20 ނޮވެމްބަރ 2017
ސަރަހައްދީ ފެންވަރުގެ ވަރުގަދަ ބާރަކަށް ނިއު ރޭޑިއަންޓް ހަދަން ބޭނުންވާ ކަމަށް އެ ޓީމަށް ދިވެހި ޕްރިމިއާ ލީގު އިއްޔެ ކާމިޔާބުކޮށްދިން ކޯޗު ސްޕެއިނުގެ އޮސްކާ ބްރުޒޮން ބުނެފި އެވެ.
ސަރަހައްދީ ފެންވަރުގެ ވަރުގަދަ ބާރަކަށް ނިއު ރޭޑިއަންޓް ހަދަން ބޭނުންވާ ކަމަށް އެ ޓީމަށް ދިވެހި ޕްރިމިއާ ލީގު އިއްޔެ ކާމިޔާބުކޮށްދިން ކޯޗު ސްޕެއިނުގެ އޮސްކާ ބްރުޒޮން ބުނެފި އެވެ.
ޓީސީ ސްޕޯޓްސް ކްލަބްގެ މައްޗަށް އިއްޔެ ހަވީރު 3-2 އިން ކުރިހޯދައި ނިއު ވަނީ ބާކީ އެއް މެޗު އޮއްވައި ލީގު ޔަގީންކޮށްފަ އެވެ. އެއާ އެކު ނިއު އިން ވަނީ ހަ ވަނަ ފަހަރަށް ލީގު ކާމިޔާބުކޮށް އެންމެ ގިނައިން ލީގު ހޯދި ޓީމުގެ ރެކޯޑް ގާއިމްކޮށްފަ އެވެ.
ޖެހިޖެހިގެން ހޯދި 11 މޮޅާ އެކު ލީގު ޗެމްޕިއަންކަން ހޯދައި ނިއު އިން ވަނީ އަންނަ އަހަރުގެ އޭއެފްސީ ކަޕުން ވެސް ފުރުސަތު ހޯދައިފަ އެވެ. އިއްޔެގެ މެޗަށް ފަހު ނިއުގެ ކޯޗު އޮސްކާ ބުނީ މިއީ އާ ނިއުއެއްގެ ފެށުން ކަމަށެވެ.
"މިއީ އާ ނިއު ރޭޑިއަންޓުގެ ފެށުން. އަހަރެމެންނަށް އެބައޮތް ރަނގަޅު ލެގަސީއެއް ދެން އޮތް ޖީލަށް ދޭން ޖެހޭ. އަހަރެމެން ބޭނުންވަނީ ރާއްޖޭގެ އެންމެ މޮޅު ޓީމުގެ ގޮތުގައި އޮވެ ބައިނަލްއަގްވާމީ ފެންވަރުގައި ވެސް އެއްވެސް ޓީމެއް ދެކެ ޖެހިލުންނުވެ ކުރިއަށްދާން،" ކުރިން އިންޑިއާގެ މުމްބާއީ ސިޓީ އަށް ކޯޗުކޮށްދިން އޮސްކާ ބުންޏެވެ.
އޮސްކާ ނިއުއާ ހަވާލުވީ އެސްޓީއޯ މާލޭ ލީގުގެ ދެ ވަނަ ބުރުގަ އެވެ. ހަވާލުވުމަށް ފަހު އޮސްކާ ބުނީ އޭނާ ބޭނުންވާ ތަފާތު ދައްކަން ހަ ހަފްތާ ބޭނުންވާ ކަމަށެވެ. ސީޒަންގެ ހުރިހާ ތަށްޓަކަށް އަމާޒުކޮށްގެން ނުކުތް ނިއު އަށް މާލޭ ލީގު ގެއްލުނު ނަމަވެސް އޮސްކާ އޭރު ވެސް ހުރީ ޕްރިމިއާ ލީގު ހޯދޭނެ ކަމުގެ ޔަގީންކަމާ އެކު އެވެ.
އިއްޔެގެ މެޗުގެ މޮޅު ކުޅުންތެރިއާގެ މަގާމު ހޯދި ސެންޓޭ (މ) އާއި ނިއުގެ ޗެއާމަން ޒިޔާދު--. ފޮޓޯ: ނިޝާން އަލީ/ މިހާރު
"އަހަރެމެންނަށް މި ކުރެވެނީ ރަނގަޅު މަސައްކަތެއްކަން އެނގޭ. އެއީ ލީގު ޔަގީންވެއްޖެ. ފުރަތަމަ ހާފުގައި އަހަރެމެން ކުޅުނީ ވަރަށް މޮޅު ކުޅުމެއް. މެޗުގެ ކޮންޓްރޯލް ކުރީވެސް އަހަރެމެން. އަހަރެމެން ވަރަށް ވާދަވެރި ޓީމަކާ ދެކޮޅަށް ކުޅުނު ނަމަވެސް ބޮޑުބައިގައި އެކަމެއް ނުފެނުނު ފަހުން އެ ޓީމު ދެ ގޯލު ޖެހުމުން. އަހަރެމެން ހާސްވެގެންދިޔަސް. ފެނުނު އެހާލަތަށް ވެސް ކުޅުންތެރިން ތައްޔާރުކަން،" އިއްޔެގެ މެޗާ ބެހޭގޮތުން އޮސްކާ ބުންޏެވެ.
ޕްރިމިއާ ލީގުގެ ޗެމްޕިއަންކަން 2015 ވަނަ އަހަރު ހޯދި ނިއު އަށް މިދިޔަ އަހަރު އެކި މައްސަލަތައް ދިމާވި އެވެ. އެ ޓީމު ލީގު ނިންމާލީ ފަސް ވަނައިގަ އޮވެ އެވެ. އެފްއޭ ކަޕުގެ ތިން ވަނަ ދިޔައިރު، ޕްރެޒިޑެންޓްސް ކަޕުގެ ސެމީން ވެސް ޖާގަ ނުލިބުނެވެ.
އޮސްކާ ބުނީ ނިއުގެ ކާމިޔާބީގެ ޝުކުރުވެރި ފަރާތަކީ ޗެއާމަން މުހައްމަދު ޒިޔާދު ކަމަށެވެ.
"މިގަޑީގައި އަހަންނަށް ވަރަށް ފަސޭހަ ވެދާނެ ވާހަކަ ދައްކަން. އެކަމަކު މިއީ ޗެއާމަންގެ މަސައްކަތް. އެއީ އުނދަގޫ ހާލަތެއްގައި އޮތް ކްލަބެއް ކުރިއަށްގެންދިއުމުގެ ވިސްނުން ގެނައީތީ. އަހަންނަށް އެނގޭ މިދިޔަ އަހަރު ނިއު އޮތް ހާލަތު. އަދި އެނގޭ އެ ހާލަތުގައި ނިއުގެ ޗެއާމަނަކަށް އަންނައިރު ހުންނާނެ އުނދަގޫތައް. އެކަމަކު އެ ހުރިހާ ކަންތައްތަކާ އޭނާ އެންމެ ފުރަތަމަ ވަގުތުން ފެށިގެން ވެސް ކުރިމަތިލީ ވަރަށް ޕްރޮފެޝަނަލްކޮށް. މާލޭ ލީގުގައި މައްސަލަތަކެއް ދިމާވިޔަސް މި ކުޅުންތެރިންނާ އެކު ކުރިއަށް ދެވޭނެކަން އެނގޭ، އެ ހިތްވަރު ފެނުނު،" އޭނާ ބުންޏެވެ.
އޮސްކާ ބުނީ ލީގު ލިބުނަސް އެ ޓީމުގެ އަމާޒަކީ ކުރިއަށް ހުރި މުބާރާތްތައް ވެސް ކާމިޔާބުކުރުން ކަމަށެވެ.
"މިއަދު އުފާކުރަންވީ. އެކަމަކު އަހަރެމެން ދެން މި ޗެލެންޖް ކުރަނީ ފެޑެރޭޝަން ކަޕް (އެފްއޭ ކަޕް) އާއި އޭއެފްސީ ކަޕަށް. މާ ބާރަށް އަޑު ހަރުކޮށް ވާހަކަ ދައްކަން ބޭނުމެއް ނެތް. އަހަރެން ބޭނުމީ އަންނަ އަހަރަށް އޭއެފްސީ ކަޕަށް ވަރުގަދަ ޓީމެއް ހަދަން،" އޮސްކާ ބުންޏެވެ.
ނިއުއާ ލީގުގެ އައްޑަނަ ހަވާލުކުރާނީ އަންނަ އާދިއްތަ ދުވަހުގެރޭ ނިއު އާއި މާޒިޔާ ކުޅޭ މެޗަށް ފަހުގަ އެވެ.
ނިއު އާއި މާޒިޔާ މެޗުގެ މައްސަލަތަކެއް ބަލަން ފަށައިފި
"ނިއު ތަފާތު ދައްކައިފި، ކާމިޔާބު އޮތީ ކުރިއަށް"
މާޒިޔާ ބަލިކޮށް ނިއު އައްޑަަނަ އުފުލާލައިފި
ނިއު އާއި މާޒިޔާ މެޗު: ދެ ކޯޗުންނަށް ޗެލެންޖެއް!
ލީގު ކާމިޔާބުކޮށް ނިއު ރޭޑިއަންޓް ތާރީހުގެ ތެރެއަށް
ނިއު އަށް ޕޮއިންޓަކުން ފުދޭ، ޓީސީ ބޭނުންވަނީ މޮޅެއް
"ނިއުއާ އެކު އޭއެފްސީ ކަޕުގައި ވާދަކުރަން ބޭނުން"
ނިއު ފަސް ބެލުމެއް ނެތި ލީގު ޗެމްޕިއަންކަމާ ގާތަށް
ތިނަދޫ ބަލިކޮށް ނިއު އަށް ފަސް ޕޮއިންޓުގެ ލީޑެއް
"ނިއު އާއި މާޒިޔާ އަތުން ލިބޭ ޕޮއިންޓަކީ ބޯނަހެއް"