Roadha Mihaaru
މާޒިޔާގައި އިންމަ އަށް އަމާޒަށް ވާސިލެއްނުވެވުނު

މާޒިޔާގައި އިންމަ އަށް އަމާޒަށް ވާސިލެއްނުވެވުނު

09 ޑިސެމްބަރ 2018

މާޒިޔާ ފުރަތަމަ ޑިވިޝަނަށް އައުމާ އެކު އެ ޓީމާ ހަވާލުވި އިސްމާއިލް މަހަފޫޒް (އިންމަ) އަށް އެ ޓީމާ އެކު ފުރަތަމަ ހޭދަކުރި ހަޔެއްކަ އަހަރު ހޯދައިދެވުނީ އެންމެ ތަށްޓެކެވެ. އެކަމަކު އޭރު އެއީ މާބޮޑު މައްސަލަ އަކަށް ނުވެދާނެ އެވެ. ސަބަބަކީ މާޒިޔާ އަކީ ބިނާކުރަމުން އައި ޓީމަކަށް ވާތީ އެވެ. އެކަމަކު ދެ ވަނަ ފަހަރަށް މިދިޔަ އަހަރު އިންމަ މާޒިޔާ އަށް ގެނައީ ސީދާ ތަށްޓަށް އަމާޒުކޮށްގެންނެވެ. އެ ޓީމުގައި ވަރުގަދަ ސްކޮޑެއް ވެސް އޮތެވެ. އެކަމަކު ސީޒަން ނިންމާލަން ޖެހުނީ ހުސް އަތާ އެވެ.

އައްޒާމް އަލިފުޅު އައްޒާމް އަލިފުޅު

މާޒިޔާ ފުރަތަމަ ޑިވިޝަނަށް އައުމާ އެކު އެ ޓީމާ ހަވާލުވި އިސްމާއިލް މަހަފޫޒް (އިންމަ) އަށް އެ ޓީމާ އެކު ފުރަތަމަ ހޭދަކުރި ހަޔެއްކަ އަހަރު ހޯދައިދެވުނީ އެންމެ ތަށްޓެކެވެ. އެކަމަކު އޭރު އެއީ މާބޮޑު މައްސަލަ އަކަށް ނުވެދާނެ އެވެ. ސަބަބަކީ މާޒިޔާ އަކީ ބިނާކުރަމުން އައި ޓީމަކަށް ވާތީ އެވެ. އެކަމަކު ދެ ވަނަ ފަހަރަށް މިދިޔަ އަހަރު އިންމަ މާޒިޔާ އަށް ގެނައީ ސީދާ ތަށްޓަށް އަމާޒުކޮށްގެންނެވެ. އެ ޓީމުގައި ވަރުގަދަ ސްކޮޑެއް ވެސް އޮތެވެ. އެކަމަކު ސީޒަން ނިންމާލަން ޖެހުނީ ހުސް އަތާ އެވެ.

އިންމަ މިދިޔަ އަހަރު މާޒިޔާއާ ހަވާލުވިއިރު އޭރު މާޒިޔާގެ މުހިއްމު ކުޅުންތެރިންތަކެއް ތިބީ އަނިޔާގަ އެވެ. އެހެންވެ، އެ ޓީމަށް އެންމެ ބޭނުންވި ނަތީޖާތައް ނުނެރެވުނެވެ. މެސެޑޯނިއާގެ ކޯޗު މަރްޔާން ސެކުލޮސްކީގެ ކޯޗުކަމުގައި މާލޭ ލީގު ކާމިޔާބު ކުރި ނަމަވެސް ދިވެހި ޕްރިމިއާ ލީގުގެ މެދުތެރެއިން އޭނާ ޓީމު ދޫކޮށްލީ އެކި ސަބަބުތަކާ ހުރެ އަމިއްލަ ކަންތައްތަކެއް ވެސް ހުރުމުންނެވެ. އޭރު އަނިޔާގެ މައްސަލަތަކާ ހުރެ މާޒިޔާ އޮތީ ފޯމު ގެއްލިފަ އެވެ. އެހެން ކަމުން ފަހު ތިން މުބާރާތުގައި އިންމަ އަށް ކުރިމަތިވި އުނދަގޫ މަސައްކަތާ އެކު ހުރިހާ މުބާރާތަކުން އެ ޓީމަށް ލިބުނީ ތިން ވަނަ އެވެ.

މި ސީޒަނުގައި އިންމަގެ ޕްލޭނާ އެއްގޮތަށް މާޒިޔާ އިން ޓީމު އެކުލަވާލުމުގައި އެހީތެރިވި އެވެ. އަދި ރަނގަޅު ކުޅުންތެރިން ހޯދައިދިނެވެ. އެކަމަކު މާލޭ ލީގުގައި މާޒިޔާ ނިންމާލަން ޖެހުނީ އަނެއްކާ ވެސް ތިން ވަނައިގަ އެވެ. މާލޭ ލީގުގެ މެޗުތަކަށް ފަހު އިންމަ ނޫސްވެރިންގެ ބައްދަލުވުންތަކުގައި ބުނަމުންދިޔައީ "ކޮންމެ މުބާރާތެއްގައި ވެސް މާޒިޔާ ނުކުންނާނީ ތައްޓައް" މިހެންނެވެ. އެ ވިސްނުމުން ބަލާއިރު މާލޭ ލީގުގައި އެ އަމާޒަށް ވާސިލްނުވެވުނެވެ. ފަރުޖައްސާލަން ޖެހުނީ ތިން ވަނައިގަ އެވެ.

Maziya varugadhakoh enburi annaane: Imma

Maziya varugadhakoh enburi annaane: Imma

The most trusted news source in the Maldives

Mihaaru

މިދިޔަ ސީޒަނުގައި އިންމަ ވަނީ މި އަހަރު މާޒިޔާ އިން ތަފާތު ފެންނާނެ ކަމަށް ބުނެފައި.--

މާލޭ ލީގުގައި އަމާޒަށް ނުދެވުމުން ޕްރިމިއާ ލީގުގައި މާޒިޔާ ވަރުގަދަކޮށް ފެންނާނެ ކަމަށް ބެލެވުނެވެ. ހާއްސަކޮށް އެެހެން ޓީމުތަކުގައި މާލީ މައްސަލަތަކާއި އެހެނިހެން ކަންތައްތަކުގެ ސަބަބުން ފޯމު ގެއްލިފައި އޮތުމުންނެވެ. މާލޭ ލީގާ ހިލާފަށް ޕްރިމިއާ ލީގުގެ ބޮޑުބައިގައި މާޒިޔާ އިން ވަނީ ނަތީޖާ ނެރުމުގައި ތަފާތު ދައްކައިފަ އެވެ. ޖެހިޖެހިގެން 11 މެޗުން މޮޅުވި އެވެ. އެ ފޯމުގައި އޮވެ މާޒިޔާއާ ކުރިއަށްދާނެ ކަމަށް ބެލެވުނު ނަމަވެސް އެންމެ މުހިއްމު މެޗުގައި މާޒިޔާ ފެނުނީ އެއްވެސް ހިތްވަރެއް ނެތި ކުޅުނު މަންޒަރެވެ.

ގިނަ މައްސަލަތަކެއްގެ ތެރޭގައި އޮތް ނިއު ރޭޑިއަންޓާ ދެކޮޅަށް ލީގުގައި މާޒިޔާ ކުޅުނު ފަހު މެޗުގައި ތިން ގޯލުގެ ލީޑެއް ފުރަތަމަ ހާފުގައި ނެނގި ނަމަވެސް މެޗު ނިންމާލަން ޖެހުނީ 4-4 އިން އެއްވަރުވެގެންނެވެ. އެ ނަތީޖާއާ އެކު މާޒިޔާ އަށް ލީގުގެ ރޭހުން ބޭރުވިއިރު، އަމިއްލަ ބާރުގައި ދެ ވަނަ ލިބޭނެ ކަމުގެ ޔަގީންކަމެއް ވެސް ނެތެވެ. އެކަމު ލީގުގެ ފަހު މެޗުގައި ޗެމްޕިއަން ޓީސީ ސްޕޯޓްސް ކްލަބް ފަހު ވަގުތު އީގަލްސްއާ 4-4 އިން އެއްވަރުކުރުމުން މާޒިޔާ އަށް ދެ ވަނަ ލިބުނީ އެވެ.

މާޒިޔާއާ އެކު އިންމަ އެއްބަސްވުން ހަދާފައިވަނީ މި އަހަރުގެ ނިޔަލަށެވެ. ލީގުގައި އެންމެ ފަހު މެޗަށް ފަހު އަންނަ އަހަރު މާޒިޔާ އިން އިންމަ ފެނިދާނެތޯ ކުރި ސުވާލަށް އޭނާ ސީދާ ޖަވާބެއް ނުދިނެވެ. ވާހަކަ ދެއްކީ ކަނޑައެޅި ޓާގެޓްތަކަށް ވާސިލްނުވެވުނު ކަމާ ބެހޭގޮތުންނެވެ.

"އަޅުގަނޑު މި އަހަރަށް ޓާގެޓް ކޮށްފައި ހުރި ކަންތައްތަކުގެ ތެރޭގައި ހިމެނޭ. ލީގު ހޯދުން. އަދި އަޅުގަނޑުމެން ޕްރެޒިޑެންޓްސް ކަޕާއި އެފްއޭ ކަޕްގައި ވެސް ވާދަކޮށް ތަށި ހޯދުން ހިމެނޭ އެހެން ނަމަވެސް މި ސީޒަނަކީ އިންކޮމްޕްލީޓް ސީޒަނެެއް. ދެން އެހެން ނަމަވެސް އަޅުގަނޑު މި އަހަރަށް ކަނޑައެޅި ކަންތައްތަކުގެ ތެރޭގައި މި އަންނަ އަހަރު މާޒިޔާގެ ކޯޗުކަމުގައި ހުރުމުގެ ޓާގެޓެއް ނެތް،" އިންމަ ބުންޏެވެ.

އަންނަ އަހަރު އެހެން ޓީމެއްގެ ބެންޗުން ފެންނާނެތޯ ކުރި ސުވާލަށް އިންމަ ބުނީ އަންނަ އަހަރު ވެސް ފެނުމުގެ ފުރުސަތު އެބައޮތް ކަމަށެވެ.

މި ސީޒަނުގައި ރާއްޖޭގެ ދެ މުބާރާތެއް ނުބާއްވަ އެވެ. އެފްއޭ ކަޕް ނުބާއްވަން ނިންމީ ކްލަބްތަކާ މަޝްވަރާ ކުރުމަށް ފަހު އެފްއޭއެމުންނެވެ. އަދި މި އަހަރުގެ ގައުމީ މުބާރާތް އަންނަ އަހަރުގެ ކުރީކޮޅަށް ވަނީ ފަސްކޮށްފަ އެވެ.

މިދިޔަ އަހަރުގެ ޕްރެޒިޑެންޓްސް ކަޕްގެ ސެމީ ފައިނަލުން ޓީސީ އަތުން މާޒިޔާ ބަލިވި މެޗަށް ފަހު އިންމަ ބުނީ "ކުރާ މަސައްކަތް ކާމިޔާބުކޮށް މާޒިޔާ އަންނާނެ' ކަމަށާއި "ފުޓްބޯޅައިގެ އެންމެ ކުރީ ސަފުގައި އުޅޭނެ" ކަމަށެވެ. އެކަމަކު މާޒިޔާއާ އެކު އިންމަ ހަދާފައިވާ އެއްބަސްވުން ހަމަވިއިރު، އޭނާ އަމާޒުކަނޑައެޅި ކަންތައްތައް އޮތީ ހާސިލްނުވެ އެވެ. ކުޅުންތެރިންނަށް ބަލާއިރު މާޒިޔާގައި ނިސްބަތުން އޮތީ ވަރުގަދަ ސްކޮޑެކެވެ. އެކަމަކު އޭގެ ތެރެއިން ގިނަ ކުޅުންތެރިންނަށް މުޅި އަހަރަށް ބަލާއިރު އެއް ފޯމެއްގައި ރަނގަޅު ކުޅުމެއް ނުދެއްކެ އެވެ.