26 ޖޫން 2016
އިސްލާމްއާބާދު (ޖޫން 26) - ޕާކިސްތާނުގައި މޮޑެލްކުރާ އަންހެން ކުއްޖަކާ އެކު ސެލްފީއެއް ނެގި އެ ގައުމުގެ މަޝްހޫރު ދީނީ އިލްމުވެރިއަކު ސަސްޕެންޑް ކޮށްފި އެވެ.
އިސްލާމްއާބާދު (ޖޫން 26) - ޕާކިސްތާނުގައި މޮޑެލްކުރާ އަންހެން ކުއްޖަކާ އެކު ސެލްފީއެއް ނެގި އެ ގައުމުގެ މަޝްހޫރު ދީނީ އިލްމުވެރިއަކު ސަސްޕެންޑް ކޮށްފި އެވެ.
ޕާކިސްތާނުގެ ރިލިޖަސް އެފެއާޒް މިނިސްޓްރީން ބުނީ މުފްތީ އަބްދުލް ގާވީ ކުރި ކަންތަން ރަނގަޅު ނޫން ކަމަށާއި އެހެންވެ އެ ގައުމުގެ ހަނދު ބަލާ ކޮމިޓީން އޭނާ ސަސްޕެންޑް ކޮށްފައިވާ ކަމަށެވެ. ކުރީގެ ކްރިކެޓް ކުޅުންތެރިޔާ އިމްރާން ޚާންގެ ތަހުރީކް އިންސާފް ޕާޓީން ވެސް އޭނާ ވަނީ ސަސްޕެންޑް ކޮށްފަ އެވެ.
ރިލިޖަސް މިނިސްޓްރީގެ ތަރުޖަމާން ވިދާޅުވީ މުފްތީ ގާވީއާ މެދު ގޮތެއް ނިންމާނީ ނޭޝަނަލް ރިލިޖަސް ސްކޯލާސް ކައުންސިލް (ދީނީ އިލްމުވެރިންގެ ކައުންސިލް) އިން ކަމަށެވެ.
މުފްތީ ގާވީ ފޮޓޯ ނެގީ މުސްލިމުންގެ އާބާދީ ބޮޑު ޕާކިސްތާނުގެ މޮޑެލެއް ކަމަށްވާ ގަންދީލް ބަލޮޗްއާ އެކު އެވެ. މޮޑެލް އިނީ ގާވީގެ ތާކިހާ ވެސް އަޅައިގެންނެވެ. މި ފޮޓޯތަކާއި ވީޑިއޯ އާއްމުވުމުން ގިނަ ބައެއްގެ ފާޑުކިޔުން ވަނީ އަމާޒުވެފަ އެވެ. މުފްތީ ފޮޓޯ ނެގި ބަލޮޗް ނިވާކަން ކުޑަ ގޮތްގޮތަށް ފޮޓޯ ނަގާތީ އޭނާ މަޝްހޫރުވެފައި ވަނީ ޕާކިސްތާނުގެ ކިމް ކާޑޭޝިއަންގެ ގޮތުގަ އެވެ.
ބަލޮޗުގެ ފޭސްބުކަށް އަޕްކޮށްފައިވާ ވީޑިއޯގައި މުފްތީ ވަނީ ދީނީ ކަންކަމުގައި ބަލޮޗަށް އިރުޝާދު ދޭނެ ކަމަށް ބުނެފަ އެވެ. އެކަމަކު ބަލޮޗު ބުނީ ޓީވީ ޝޯއަކަށް ފަހު މުފްތީ ވަނީ އޭނާގެ ފޯނު ނަމްބަރު ހޯދާފައި ކަމަށެވެ. އަދި އޭގެ ފަހުން އޭނާއާ "ގުޅުން" ބާއްވަން މުފްތީ މަސައްކަތް ކޮށްފައިވާ ކަމަށެވެ.
ޕާކިސްތާނުގެ ދީނީ ހަމަނުޖެހުންތަކުގައި 82 މަރު
182 ދީނީ ސްކޫލް ކޮންޓްރޯލް ކޮށްފިން: ޕާކިސްތާން
އިސްލާމް ދީނަށް ފުރައްސާރަކުރި ކްރިސްޓިއަނަކު ހޯދަނީ
ޕާކިސްތާނުގެ އާ ސަފީރުގެ ފަތްކޮޅު ރައީސަށް އަރުވައިފި
އަލަށް ހައްޖުވާ މީހުންނަށް އިސްކަންދޭ ގޮތް ހަދަނީ
ނަފުސާނީ ހުސްކަމެއް ލިބުމަށް އިސްލާމްދީން ޖާގައެއް ނުދޭ
އެއް އާއިލާގެ 40 މީހުން އުމްރާއަށް
މުސްލިމުންނަށް އާ އަހަރު ފާހަގަކުރެވިދާނެ؟
ޕާކިސްތާނުގެ ހަމަލާތަކެއްގައި އަފްޣާނިސްތާނުން 46 މަރު
ޒަކާތު ފަންޑަށް 98 މިލިއަން ރުފިޔާ، މިއީ ރިކޯޑެއް