19 ޖުލައި 2017
މެމްބަރުންގެ ގޮނޑި ގެއްލުމާ ގުޅޭ ގޮތުން ސުޕްރީމް ކޯޓުން ނެރެފައިވާ އަމުރު، މާޒީވެފައިވާ ކަމަކަށް ނުހިނގާނެ ކަމަށް އެ ކޯޓުން އަންގާފައި ވަނިކޮށް، މަޖިލީހުގެ މެމްބަރުންތަކެއްގެ ގޮނޑި ގެއްލިއްޖެ ކަމަށް ވެރިކަން ކުރާ ޕީޕީއެމާއި އިލެކްޝަންސް ކޮމިޝަނުން ނިންމި ނިންމުން ބާތިލްވާނެ ކަމަށް ދަގެނތީ ދާއިރާގެ މެމްބަރު އިލްހާމް އަހްމަދު މިއަދު ވިދާޅުވެއްޖެ އެވެ.
މެމްބަރުންގެ ގޮނޑި ގެއްލުމާ ގުޅޭ ގޮތުން ސުޕްރީމް ކޯޓުން ނެރެފައިވާ އަމުރު، މާޒީވެފައިވާ ކަމަކަށް ނުހިނގާނެ ކަމަށް އެ ކޯޓުން އަންގާފައި ވަނިކޮށް، މަޖިލީހުގެ މެމްބަރުންތަކެއްގެ ގޮނޑި ގެއްލިއްޖެ ކަމަށް ވެރިކަން ކުރާ ޕީޕީއެމާއި އިލެކްޝަންސް ކޮމިޝަނުން ނިންމި ނިންމުން ބާތިލްވާނެ ކަމަށް ދަގެނތީ ދާއިރާގެ މެމްބަރު އިލްހާމް އަހްމަދު މިއަދު ވިދާޅުވެއްޖެ އެވެ.
ވެރިކަން ކުރާ ޕީޕީއެމްގެ މަޖިލިހުގެ މެމްބަރުކަމުން، ތުލުސްދޫ ދާއިރާގެ މެމްބަރު މުހައްމަދު ވަހީދު އިބްރާހިމް (ލޯޔަރު ވައްޑެ) އާއި މަޑުއްވަރީ ދާއިރާގެ މެމްބަރު މުހައްމަތު އަމީތު އާއި ވިލިނގިލީ ދާއިރާގެ މެމްބަރު ސައުދު ހުސައިން އަދި ދިއްދޫ ދާއިރާގެ އަބްދުއްލަތީފް މުހައްމަދު ވަކިވެފައިވާ ކަމަށް ރޭ ބޭއްވި އެ ޕާޓީގެ ކައުންސިލް ބައްދަލުވުމުގައި ރައީސް އަބްދުﷲ ވަނީ އިއުލާން ކުރައްވައިފަ އެވެ.
އެހެންވެ މި މެމްބަރުންގެ ގޮނޑި ގެއްލިފައިވާ ކަމަށް ވެސް ރައީސް ޔާމީން ވިދާޅުވި ކަމަށް އެ ބައްދަލުވުމުގައި އިންނެވި ޕީޕީއެމްގެ ޕީޖީގެ މެމްބަރަކު ވިދާޅުވި އެވެ. އެކަމަކު، ދައުލަތުން ހުށަހެޅި ދުސްތޫރީ މައްސަލާގައި ސުޕްރީމް ކޯޓުގެ ހުކުމް އިއްވުމުގެ މާ ކުރިން މި ހަތަރު މެމްބަރުން ވެސް ވަނީ ޕީޕީއެމުން ވަކިވެވަޑައިގެންފަ އެވެ.
ސުލޫކީ މައްސަލަ ބެލުމަށް ފަހު އަމީތާއި ވަހީދު އަދި ސައުދު ޕީޕީއެމުން ވަކިކުރިއިރު، ލަތީފު ވަކިވެވަޑައިގަތީ އަމިއްލަ އަށް ސިޓީ ހުށަހަޅުއްވައިގެންނެވެ.
އިލްހާމް ވިދާޅުވީ ސުޕްރީމް ކޯޓުގެ ބާރު އެއްވެސް މީހަކަށް ކަނޑުވާނުލެވޭނެ ކަމަށެވެ. އެ ކޯޓުން އެންމެ ފަހުން ނެރުނު ހުކުމަށް އަމަލުކުރަން ޖެހޭނީ، ހުކުމް ކުރި ދުވަހުން ފެށިގެން ކަން އިލްހާމް ފާހަގަކުރެއްވި އެވެ.
"ސުޕްރީމް ކޯޓުގެ ހުކުމާ ދެކޮޅަށް މެމްބަރުން ވަކިކުރުން އެއީ ބާތިލް އެއްޗެއް، އެހެންވީމާ އެއްވެސް އެއްވެސް މެމްބަރެއްގެ ގޮނޑި ނުގެއްލޭނެ،" އިލްހާމް ވިދާޅުވި އެވެ.
އޭނާ ވިދާޅުވި ގޮތުގައި ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުﷲ މަސީހުގެ އިތުބާރު ނެތް ކަމުގެ މައްސަލަ އެޖެންޑާ ކުރަން ޖެހެ އެވެ. މަސީހު މަގާމުން ދުރު ކުރާނެ ކަމަށާއި އެކަމަށް ސޮއި ކުރެއްވި ހުރިހާ މެމްބަރުން ވެސް ތިއްބެވީ ސާބިތުކަމާ އެކުގައި ކަމަށް އިލްހާމް ވިދާޅުވި އެވެ.
މައުމޫނާ ޕީޕީއެމް ހަވާލުކުރަން ހުށަހެޅި މައްސަލަ ބާތިލް
ޕީޕީއެމް ކޮންގްރެސް މައްސަލައިގެ ޝަރީއަތް ފަށަނީ
ފަލާހުގެ ވާހަކަތަކުން ރިޔާޒް ރަޝީދު ހިތްހަމަނުޖެހިއްޖެ!
ޕީޕީއެމްގެ ހުރިހާ މެމްބަރުން އިސްތިއުފާ ދޭން ގޮވާލައިފި
ވަކިކުރި ކަމަށް ބުނީ ދަންނަ ބައެއް ނޫން: ނިހާން
ނިހާނާއި އިލްހާމް ޕާޓީން ވަކިކޮށްފި: މައުމޫން ފެކްޝަން
މައުމޫން ހުށަހެޅި މައްސަލަ ސުޕްރީމް ކޯޓުން ބަލައިނުގަތް
ސުއޫދުގެ އަސްލު ނިޔަތަކީ ކޮބާ؟
"ޕީޕީއެމް ރައީސް ކޮބައިތޯ ސުޕްރީމް ކޯޓުގައި އަހާނަން"
ޔާމީންގެ ހުކުމާ އެކު ސިޔާސީ މަސްރަހު ބަދަލުވަނީ؟