30 ނޮވެމްބަރ 2017
އުރީދޫ ދިވެހި ޕްރިމިއާ ލީގުގެ ފަހު މެޗުގައި މިދިޔަ އާދިއްތަ ދުވަހުގެރޭ މާޒިޔާ އަތުން 2-0 އިން ނިއު ރޭޑިއަންޓް މޮޅުވި މެޗުގައި ހިނގާދިޔަ ކަންތައްތަކެއްގެ މައްސަލަތަކެއް އެފްއޭއެމްގެ ޑިސިޕްލިނަރީ ކޮމިޓީން ބަލަން ފަށައިފި އެވެ.
އުރީދޫ ދިވެހި ޕްރިމިއާ ލީގުގެ ފަހު މެޗުގައި މިދިޔަ އާދިއްތަ ދުވަހުގެރޭ މާޒިޔާ އަތުން 2-0 އިން ނިއު ރޭޑިއަންޓް މޮޅުވި މެޗުގައި ހިނގާދިޔަ ކަންތައްތަކެއްގެ މައްސަލަތަކެއް އެފްއޭއެމްގެ ޑިސިޕްލިނަރީ ކޮމިޓީން ބަލަން ފަށައިފި އެވެ.
ނިއު އާއި މާޒިޔާ ކުޅުނު މެޗުގެ ފަހު ފަސް މިނިޓާއި އިތުރު ވަގުތުގެ ތެރޭގައި ދެ ޓީމުގެ ފައުލުތައް ގިނަވެ ކޮންމެވެސް ވަރެއްގެ ހަމަނުޖެހުންތަކެއް ހިނގައި ގިނަ ކުޅުންތެރިންތަކަކަށް ވަނީ ކާޑު ދައްކައިފަ އެވެ. އެ ވަގުތު ކާޑު ދެއްކި ކުޅުންތެރިންގެ ތެރޭގައި މާޒިޔާގެ ޔަސްފާދު ހަބީބު (މުލަކޭ) އާއި އިސްމާއިލް އީސާ (މެސީ) އަދި މުހައްމަދު އިރުފާން (އިރޭ) އާއި ނިއު ރޭޑިއަންޓުގެ އަލީ ފާސިރު (ސެންޓޭ) ހިމެނެ އެވެ.
މުލަކޭ އާއި އީސަ އަށް ކާޑު ދެއްކި މެޗުގެ ރެފްރީ މުހައްމަދު ޖާވިޒް ގައިގައި ނިއުގެ އިބްރާހިމް ފަޒީލް (އޮއްޕޮ) އަތްލުމުން އޭނާ އަށް ކާޑު ދައްކަން ޖެހޭނެ ކަމަށް ބުނެ އެޕީލް ކުރުމުންނެވެ. އިރޭ އަށް ކާޑު ދެއްކީ ސެންޓޭ އަށް ފައުލު ކުރުމުންނެވެ. އަދި ސެންޓޭ އަށް ކާޑު ދެއްކީ މުލަކޭ އަށް ކުރި ފައުލަކާ ގުޅިގެންނެވެ.
އެފްއޭއެމްގެ ޖެނެރަލް ސެކްރެޓަރީ ހުސެއިން ޖަވާޒް (ޖަވާ) "މިހާރަ"ށް ވިދާޅުވީ ނިއު އާއި މާޒިޔާ ބައްދަލުކުރި މެޗުގައި ހިނގާދިޔަ ކަންތައްތަކެއްގެ މައްސަލަ ބަލަން ފަށާފައިވާ ކަމަށެވެ.
"ޑިސިޕްލިނަރީ ކޮމިޓީން ވަނީ މައްސަލަ ބަލަން ފަށާފައި. އެކަން ކްލަބަށް ވެސް ވާނީ އަންގާފައި،" އޭނާ ވިދާޅުވި އެވެ.
ނިއު އިން ބުނީ އެ ޓީމާއި މާޒިޔާ ބައްދަލުކުރި މެޗުގައި ހިނގާދިޔަ ކުޅިވަރުގެ ރޫހާ ހިލާފު މައްސަލަތަކެއް އެފްއޭއެމުން ބަލަން ފަށާފައިވާކަން އެ ކްލަބަށް އަންގާފައިވާ ކަމަށެވެ.
މި އަހަރުގެ މިހާތަނަށް ވަނީ ގިނަ ކުޅުންތެރިންތަކަކާއި ޓީމުތަކަށް އަދަބު ދީފަ އެވެ. އޭގެ ތެރޭގައި މާލޭ ލީގުގައި ނިއު އާއި އީގަލްސް ކުޅުނު މެޗަށް ފަހު ހިނގާދިޔަ ހަމަނުޖެހުންތަކުގައި ބައިވެރިވި ކުޅުންތެރިންނަށް ވަނީ ބޮޑު ސަސްޕެންޝަންތަކެއް އައިސްފަ އެވެ.
އޭގެ ފަހުން ޕްރިމިއާ ލީގުގައި މާޒިޔާ އާއި ގްރީން ސްޓްރީޓްސް ބައްދަލުކުރި މެޗާއި ށ. މިލަންދޫ އާއި ދ. ކުޑަހުވަދޫ ކުޅުނު މެޗު ފުރިހަމަ ނުކޮށް ގްރީން ސްޓްރީޓްސް އާއި ކުޑަހުވަދޫ އިން ދަނޑުން ފޭބުމުން އެ ޓީމުތަކަށް ވަނީ އިންޒާރުދީފަ އެވެ.
މާޒިޔާ ބަލިކޮށް ނިއު އައްޑަަނަ އުފުލާލައިފި
ނިއު އާއި މާޒިޔާ މެޗު: ދެ ކޯޗުންނަށް ޗެލެންޖެއް!
ވަރުގަދަ ކުރިމަތިލުމެއް، މާޒިޔާ އިން ނިއު ބަލިކޮށްފި
މިއީ ދެ ޓީމަށް ވެސް ވަރުގަދަ ޓެސްޓެއް: ނިއުގެ ކޯޗު
"ދަގަނޑޭ ހުއްޓުވާނީ ޓީމެއްގެ ގޮތުގައި ކުޅުވައިގެން"
ޓީސީ ބަލިކޮށް ނިއު އަށް ވަރުގަދަ ފެށުމެއް
"ނިއު ތަފާތު ދައްކައިފި، ކާމިޔާބު އޮތީ ކުރިއަށް"
ފޯމު ރަނގަޅުކޮށްގެން އެންޑީ އަދި އެނބުރި އަންނާނެ
ސަރަހައްދީ ބާރަކަށް ނިއު ހަދަން ބޭނުން: އޮސްކާ
ގްރީން ބަލިކޮށް މާޒިޔާއާ އެކު އިންމަ އަށް މޮޅެއް