ކަރަން ޖޯހަރް އަނެއްކާ ވެސް ފިލްމެއް ޑައިރެކްޓް ކުރަން ތައްޔާރުވަމުން އަންނަ އިރު، އެ ފިލްމާ ބެހޭ ގޮތުން މީޑިއާތަކުގައި މިހާރު ދެކެވޭ ވާހަކަތައް ލައްކަ ގިނަ އެވެ. އެހެންވެ އެކަމާ ގުޅިގެން ކަރަން ވަނީ ތުންތުންމަތީ ދެކެވޭ ވާހަކަތަކުގައި އަދި އެއްވެސް ހަގީގަތެއް ނެތް ކަމަށް ބުނެ ޓްވީޓެއް ވެސް ކޮށްފަ އެވެ.
06 ޖުލައި 2018
ކަރަން ޖޯހަރް އަނެއްކާ ވެސް ފިލްމެއް ޑައިރެކްޓް ކުރަން ތައްޔާރުވަމުން އަންނަ އިރު، އެ ފިލްމާ ބެހޭ ގޮތުން މީޑިއާތަކުގައި މިހާރު ދެކެވޭ ވާހަކަތައް ލައްކަ ގިނަ އެވެ. އެހެންވެ އެކަމާ ގުޅިގެން ކަރަން ވަނީ ތުންތުންމަތީ ދެކެވޭ ވާހަކަތަކުގައި އަދި އެއްވެސް ހަގީގަތެއް ނެތް ކަމަށް ބުނެ ޓްވީޓެއް ވެސް ކޮށްފަ އެވެ.
އެކަމަކު ރިޕޯޓްތައް ބުނަނީ ކަރަންގެ އާ ފިލްމްގެ ލީޑް ރޯލުން ފެނިގެން ދާނީ ޝާހްރުކް ހާނާއި ކާޖޮލް ކަމަށެވެ. އޭނާގެ އެންމެ ކާމިޔާބު ފިލްމްތަކުގެ ތެރޭގައި ހިމެނޭ ކުޗް ކުޗް ހޯތޭ ހޭ (1998) އާއި ކަބީ ހުޝީ ކަބީ ޣަމް (2001) ގެ އެންމެ މުހިއްމު ތަރިންނަކީ ވެސް މި އެވެ.
އަނެއްކޮޅުން މި ޖޯޑަކީ އިންޑިއަން ސިނަމާގެ އެންމެ ކާމިޔާބު އަދި ގިނަ ބަޔަކު އެންމެ ގަޔާވާ އެއް ޖޯޑު ވެސް މެ އެވެ. ޝާހްރުކާއި ކާޖޮލް އެންމެ ފަހުން އެކުގައި ކުޅުނީ 2015 ގައި ރިލީޒްކުރި ރޯހިތު ޝެޓީގެ "ދިލްވާލޭ" އެވެ. އެކަމަކު އެ ފިލްމަކީ ބެލުންތެރިންނަށް އެހާ ކަމުދިޔަ ފިލްމެއް ނޫނެވެ.
Lots of conjecture and unnecessary stories on my directorial next!!!! Just to make clear not a single actor has heard or read the script of my next film!!!!! Everything you read or hear is Hearsay!
— Karan Johar (@karanjohar) June 27, 2018
ކަރަންގެ ޓްވީޓެއް.
ހަ ވަނަ ޑައިރެކްޝަނުގެ ޝޮޓަށް ގޮވަން ކަރަން ތައްޔާރީތައް ވަމުން އަންނަ އިރު، އޭނާ ބުނެފައި ވަނީ ފިލްމްގެ ސްކްރީންޕްލޭ އެއްކޮށް ނިމިފައިވާ ކަމަށެވެ. އަދި ވަރަށް އަވަހަށް ފިލްމް އިއުލާން ކުރާނެކަން ފާހަގަކޮށް ބުނީ ޝާހްރުކާ އެކު، ފިލްމެއްގައި މަސައްކަތްކޮށްލަން މިހާރު ވެސް ކެތްމަދުވެފައި ހުރި ކަމަށެވެ.
ކަރަން 2016 ގައި ގެނެސް ދިން "އޭ ދިލް ހޭ މުޝްކިލް" ގައި ޝާހްރުކް ވަނީ ވަރަށް ކުޑަކުޑަ ހާއްސަ ފެނިލުމެއް ކުޅެފަ އެވެ.
ކާޖޮލް އާއި ޝާހްރުކްގެ ޖޯޑު އަލުން ސްކްރީނަށް ގެންނަ ވާހަކަތައް މީޑިއާގައި ގަދަވެފައި މި ވަނީ "އޭ ދިލް ހޭ މުޝްކިލް" ގެ ދުވަސްވަރު، ކަރަން އާއި ކާޖޮލްގެ ޒަމާންވީ އެކުވެރިކަމުގެ ގުޅުން ވަރަށް ބޮޑަށް ގޯސްވެ، ދެން އަލުން އެއްގަލަކަށް ނާރާނެހެން ހީވެފައި ވަނިކޮށް އަލުން ދެ މީހުން ސުލްހަވެފައިވާތީ އެވެ.
އޭރު މައްސަލަ ޖެހުނީ ކާޖޮލްގެ ފިރިމީހާ އަޖޭ ދޭވްގަންގެ "ޝިވާއޭ" އާއި ކަރަންގެ ފިލްމް އެއް ދުވަހެއްގައި ރިލީޒް ކުރަން ނިންމުމުން ކުރިމަތިވި އުދާސްތަކާ ހެދި އެވެ. އެކަމަކު ކަރަން އަށް މިދިޔަ އަހަރު ދެ ދަރިން ލިބުމާ އެކު، ދެ މީހުންގެ ގުޅުން އަލުން ވަނީ ރުޖޫއަވެފަ އެވެ.
ކާޖޮލް މިހާރު ސެޕްޓެމްބަރު 14 ގައި ރިލީޒް ކުރާ "އީލާ" ގެ މަސައްކަތް ކުރަމުން އަންނަ އިރު، ޝާހްރުކް ދެން އެންމެ އަވަހަށް ފެންނާނީ ޑިސެމްބަރު 21 ގައި ރިލީޒް ކުރާ "ޒީރޯ" އިންނެވެ.
"ކުޗު ކުޗު ހޯތާ ހޭ" ލަވައެއްގެ އާ ވާޝަންއެއް ނެރެނީ
ޝާހުގެ ދަރިންނަށް ކަރަންގެ ތައުރީފު
"ކޮފީ ވިތު ކަރަން" އަށް ކާޖޮލް އާއި ރާނީ
އިބްރާހިމް ބޮލީވުޑަށް ނުކުންނަ ފިލްމުގައި ކާޖޮލް
ޝާހު އާއި ކާޖޮލް ހަތް އަހަރު ފަހުން އެކުގައި
"ޑުޕްލިކޭޓް" އަކީ އާލިއާ އަށް ދައްކަން ހެދި ފިލްމެއް
ވަރުންގެ ފުރަތަމަ ފެނިލުން ބޮޑީ ޑަބަލްއެއްގެ ގޮތުގައި
ކުޗް ކުޗް ހޯތާ ހޭ ނުކުޅުނީ ފާޑުކިޔާނެތީ: އައިޝްވާރިއާ
ބޮލީވުޑްގެ ޚަބަރުތައް ކުރުކޮށް
ސަލްމާން ކުޅުނު އަމަންގެ ރޯލް ލިބުނު: ޗަންދުރަޗޫރް