Roadha Mihaaru

ޝާހު އާއި ކާޖޮލް ހަތް އަހަރު ފަހުން އެކުގައި މަސައްކަތްކުރަނީ

ބޮލީވުޑްގެ އެންމެ މަގުބޫލު އޮން ސްކްރީން ޖޯޑު ކަމަށްޗާވާ، ޝާހްރުކް ޚާނާއި ކާޖޮލް ހަތް އަހަރު ފަހުން އެކުގައި މަސައްކަތް ކުރަން އުޅޭ ކަމަށް ރިޕޯޓްތައް ބުނެފި އެވެ.

ޝާހު އާއި ކާޖޮލް ހަތް އަހަރު ފަހުން އެކުގައި

ބޮލީވުޑްގެ އެންމެ މަގުބޫލު އޮން ސްކްރީން ޖޯޑު ކަމަށްޗާވާ، ޝާހްރުކް ޚާނާއި ކާޖޮލް ހަތް އަހަރު ފަހުން އެކުގައި މަސައްކަތް ކުރަން އުޅޭ ކަމަށް ރިޕޯޓްތައް ބުނެފި އެވެ.

ބޮލީވުޑް ލައިފުން ރިޕޯޓްކުރާ ގޮތުގައި ކާޖޮލް އާއި ޝާހު އެކުގައި ފެންނާނީ ކަރަން ޖޯހަރް ޑައިރެކްޓްކުރާ "ރޮކީ އޯރް ރާނީ ކީ ޕްރޭމް ކަހާނީ" އިންނެވެ. އެ ފިލްމުގެ ލީޑު ތަރިންނަކީ އާލިއާ ބަޓާއި ރަންވީރް ސިންގެވެ.

ޝާހު އާއި ކާޖޮލް އަކީ ބޮލީވުޑްގެ ފިލްމުތަކުގައި ވަރަށް "އައިކޯނިކް" ޖޯޑެކެވެ. މުމްބާއީގައި ކުރިއަށްދާ ޝޫޓިންތަކަށް ޝާހުގެ ބިޒީ ޝެޑިއުލުން އެންމެ ދުވަހެއް ނަމަވެސް ކަރަން ޖޯހަރަށް ދޭނެ ކަމަށްވެ އެވެ.

އެކަމަކު އެ ދެ ތަރިން ފެންނާނީ އެ ފިލްމުގެ ލަވައަކުން ކަމެއް ނޫނީ ވަކި ހާއްސަ މަންޒަރަކުން ކަމެއް އަދި ނޭނގެ އެވެ.

ޝާހުރުކް ހާނާއި ކާޖޮލް ކުޅުނު ބައެއް ފިލްމުތަކުގެ މަންޒަރުތަކެއް.

ޝާހުރުކް ހާނާއި ކާޖޮލް ކުޅުނު ބައެއް ފިލްމުތަކުގެ މަންޒަރުތަކެއް.

އެ ފިލްމަކީ އަންނަ އަހަރުގެ ފެބްރުއަރީ 10 ގައި ރިލީޒް ކުރާ ގޮތަށް އޮތް ފިލްމެކެވެ. މިހާރު ފިލްމުގެ ޝޫޓިންތައް ފަށައިގެން އުޅޭ އެ ފިލްމުގައި ދެން ފެންނަނީ ދަރްމެންދަރު އާއި ޖާޔާ ބައްޗަން އަދި ޝަބާނާ އަޒްމީ އެވެ.

ޝާހު އާއި ކާޖޮލް ވަނީ "ކަބީ ހުޝި ކަބި ގަމް" އާއި "ދިލްވާލޭ ދުލަނިޔާ ލޭ ޖާޔޭ" އާއި "ކުޗް ކުޗް ހޯތާ ހޭ" އާއި "ބާޒީގަރު" ގެ އިތުރުން "މައި ނޭމް އިޒް ހާން" ކަހަލަ ހިޓް ފިލްމުތަކުގައި މަސައްކަތްކޮށްފަ އެވެ. އެ ދެ ތަރިން އެންމެ ފަހުން އެކުގައި ފެނުނީ 2015 ގައި ނެރުނު "ދިލްވާލޭ" އިންނެވެ.