Roadha Mihaaru
ބީއެމްއެލްގެ އޭޖީއެމް އަންނަ މަހު 23ގައި

ބީއެމްއެލްގެ އަހަރީ އާއްމު ޖަލްސާ އަންނަ މަހު 23 ގައި

20 ޖުލައި 2017

ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް)ގެ އަހަރީ އާއްމު ޖަލްސާ އަންނަ މަހުގެ 23 ގައި ބާއްވަން ހަމަޖައްސައިފި އެވެ.

އަބްދުﷲ ޖަމީލު އަބްދުﷲ ޖަމީލު

ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް)ގެ އަހަރީ އާއްމު ޖަލްސާ އަންނަ މަހުގެ 23 ގައި ބާއްވަން ހަމަޖައްސައިފި އެވެ.

އެ ބޭންކުން މިއަދު ނެރުނު ނޫސްބަޔާނެއްގައި ބުނީ އަހަރީ އާއްމު ޖަލްސާއާ ގުޅޭ ތަފްސީލްތައް އާއްމުކުރާނެ ކަމަށެވެ.

އާންމުންނަށް ހިއްސާ ވިއްކާފައިވާ ކުންފުނިތަކުގެ އަހަރީ އާންމު ޖަލްސާ ކޮންމެ އަހަރެއްގެ ޖޫން މަަސް ނިމުގެ ކުރިން ބާއްވަން ޖެހެ އެވެ. ނަމަވެސް ބީއެމްއެލްގެ ޖަލްސާ ފަސްވީ ކީއްވެގެންކަމެއް އެ ބޭންކަކުން ނުބުނެ އެވެ.

ބީއެމްއެލްގެ މިދިޔަ އަހަރުގެ ފައިދާއިން ހިއްސާއަކަށް 20ރ. ގެ މަގުން 107.6 މިލިއަން ރުފިޔާ ބަހަން މިދިޔަ މާޗް މަހު ޑިރެކްޓަރުންގެ ބޯޑުން ވަނީ ފާސްކޮށްފަ އެވެ. ރާއްޖޭގެ އެންމެ ބޮޑު ބޭންކުން މިފަހަރު ބަހަން ނިންމި އަދަދަކީ އޭގެ ކުރީ އަހަރާ އަޅާބަލާއިރު 18 ޕަސެންޓް އިތުރު އަދަދެއް ކަމަށް ވެސް އެ ބޭންކުން ބުންޏެވެ.

މިދިޔަ އަހަރު އެ ކުންފުނިން ބަހާފައި ވަނީ ހިއްސާއަކަށް 17ރ. ގެ މަގުން 91.4 މިލިއަން ރުފިޔާ އެވެ.

މިދިޔަ އަހަރު ބީއެމްއެލް އާމްދަނީ ދެ ބިލިއަން ރުފިޔާ އަށް ވުރެ މައްޗަށް ވަނީ ގޮސްފަ އެވެ.