ޝާހްރުކް-ކާޖޮލްގެ "ގެރުއާ" ލަވަ ޔޫޓިއުބުގައި 100 މިލިއަން ފަހަރު ބަލައިފި އެވެ.
27 ޖޫން 2016
ޝާހްރުކް-ކާޖޮލްގެ "ގެރުއާ" ލަވަ ޔޫޓިއުބުގައި 100 މިލިއަން ފަހަރު ބަލައިފި އެވެ.
ޝާހްރުކް ޚާނާއި ކާޖޮލް އަކީ ބޮލީވުޑްގެ އެންމެ ގުޅޭ އަދި އެންމެ ރޮމެންޓިކް ޖޯޑު ކަމަށް ގިނަ ބަޔަކު ގަބޫލުކުރެ އެވެ. އަދި މިދިޔަ އަހަރު މި ދެ ތަރިން އެކުގައި ކުޅުނު "ދިލްވާލޭ"ގެ "ގުރުއާ" ލަވައަކީ އަހަރުގެ އެންމެ ރޮމެންޓިކް ލަވަ ކަމަށް ވެސް ގިނަ ބަޔަކު ގަބޫލުކުރެ އެވެ.
ރޯހިތު ޝެޓީ ޑައިރެކްޓްކޮށްފައިވާ މި ފިލްމުގެ މިއުޒިކް ރީތިވެފައި މަންޒަރުތައް ނަގާފައި ވަނީ ވެސް އެހާ ރީތި ލޮކޭޝަންތަކުގަ އެވެ.
The ethereal love song from #Dilwale crosses 100 Million views! #Gerua100Million https://t.co/wirvUCpO3B pic.twitter.com/fzVnHU8yiV
— Sony Music India (@sonymusicindia) June 22, 2016
ސޮނީ މިއުޒިކްގެ ޓުވީޓް
ޝާހްރުކް ފިލްމު އިންޑަސްޓްރީގައި މަސައްކަތްކުރާތާ 24 އަހަރު މިއަދު ފުރުނުއިރު އެހެން ގޮތަކަށް ވެސް މި ދުވަސް ޚާއްސަވެގެން ދިޔައީ އޭނާ އާއި ކާޖޮލް އެކުގައި ކުޅުނު އެންމެ ފަހު ފިލްމުގެ "ގެރުއާ" އަށް ޔޫޓިއުބުގައި 100 މިލިއަން ވިއުޒް ލިބިފައި ވުމުންނެވެ.
އަރިޖީތު ސިންގް އާއި އަންތުރާ މިތުރާ ކިޔައިދީފައިވާ މި ލަވައިގައި ކާމިޔާބީ ސޮނީ މިއުޒިކް އިންޑިއާގެ ޓުވީޓެއްގައި ވެސް ވަނީ ފާހަގަކޮށްފަ އެވެ.
"ކުޗު ކުޗު ހޯތާ ހޭ" ލަވައެއްގެ އާ ވާޝަންއެއް ނެރެނީ
ޝާހު އާއި ކާޖޮލް ހަތް އަހަރު ފަހުން އެކުގައި
ކަރަންގެ އާ ފިލްމުން ޝާހްރުކާއި ކާޖޮލް ފެނިދާނެ
ޝާހްރުކްގެ "ޒީރޯ"ގައި ކާޖޮލް ބައިވެރިވެއްޖެ
ރާނީ އާއި ކާޖޮލް އެކުވެރި ކުރެވުނީ ޝާހްރުކަށް
ޝާހުގެ ދަރިންނަށް ކަރަންގެ ތައުރީފު
ޝާހު އާއި ޕްރިޔަންކާ މެޓް ގާލާއިން ބައްދަލުވަނީ؟
ބޮލީވުޑަށް ޝޮކެއް؛ ޝާހު މާވެލްއާ ގުޅެނީ؟
ކާޖޮލްގެ ދަރިފުޅު ބޮލީވުޑަށް ނުކުންނަން ބޭނުމެއް ނުވޭ
"މޭ ހޫ ނާ"ގެ ސީކުއެލްއެއްގެ މަސައްކަތް ފަށައިފި