04 އޮކްޓޯބަރ 2018
މާޒިޔާ އަށް މި ވަގުތު މާލީ މައްސަލަތަކެއް ނެތުމުން އެކަމާ އުފާކުރެވެން ނެތް ކަމަށާއި އެއީ އެހެން ޓީމުތައް އޮތް ހާލަތުގެ ސަބަބުން ދިވެހި ފުޓްބޯޅަ އޮތީ މާ ދެރަކޮށް ކަމަށްވާތީ ކަމަށް މާޒިޔާގެ ކޯޗު އިސްމާއިލް މަހަފޫޒް (އިންމަ) ބުނެފި އެވެ.
މާޒިޔާ އަށް މި ވަގުތު މާލީ މައްސަލަތަކެއް ނެތުމުން އެކަމާ އުފާކުރެވެން ނެތް ކަމަށާއި އެއީ އެހެން ޓީމުތައް އޮތް ހާލަތުގެ ސަބަބުން ދިވެހި ފުޓްބޯޅަ އޮތީ މާ ދެރަކޮށް ކަމަށްވާތީ ކަމަށް މާޒިޔާގެ ކޯޗު އިސްމާއިލް މަހަފޫޒް (އިންމަ) ބުނެފި އެވެ.
ލީގުގައި މިހާރު ވާދަކުރަމުން އަންނަ 10 ޓީމުގެ ތެރެއިން ގަވާއިދުން މުސާރަ ދެމުން އަންނަ ހަމައެކަނި ކްލަބަކީ މާޒިޔާ އެވެ. އެހެން ޓީމުތައް ކުޅުންތެރިންގެ މުސާރަ ހަމަޖެއްސުމުގައި އުނދަގޫތަކެއް އަންނަނީ ކުރިމަތި ވަމުންނެވެ.
ދިރާގު ދިވެހި ޕްރިމިއާ ލީގުގައި އިއްޔެ ހަވީރު ގްރީން ސްޓްރީޓްސް އަތުން 4-1 އިން މާޒިޔާ މޮޅުވި މެޗަށް ފަހު އިންމަ ބުނީ އެ ޓީމަށް މިހާރު ހަމަޖެހިލައިގެން އޮވެވެނީ މި ފަދަ އުނދަގޫ ހާލަތްތައް އަންނާނެތީ ދުރާލާ ތައްޔާރުވެގެން ތިބުމުން ކަމަށެވެ.
"ފައިނޭންޝިއަލް މައްސަލަ މާޒިޔާ އަށް ވެސް ދިމާވި. އަޅުގަނޑުމެންނަށް މި ދުވަސް އަންނަކަން ވަރަށް ރަނގަޅަށް އެބަ އެނގޭ. އަޅުގަނޑުމެންގެ މެނޭޖްމަންޓުން ދުރާލާ މި ކަމަށް ޓެކުލްކޮށްގެން މި ވަރަށް މި ހިފެހެއްޓެނީ. އިރާދަކުރެއްވީތީ މި ސީޒަން ނިމެންދެން އަޅުގަނޑުމެންގެ އެއްވެސް ޕްލޭޔަރަކަށް މުސާރަނުދީ ނުހުންނާނެ." އިންމަ ބުންޏެވެ.
ލީގުގައި ރޭ ކުޅެން ހަަމަޖެހިފައި އޮތް ވިކްޓަރީ އާއި ޓީސީ ސްޕޯޓްސް ކްލަބްގެ މެޗު ނުކުޅޭނެ އެވެ. އެއީ މުސާރަ އާއި އެކިއެކި ސަބަބުތަކާ ހުރެ ވިކްޓަރީގެ މިރޭގެ މެޗަށް ހާޒިރުނުވާނެތީ އެވެ. އެގޮތަށް ނިންމީ ވިކްޓަރީ ހިންގަން ތިބި އެކްޓިވް ބޯޑު މެމްބަރުންނެވެ. ވިކްޓަރީ ފަދަ ބޮޑު ކްލަބެއް އެ ފަދަ ހާލަތަކަށް ވެއްޓުނުއިރު، އެހެން ޓީމުތަކުން ވެސް އުޅެނީ އުނދަގޫ ހާލަތެއްގަ އެވެ. އެކަމާ ފުޓްބޯޅައިގެ ގިނަ ބަޔަކު އަންނަނީ ކަންބޮޑުވުން ފާޅުކުރަމުންނެވެ.
"ބަޔަކަށް ދެރައެއް ލިބުނީމަ އެކަމުގެ އުފަލެއް އަޅުގަނޑުމެން ފާހަގައެއްނުކުރަން. އެހެން ޓީމުތަކަށް ފައިނޭންޝިއަލް މައްސަލަތައް ދިމާވީމަ އެއީ މާޒިޔާ އަށް އޮތް އެޑްވާންޓޭޖަކަށް ވުރެ ބޮޑަށް ފުޓްބޯޅަ އަށް ލިބޭ ވަރަށް ބޮޑު ގެއްލުމެއް. އެކަމާ އަޅުގަނޑުމެން ވަރަށް ހިތާމަކުރަން،" ކުރިން ގައުމީ ޓީމުގެ އެސިސްޓަންޓް ކޯޗެއްގެ ގޮތުގައި މަސައްކަތްކުރި އިންމަ ބުންޏެވެ.
މާޒިޔާގައި ކަންތައްތައް ހަމަޖެހިފައި ހުރުމަކީ އެ ކްލަބަށް އޮތް އެޑްވާންޓޭޖެއް ކަމަށް ގަބޫލުނުކުރެވޭ ސަބަބުތަކެއް ވެސް އެބަހުރި ކަަމަށް އިންމަ ވަނީ ބުނެފަ އެވެ.
"ބައެއް ޓީމުތައް ޕްރެކްޓިސް ނުކޮށް މެޗަށް އަންނައިރުގައި ޕްރެކްޓިސް ކުރާ ޓީމަށް ވެސް އޮވޭ ޑިސްއެޑްވާންޓޭޖެއް ބައެއް ފަހަރު. އެއް ސަބަބަކީ އެ ކުޅުންތެރިއަކަށް ނޯންނާނެ އެއްވެސް ޕްރެޝަރެއް. އެ ކުޅުންތެރިން ދަނޑުމަތީގައި ކުޅޭނީ. މޮޅުވާން ކުޅޭނީ ދަށްވިޔަސް މައްސަލައެއް ނެތް. އެހެންވީމަ އޭގެ މާނަ އަކީ މޮޅަށް ކުޅެވެސް ފާނެ. އަޅުގަނޑުމެންނަށް މުޅިން އެޑްވާންޓޭޖް ނެތަސް ވިސްނައިފި ކަމަށް ވެއްޖިއްޔާ އަޅުގަނޑުމެންނަށް އެޑްވާންޓޭޖް ނެގޭނެ،" އިންމަ ބުންޏެވެ.
ލީގުގައި ދެން މާޒިޔާ ކުޅޭ މެޗުގައި އަންނަ އާދިއްތަ ދުވަހު ހަވީރު ބައްދަލުކުރާނީ ތ. ތިމަރަފުއްޓާ އެވެ. ސްޓޭޓް އޯންޑް އެންޓަޕްރައިޒަސް (އެސްއޯއީ) އެއްބަސްވުމުގެ ދަށުން ތިމަރަފުއްޓަށް ފައިސާ ދޭން ހަމަޖައްސާފައި އޮތް ކުންފުންޏަކީ މިފްކޯ އެވެ. އެ ކުންފުނިން ލިބެން ޖެހޭ ފައިސާ ހަމަނުޖެހި އޮތުމުން ތިމަރަފުށި އޮތީ ގޯސް ފައްތަރެއްގަ އެވެ. މެޗު ކުޅެން ޓީމު ހަމަވަނީ ކިރިޔާ އެވެ.
މާޒިޔާގައި އިންމަ އަށް އަމާޒަށް ވާސިލެއްނުވެވުނު
ފެހެންދޫ ބަލިކޮށް މާޒިޔާ ދެ ވަނަ އަށް
މާޒިޔާގެ ކުޅުން ދަށްވުމުން އިންމަ މާޔޫސްވެފައި
މާޒިޔާ ފަސްވަނަ ފަހަރަށް ޕްރިމިއާ ލީގު ކާމިޔާބު ކޮށްފި
މާޒިޔާ އަށް ސްޕެއިނުގެ ފިޓްނަސް ކޯޗެއް
މާޒިޔާ ފައިދާ ނަގަން، ދަ ގްރާންޑޭ ދުލެއް ނުދޭނެ
މާޒިޔާގެ ޗެލެންޖް ވިޑަކޮވިޗަށް ފެންނަނީ ޝައުގުވެރިކޮށް
އޮޕަރޭޝަނަށް ފަހު ފަސް ކުޅުންތެރިއަކު އަލުން ދަނޑަށް
އެންމެ ފުރަތަމަ ޕްރެކްޓިސް ފަށަނީ މާޒިޔާ އިން
ކުރިއަރާނީ ހުރި ޕްރެޝަރުތަކަށް ހޭނިގެން: ސެކުލޮސްކީ