޅުވި އެވެ.
ހިސާން ވިދާޅުވި ގޮތުގައި ބޭ އިންސާފުން ހައްގެއް ގެއްލޭ ކޮންމެ މީހަކު ވެސް އެދޭނީ އިންސާފުން މައްސަލަ ނިންމައިދޭން ފަނޑިޔާރުން ތިބިކަމުގެ ޔަގީންކަން ހޯދުމަށެވެ. އަދި ކޯޓުތަކުގެ ޒިންމާއަކީ ވެސް އެއްވެސް މީހަކު ތަފާތު ކުރުމެއް ނެތި އެ ހައްގު ހޯދައި ދޭންޖެހޭ ކަމަށް އޭނާ ވިދާޅުވި އެވެ.
"އަދުލުވެރިކަމާއެކު އެ މައްސަލައެއް އިންސާފުގެ މަގުން ނިންމައިދޭނެ ފަނޑިޔާރުން ތިބިކަން ޔަގީންވުމަކީ ކޮންމެ މީހަކުވެސް އެދޭނެ ގޮތް. އަދި ކޮންމެ މީހަކުވެސް ބޭނުންވާނެ ގޮތް،" ހިސާން ވިދާޅުވި އެވެ.
ހިސާން ވިދާޅުވީ ޝަރުއީ ދާއިރާއަކީ ހަމައެކަނި ކުށްވެރިންނާ ގުޅޭ ނިޒާމެއް ނޫން ކަމަށާއި އާންމު ދިރިއުޅުމުގައި ހިމެނޭ ތަރިކަ މުދަލާއި ވިޔަފާރި އާއި ދަރިންނާއި ދަރިންގެ ހަރަދު ފަދަ ކަންކަން ވެސް ގުޅިފައި އޮތީ އެ ނިޒާމާ ކަމަށެވެ. އެހެންވެ، އެ ނިޒާމަށް ބޭނުންވަނީ ހަމައެކަނި ފަނޑިޔާރުންނާއި ވަކީލުން ނޫން ކަމަށާއި ހެލްތް ވޯކަރުންނާއި ޓެކްނީޝަނުން ފަދަ މީހުން ވެސް އެ ދާއިރާއަށް ބޭނުންވާ ކަމަށް ވިދާޅުވި އެވެ.
ޖުޑިޝަރީ ފޯ ޖޫނިއާސްއަކީ ޒުވާނުން މި ދާއިރާއަށް ޝައުގުވެރި ކުރުވުމަށްޓަކައި ޔޫއެންޑީޕީއާ ގުޅިގެން ހިންގާ ޕްރޮގްރާމެކެވެ.
ފަނޑިޔާރުންނަށް ހުކުރު ނަމާދުގެ އިމާމުކަން ކުރެވޭނެ
ފަނޑިޔާރު ކަމަށް ކުރިމަތިލާއިރު އިމްތިހާނެއް ދެނީ
މައްސަލަ މަދުވަނީ ހެޔޮ ބަދަލެއް އައިސްފައިވާތީ: ހިސާން
ޖޭއެސްސީން މިދިޔަ އަހަރު ނިންމީ ގިނަ ޝަކުވާ ނުބަލަން
"ޝަރުއީ ދާއިރާއަށް ސަރުކާރުގެ ނުފޫޒެއް ނޯންނާނެ"
ފަނޑިޔާރުންގެ ޗުއްޓީޕްލޭން ދުރާލާ ހަދަން އަންގައިފި
ފަނޑިޔާރުންނަށްލިބޭ ހަދިޔާ ކޯޓާ ހަވާލުކުރަން އަންގައިފި
ޝަކީލްއާ ބައްދަލުކުރި ވާހަކަ ނަޝީދު ދޮގުކުރައްވައިފި
ސިވިލް ކޯޓަށް އާ ދެ ފަނޑިޔާރުން އައްޔަންކޮށްފި
ފަނޑިޔާރުންނަށް ސެކިއުރިޓީ ކަށަވަރު ކޮށެއް ނުދެވޭ!