Roadha Mihaaru
"ހަބޭސް" މެލޭޝިއާ އަށް، "ގްރެވިޓީ" އުކުޅަހަށް

ހަބޭސް ބޮޑުބެރު ބޭންޑް މެލޭޝިއާ އަށް، ގްރެވިޓީ ބައި ހަބޭސް އުކުޅަހަށް

25 ޖުލައި 2017

މާދަމާ ފާހަގަކުރާ ރާއްޖޭގެ 52 ވަނަ މިނިވަން ދުވަހާ ދިމާކޮށް، މަޝްހޫރު ބޮޑުބެރު ބޭންޑް ހަބޭސް އިން މެލޭޝިއާގައި ޝޯއެއް ދޭން ނިންމާފައި އިރު، ހަބޭސްގެ ދަށުން ހިންގާ "ގްރެވިޓީ ބައި ހަބޭސް" އއ. އުކުޅަހުގައި ޝޯއެއް ދޭން ހަމަޖެހިއްޖެ އެވެ.

އަހުމަދު އަދްޝަން އަހުމަދު އަދްޝަން

މާދަމާ ފާހަގަކުރާ ރާއްޖޭގެ 52 ވަނަ މިނިވަން ދުވަހާ ދިމާކޮށް، މަޝްހޫރު ބޮޑުބެރު ބޭންޑް ހަބޭސް އިން މެލޭޝިއާގައި ޝޯއެއް ދޭން ނިންމާފައި އިރު، ހަބޭސްގެ ދަށުން ހިންގާ "ގްރެވިޓީ ބައި ހަބޭސް" އއ. އުކުޅަހުގައި ޝޯއެއް ދޭން ހަމަޖެހިއްޖެ އެވެ.

ހަބޭސްގެ ވެރިޔާ އަލީ ޝިފާއު (ހަބޭސް އައްޔަ) ބުނީ މެލޭޝިއާގައި ދޭ ޝޯގައި ހަބޭސްގެ ޕޮޕް ބޭންޑް ވެސް ބައިވެރިވާނެ ކަމަށެވެ. ވޮއިސް އޮފް މޯލްޑިވްސް އިން ވިދާލި ލަވަ ކިތުންތެރިޔާ ހަސަން ތޮލާގް (ތޮލާ) ލީޑް ވޯކަލިސްޓެއްގެ ދައުރު އަދާ ކުރާ އެ ބޭންޑް މިހާރު ވަނީ "ލެވިޓޭޝަން ބައި ހަބޭސް" ގެ ނަމަށް ރިބްރޭންޑްވެސް ކޮށްފަ އެވެ.

އައްޔަ ބުނީ މެލޭޝިއާގައި ދޭ ޝޯއަކީ ރާއްޖޭގެ މިނިވަން ދުވަސް ފާހަގަ ކުރުމަށް އެ ގައުމުގައި ހުންނަ ރާއްޖޭގެ އެމްބަސީން އިންތިޒާމްކޮށްގެން ކުރިއަށް ގެންދާ "ޕްރޮމޯޓިން ދަ ކަލާޒް އެންޑް ޓޭސްޓެސް އޮފް މޯލްޑިވްސް" ގެ ހަރަކާތުގެ ތެރެއިން ދޭ ޝޯއެއް ކަމަށެވެ.

މި ޝޯ އަށް ހަބޭސް ބޮޑުބެރު ބޭންޑާއި ލެވިޓޭޝަން ފުރަން ހަމަޖެހިފައި ވަނީ މާދަމާ ރެ އެވެ.

އުކުޅަހުގައި ގްރެވިޓީ ބައި ހަބޭސް އިން ދޭ ޝޯއާ ބެހޭ ގޮތުން އެ ބޭންޑްގެ ލީޑް ގިޓަރިސްޓް އަހުމަދު ޝަހީދު (ޝަހީދު ލެގަސީ) ބުނީ އެ ޝޯއަކީ އެ ރަށުގެ ބައެއް ބޭންޑްތަކާއި ޖަމިއްޔާތަކުން ދިން ދައުވަތަކަށް ބާއްވާ ޝޯއެއް ކަމަށެވެ.

"ހަބޭސް ބޮޑުބެރު ބޭންޑް" މި ފަހަރު ޝޯ ދޭނީ މެލޭޝިއާގައި.

"ހަބޭސް ބޮޑުބެރު ބޭންޑް" މި ފަހަރު ޝޯ ދޭނީ މެލޭޝިއާގައި.

އޭނާ ބުނީ ގްރެވިޓީއަކީ މެޓަލް މިއުޒިކަށް ހާއްސަ ބޭންޑަކަށްވި ނަމަވެސް، ޝޯ ކުރިއަށް ގެންދާނީ ދިވެހިން ލޯބިކުރާ ވައްތަރުގެ ލަވަތަކުގެ ރަހަތަކާ އެކުގައި ކަމަށެވެ.

"އެހެންވެ ޝޯ ވަރަށް ކަމުދާނެ ކަމަށް ގަބޫލު ކުރަނީ. މި ޝޯ އަށް ރަސްދޫންނާއި ކައިރި އެހެން ރަށްތަކުން ވެސް މީހުން ދާނެ ކަމަށް އެނގިފައި އޮތީ. އެހެންވީމާ ޝޯ ވަރަށް ފޯރި ގަދަ ވާނެ ކަމަށް އުންމީދު ކުރެވޭ،" ޝަހީދު ބުންޏެވެ.

"ގްރެވިޓީ ބައި ހަބޭސް" އަކީ މޯލްޑިވިއަން އައިޑޮލް އިން ވިދާލި މުއައްޒިން ލީޑް ކުރާ ބޭންޑެކެވެ.