21 ނޮވެމްބަރ 2022
ފަނޑިޔާރުން ޗުއްޓީ ނަގާނެ ގޮތުގެ ޕްލޭނެއް އެކުލަވާލުމަށް ފަހު ކޮންމެ އަހަރެއް ފެށުމުގެ ކުރިން ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އަށް ފޮނުވަންޖެހޭ ގޮތަށް ހަމަޖައްސައިފި އެވެ.
ފަނޑިޔާރުން ޗުއްޓީ ނަގާނެ ގޮތުގެ ޕްލޭނެއް އެކުލަވާލުމަށް ފަހު ކޮންމެ އަހަރެއް ފެށުމުގެ ކުރިން ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އަށް ފޮނުވަންޖެހޭ ގޮތަށް ހަމަޖައްސައިފި އެވެ.
ޖޭއެސްސީން މިދިޔަ ހަފުތާގައި ނެރުނު ސާކިއުލާއެއްގައިވާ ގޮތުން ކޯޓުތަކުގެ ޚިދުމަތްތަކަށް ބުރޫ އެރިޔަ ނުދިނުމަށް ކޮންމެ އަހަރެއް ވެސް ފެށުމުގެ ކުރިން ފަނޑިޔާރުން ޗުއްޓީ ނަގާނެ ގޮތުގެ ޕްލޭނެއް އެކުލަވާލަން ޖެހޭ ގޮތަށް އެ ކޮމިޝަނުން ވަނީ ނިންމައިފަ އެވެ.
އެހެންވެ، ހުރިހާ ފަނޑިޔާރުންގެ އަންނަ އަހަރުގެ ޗުއްޓީ ޕްލޭން އަންނަ މަސް ނިމުމުގެ ކުރިން ފޮނުވަން ވަނީ އަންގައިފަ އެވެ. އަދި ޗުއްޓީ ޕްލޭން ކުރުމުގައި އެއް ދުވަސްވަރެއްގައި ހުރިހާ ފަނޑިޔާރުން ޗުއްޓީއަށް ނުދާނެހެން ޕްލޭންތައް ރޭވުމަށް އެ ސާކިއުލާގައި އަންގާފައިވެ އެވެ.
އެ ސާކިއުލާގައިވާ ގޮތުން ޗުއްޓީ ޕްލޭން ދުރާލާ އެކުލަވާލިޔަސް، ކޮންމެހެން ނަގަންޖެހޭ ޗުއްޓީތައް އިސް ފަނޑިޔާރުންގެ ހުއްދައާ އެކު ނެގުމުގެ ފުރުސަތު އޮންނާނެ އެވެ.
ފަނޑިޔާރު ކަމަށް ކުރިމަތިލާއިރު އިމްތިހާނެއް ދެނީ
ފަނޑިޔާރުންގެ އާއިލާ މީހުންނާ އެއް ކޯޓެއްގައި ނޫޅެވޭނެ
ޖޭއެސްސީ އެކުލެވޭ ގޮތް ބަދަލުކުރަން އުޅޭ ބަޔަކު ނެތް!
ހައި ކޯޓުގެ ފަނޑިޔާރު ކަމަށް މާނިއު އައްޔަންކޮށްފި
އިސް ފަނޑިޔާރު ކަމަށް ކުރިމަތިލީ އެެންމެ ބޭފުޅެއް
ފަނޑިޔާރުންނަށް ހުކުރު ނަމާދުގެ އިމާމުކަން ކުރެވޭނެ
ޝަރުއީ ދާއިރާގެ އިސް މަގާމުތަކަށް ޝައުގެއް ނެތް!
ހައިކޯޓުގެ އިސް ފަނޑިޔާރުކަން ކުރާނެ ބޭފުޅަކު ނުވި
ކްރިމިނަލް ކޯޓުގެ އިސްގާޒީ ކަމަށް ހުޅުވާލައިފި
ހައިކޯޓުގެ އިސްފަނޑިޔާރުކަމަށް ކުރިމަތިލާން ހުޅުވާލައިފި