13 ޖުލައި 2017
ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުﷲ މަސީހުގެ ވޯޓާ ގުޅިގެން އިދިކޮޅު ފަރާތްތަކުން އޭނާ އަށް 32 މިލިއަން ރުފިޔާ އަދި އެހެން މެމްބަރުންނަށް ވެސް ބޮޑެތި އަދަދުތަކުން ފައިސާ ހުށަހެޅި ކަަމަށް ވިދާޅުވެ އިނގުރައިދޫ ދާއިރާގެ މެމްބަރު އަހްމަދު ފަލާހު ދެއްކެވި ވާހަކަތަކާ މެދު ވިލުފުށީ ދާއިރާގެ މެމްބަރު ރިޔާޒް ރަޝީދު ހިތްހަމަނުޖެހިއްޖެ އެވެ.
ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުﷲ މަސީހުގެ ވޯޓާ ގުޅިގެން އިދިކޮޅު ފަރާތްތަކުން އޭނާ އަށް 32 މިލިއަން ރުފިޔާ އަދި އެހެން މެމްބަރުންނަށް ވެސް ބޮޑެތި އަދަދުތަކުން ފައިސާ ހުށަހެޅި ކަަމަށް ވިދާޅުވެ އިނގުރައިދޫ ދާއިރާގެ މެމްބަރު އަހްމަދު ފަލާހު ދެއްކެވި ވާހަކަތަކާ މެދު ވިލުފުށީ ދާއިރާގެ މެމްބަރު ރިޔާޒް ރަޝީދު ހިތްހަމަނުޖެހިއްޖެ އެވެ.
ޕީޕީއެމް/އެމްޑީއޭ އިން މިދިޔަ އަންގާރަ ދުވަހު ދަރުބާރުގޭގައި ބޭއްވި ޕްރެސް ކޮންފަރެންސްގައި ފަލާހު ދެއްކެވި އެ ވާހަކަތަކަށް ނުސީދާކޮށް ރައްދު ދެއްވައި ރިޔާޒް ވަނީ ޓުވީޓެއް ކުރައްވައިފަ އެވެ. އެ ޓުވީޓުގައި "32 މިލިއަން ރުފިޔާ އަށް ނުވިކޭނެ މެމްބަރެއް މަޖިލީހުގައި ހުންނާނެތޯ" އޭނާ ވަނީ އައްސަވައިފަ އެވެ. އެއާ އެކު، ރިޝްވަތު ހުށަހެޅި ނަމަ އެ މައުލޫމާތު ކަމާ ބެހޭ ފަރާތްތަކަށް ވަގުތުން އަންގަން ޖެހޭނެ ކަމަށް ގާނޫނުގައި ބުނާ މާއްދާ ވެސް ޓްވީޓްގައި ހިމެނުއްވި އެވެ.
Konme ahchakah ves ageh onnaane 32 million ah nuvikeyne Mp aku Majlis ga huredhaane tho ? pic.twitter.com/8O0M4m0iMO
— Riyaz Rasheed (@riyaz_rasheed) July 12, 2017
ފަލާހަށް ނިސްބަތް ކުރައްވައި ރިޔާޒް ކުރެއްވި ޓުވީޓް.
މި ޓުވީޓާ ގުޅިގެން "މިހާރު"ން ސުވާލު ދެންނެވުމުން ރިޔާޒް ވިދާޅުވީ ހަމައެކަނި އިޚްލާސްތެރި މެމްބަރަކީ ތިމަންނަ ކަމަށް ދައްކައި، މަޖިލީހުގެ ހުރިހާ މެމްބަރުންނަކީ ވިކޭ މެމްބަރުންގެ ގޮތުގައި ވިދާޅުވުމުގެ ހައްގެއް އެއްވެސް މެމްބަރަކަށް ނޯންނާނެ ކަމަށެވެ.
ޕީޕީއެމް/އެމްޑީއޭގެ ޖޮއިންޓް ޕާލަމެންޓްރީ ގުރޫޕުގެ ނިއުސް ކޮންފަރެންސްގައި ފަލާހް ވާހަކަ ދައްކަވަނީ.---މިހާރު ފޮޓޯ: ނިޝާން އަލީ
"އަޅުގަނޑަކަށް ހަމަ ގައިމު ވެސް ރިޝްވަތެއް ހުށައެއްނާޅާ. ޕީޖީގެ ލީޑަރު ނިހާނާއި ޑެޕިއުޓީ ލީޑަރު އަބްދުއްރަހީމާއި ކެލާ ދާއިރާގެ މެމްބަރު އަލީ އާރިފަކަށް ވެސް ރިޝްވަތެއް ހުށަނާޅާ. އަޅުގަނޑަށް އެނގިގެން މި ދަންނަވަނީ. އެހެންވީމަ ސިޔާސީ މާ ބޮޑު ޕްރޮފައިލެއް ނެތް ނުވަތަ ވަކި ބަޔަކަށް ރިޝްވަތު ހުށަހަޅަނީ ކީއްވެތޯ ސުވާލު އުފެދޭ،" ފަލާހުގެ ނަން ގެންނެވުމެއް ނެތި ރިޔާޒް ވިދާޅުވި އެވެ.
އޭނާ ވިދާޅުވި ގޮތުގައި މަސީހުގެ ވޯޓަށް ރިޝްވަތު ހުށަހެޅީ "އަގީދާ ބަލިކަށި، އެއްގޮތެއްގެ މަތީގައި ދެމި ނުހުރެވިދާނެ ފަދަ މެމްބަރުންނަށް" ކަމަށް ވެސް ވެދާނެ އެވެ. އެކަމަކު ނޫސްތަކުން ސުރުހީ ހޯދަން ހުރިހާ މެމްބަރުން ބަދުނާމުކޮށް ވާހަކަ ދެއްކެވުމަކީ ޒިންމާދާރުކަން ކުޑަ އަމަލެއް ކަަމަށް ވެސް ވިދާޅުވި އެވެ.
"ރިޝްވަތު ހުށަހަޅައިފިއްޔާ ގާނޫނުގައި ބުނާ ގޮތަށް، އެ ހުށަހެޅި މީހެއްގެ ނަމާއި މައުލޫމާތު ކަމާ ބެހޭ އިދާރާތަކަށް ހުށަހަޅައިގެން މައްސަލަ ބަލަންވީ ނޫންތޯ؟ ކީއްވެތޯ އެކަން ނުކުރައްވަނީ؟ މެމްބަރުންނަށް ރިޝްވަތު ހުށަހެޅުމާއި ރިޝްވަތުގައި ހިފުމަކީ ބޮޑު މައްސަލައަކަށް ވެފައިވާއިރު މިކަން ހުއްޓުވަން ޖެހޭ ނޫންތޯ،" ރިޔާޒް ސުވާލު އުފެއްދެވި އެވެ.
އޭނާ ވިދާޅުވި ގޮތުގައި އިޚްލާސްތެރިން އަމަލުކުރާނީ އެ އުސޫލުންނެވެ.
އަޅުގަނޑަކީ ޕީޕީއެމް މީހެއް ނޫން، ސިޓީ ނުފޮނުވާތި!
މެމްބަރު ސިނާން ވެސް ޕީޕީއެމުން ވަކިވެއްޖެ
އެންޓި ޑިފެކްޝަން ގާނޫނު އުވާލަން މަޖިލީހުން ފާސްކޮށްފި
މަޖިލީހަށް ވަންނަންއުޅުނީ މެމްބަރުންތޯ ސުވާލުއުފައްދައިފި
މެޖޯރިޓީ ނެތަސް ކަންކަން ކުރަން އެނގޭ: ޕީޕީއެމް
ސަރުކާރަށް މަޖިލީހުގެ ކޮންޓްރޯލް ގެއްލިއްޖެ
މުސްތޮފާ، ސައުދުﷲ އަދި ޝާހުގެ ގޮނޑި ގެއްލިއްޖެ
މެމްބަރުން "ނިކަމެތި" ކުރާތީ ފަލާހު ރުޅިގަދަވެއްޖެ!
ޕީޕީއެމް އަދިވެސް ގޮތް ދޫކުރާކަށް ނުވޭ!
ފަލާހަށް ރިޝްވަތު ހުށަހެޅި މައްސަލަ އޭސީސީން ބަލަނީ