28 ޖުލައި 2017
ޔޫރަޕްގެ ތިން ގައުމެއްގެ އެއް ވަނަ ޑިވިޝަނުގައި ކުޅެފައިވާ ބޮސްނިއާގެ ޑިފެންޑަރެއް ކަމަށްވާ ބޮޖާން މިހައިލޮވިޗް އެސްޓީއޯ މާލޭ ލީގުގެ ޗެމްޕިއަން މާޒިޔާ އަށް ގެނެސްފި އެވެ.
ޔޫރަޕްގެ ތިން ގައުމެއްގެ އެއް ވަނަ ޑިވިޝަނުގައި ކުޅެފައިވާ ބޮސްނިއާގެ ޑިފެންޑަރެއް ކަމަށްވާ ބޮޖާން މިހައިލޮވިޗް އެސްޓީއޯ މާލޭ ލީގުގެ ޗެމްޕިއަން މާޒިޔާ އަށް ގެނެސްފި އެވެ.
ބޮސްނިއާގެ ދެ ވަަނަ ޑިވިޝަން ކްލަބްތަކުން ކެރިއަރު ފެށުމަށް ފަހު އުމުރުން 28 އަހަރުގެ ބޮޖާން ވަނީ އޭގެ ފަހުން ބެލަރޫސްގެ އިސްލޮޗް މިންސްކީ، ހަންގޭރީގެ އުޔްޕެސްޓް އެފްސީ އަދި އާރްމީނިއާގެ ބަނަންޓް ޔެރެވެސް އަށެވެ. އޭނާ ވަނީ ބަނަންޓްއާ އެކު އާރްމީނިއާގެ ކަޕް ކާމިޔާބުކޮށްފަ އެވެ.
ބޮޖާން ވަނީ މިއަދު މާޒިޔާގެ ފަރިތަކުރުންތަކުގައި ބައިވެރިވެފަ އެވެ.
މެސެޑޯނިއާގެ ކޯޗު މަރްޔާން ސެކުލޮސްކީގެ ކޯޗުކަމުގައި މި ސީޒަން ވަރުގަދަކޮށް މާޒިޔާއިން ފެށީ ބިދޭސީ ހަތަރު ކުޅުންތެރިންނާ އެކު އެވެ. އޭގެ ތެރެއިން ތިން ކުޅުންތެރިއަކު މިހާރު ވަނީ ފޮނުވާލައިފަ އެވެ. އަދި ބަދަލުގައި ދެ ކުޅުންތެރިއަކު ގެނަ އެވެ.
މާޒިޔާ އިން ފޮނުވާލީ ރުމޭނިއާގެ ޑިފެންޑަރު އަންދްރެއި ކޯޑޯސް، ސާބިއާގެ ވިންގް އަލެކްސަންޑަ ރަކިޗް އަދި ކިރްގިސްތާންގެ ކީޕަރު ޕަވެލް މަޓިއަޝް އެވެ. ބޮޖާންގެ އިތުރުން މި ވަގުތު މާޒިޔާގައި ތިނި ބިދޭސީ ތިން ކުޅުންތެރިންނަކީ ސާބިއާގެ ފުލްބެކް މިލޮސް ކޮވަސެވިޗާއި މި ފަހަރުގެ ޓްރާންސްފާ މާކެޓްގައި ވިކްޓަރީ ދޫކޮށް މާޒިޔާ އަށް ބަދަލުވި ސީރިއާގެ ގޯލްކީޕަރު މަހްމޫދު އަލް ޔޫސުފް އަދި ކްރޮއޭޝިއާގެ ފޯވާޑް ކެރިޗް އަންދްރޭ އެވެ.
ދިވެހި ޕްރިމިއާ ލީގުގެ ތަށި ދިފާއުކުރުމުގެ އަމާޒުގައި ނުކުންނަ މާޒިޔާ އިން ވަނީ ވިކްޓަރީގެ މެދުތެރޭގައި މާލޭ ލީގުގެ ފަހު ބުރުގައި މޮޅު ކުޅުމެއް ދެއްކި އިސްމާއިލް އީސަ (މެސީ) އާއި މުހައްމަދު އާރިފް (ބަކާ) ވެސް ގެނެސްފަ އެވެ.
މާޒިޔާއިން ދޫކޮށްލި ދިވެހި ކުޅުންތެރިއަކީ އަލީ ހައިޝަމް (ޗުމްޕު) އެވެ. އޭނާ ޕްރިމިއާ ލީގުގައި ކުޅޭނީ ތިނަދޫ ޓީމަށެވެ.
މާޒިޔާ ފަސްވަނަ ފަހަރަށް ޕްރިމިއާ ލީގު ކާމިޔާބު ކޮށްފި
މާޒިޔާ އަށް ސްޕެއިނުގެ ފިޓްނަސް ކޯޗެއް
އޮޕަރޭޝަނަށް ފަހު ފަސް ކުޅުންތެރިއަކު އަލުން ދަނޑަށް
އެންމެ ފުރަތަމަ ޕްރެކްޓިސް ފަށަނީ މާޒިޔާ އިން
ފެހެންދޫ ބަލިކޮށް މާޒިޔާ ދެ ވަނަ އަށް
"އުފާކުރެވެން ނެތް، ފުޓްބޯޅައިގެ ހާލަތު މާ ދެރަ"
ނިއު އާއި މާޒިޔާ މެޗުގެ މައްސަލަތަކެއް ބަލަން ފަށައިފި
މާޒިޔާ ބަލިކޮށް ނިއު އައްޑަަނަ އުފުލާލައިފި
ނިއު އާއި މާޒިޔާ މެޗު: ދެ ކޯޗުންނަށް ޗެލެންޖެއް!
ފޯމު ރަނގަޅުކޮށްގެން އެންޑީ އަދި އެނބުރި އަންނާނެ