13 ޖުލައި 2017
އޭނާ އަކީ ޕީޕީއެމްގެ މެމްބަރެއްކަން ދޭހަވާ ގޮތަށް ގޮތަށް ސިޓީ ނުފޮނުވުމަށް އެ ޕާޓީގައި މަޑުއްވަރި ދާއިރާގެ މެމްބަރު އަހުމަދު އަމީތު އިއްޔެ އެދިވަޑައިގެންފި އެވެ.
އޭނާ އަކީ ޕީޕީއެމްގެ މެމްބަރެއްކަން ދޭހަވާ ގޮތަށް ގޮތަށް ސިޓީ ނުފޮނުވުމަށް އެ ޕާޓީގައި މަޑުއްވަރި ދާއިރާގެ މެމްބަރު އަހުމަދު އަމީތު އިއްޔެ އެދިވަޑައިގެންފި އެވެ.
ރައްޔިތުންގެ މަޖިލީހުގައި ވޯޓުލާން ޕީޕީއެމުން ނެރުނު ވިޕްލައިންތަކާ ތަކުރާރުކޮށް ޚިލާފުވުމުން މިދިޔަ މާޗް 29 ގައި އެ ޕާޓީން ވަކިކޮށްފައިވާ އަމީތު، ޕީޕީއެމްގެ މުސްތަޝާރު އަދި ރައީސް އަބްދުﷲ ޔާމީނަށް ފޮނުއްވި ސިޓީއެއްގައި ވިދާޅުވީ އާންމު ތަންތަނާއި މީޑިއާގައި އޭނާ އަކީ ޕީޕީއެމްގެ މެމްބަރެއް ކަމަށް ބުނުމާއި އެފަދަ ގޮތަކަށް ދޭހަވާ ގޮތަށް ވާހަކަ ދެއްކުމަކީ އަބުރަށް އަރައިގަތުން ކަމަށް ދެކެވަޑައިގަންނަވާ ކަމަށެވެ.
މިހާރު އިދިކޮޅު ފަރާތްތަކާ ގުޅިގެން މަސައްކަތް ކުރައްވާ އަމީތު މި މޭރުމުން ޕީޕީއެމްގައި އެދިވަޑައިގަތީ، އޭނާ އެ ޕާޓީން ވަކިކުރި މައްސަލަ އަލުން މުރާޖައާ ކުރުމަށް ޕީޕީއެމްގެ ސުލޫކީ ކޮމެޓީން ނިންމުމުންނެވެ. އަދި އެ މައްސަލަ އިސްތިއުނާފު ކުރުމަށް ވެސް ޕީޕީއެމުން ވަނީ ނިންމައިފަ އެވެ.
މިކަމާ ގުޅިގެން އަމީތު ޕީޕީއެމަށް ފޮނުއްވި ސިޓީގައި ވިދާޅުވީ އެ ޕާޓީން އޭނާ ވަކިކުރުމަށް ނިންމި ނިންމުން އޭނާ އަމިއްލަ އަށް އިސްތިއުނާފު ނުކުރައްވާ ކަމަށެވެ. އަދި އެކަން އެގޮތަށް ކުރަން ގަސްދު ނުކުރައްވާ ކަމަށް އަމީތު ވިދާޅުވި އެވެ.
"އަދި އެކަމަށް ޕާޓީގެ އުސޫލުތަކުގެ ތެރެއިން ކަނޑައެޅިފައިވާ ހުރިހާ ވަގުތަކާއި ފުރުސަތެއް ވަނީ ހަމަވެފަ އެވެ. އެކަމުގެ ހުރިހާ ދޮރެއް ވަނީ ބަންދުވެފަ އެވެ،" އޭނާ ވިދާޅުވި އެވެ.
އަމީތު ވަނީ ޕީޕީއެމުން އޭނާ ވަކިވުމާ ގުޅިގެން އިދާރީ ފިޔަވަޅުތައް އަޅާފައި ނުވާ ނަމަ ބައެއް ކަންކަން ވީ އެންމެ އަވަހަކަށް ފުރިހަމަ ކޮށްދިނުމަށް ވެސް އެދިވަޑައިގެންފަ އެވެ. އެއީ ޕީޕީއެމްގެ ދަފްތަރުން އޭނާގެ ނަން އުނިކުރުމާއި އިލެކްޝަންސް ކޮމިޝަންގައި ވާ ޕީޕީއެމްގެ ދަފްތަރުން އަމީތުގެ ނަން އުނިކޮށްދިނުމަށް އެ ކޮމިޝަނަށް ފޮނުވުމާއި ޕީޕީއެމުން އޭނާ ވަކިވެފައިވާކަން އެ ޕާޓީ ތަމްސީލު ކުރުމަށް އޭނާގެ ނަން ފޮނުވާފައިވާ އިދާރާތަކާއި މުއައްސަސާތަކަށް އެންގުން ހިމެނެ އެވެ.
އަމީތުގެ ސިޓީގައި ފާހަގަކުރެއްވި ގޮތުގައި ސިޔާސީ ޕާޓީތަކުގެ ހަރަކާތްތަކުގައި ބައިވެރިވުމަކީ ގާނޫނުއަސާސީގެ 30 ވަނަ މާއްދާގެ ދަށުން ކޮންމެ މީހަކަށް ވެސް ލިބޭ އަސާސީ ހައްގެކެވެ.
"އަޅުގަނޑު ހަރަކާތްތެރިވާނޭ ސިޔާސީ ޕާޓީއެއް ކަނޑައެޅުމަކީ، ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ގާނޫނުއަސާސީ އިން އަޅުގަނޑަށް ލިބިފައިވާ އަސާސީ ހައްގެއް ކަމުގައި ދަންނަވަމެވެ. ވީމާ ގާނޫނު އަސާސީ އިން އަޅުގަނޑަށް ލިބިފައިވާ އެއްވެސް އަސާސީ ހައްގަކަށް އުނިކަން އަންނަ ފަދަ ކަމެއް ނުކުރުމަށް ދަންނަވަމެވެ،" އަމީތު ވިދާޅުވި އެވެ.
ޕީޕީއެމުން ވަކިކޮށްފައިވާ އެހެން ބައެއް މެމްބަރުންގެ މައްސަލަތައް ވެސް އަލުން ބެލުމަށް އެ ޕާޓީން ވަނީ ނިންމައިފަ އެވެ. އަދި ރައްޔިތުންގެ މަޖިލިހުގެ ރައީސް އަބްދުﷲ މަސީހްގެ އިތުބާރު ނެތްކަމުގެ މައްސަލާގައި ޕީޕީއެމުން ސޮއިކުރެއްވި 10 މެމްބަރުން އެ ޕާޓީން ވަކިވުމަށް ހުށަހެޅުމުން އެކަން ވެސް މިހާތަނަށް ވަނީ ކޮށް ނުދީފަ އެވެ. ސަބަބެއް ކަމަށް ބުނަނީ އެ މެމްބަރުންނާ ގުޅޭ ގޮތުން މި މަހުގެ ތިންވަނަ ދުވަހު ޕާޓީގެ ސުލޫކީ ކޮމެޓީ އަށް ހުށަހަޅާފައިވާ މައްސަލައެއް ބަލަމުން އަންނާތީ އެވެ.
ފަލާހުގެ ވާހަކަތަކުން ރިޔާޒް ރަޝީދު ހިތްހަމަނުޖެހިއްޖެ!
މެމްބަރު ސިނާން ވެސް ޕީޕީއެމުން ވަކިވެއްޖެ
މަޖިލީހަށް ވަންނަންއުޅުނީ މެމްބަރުންތޯ ސުވާލުއުފައްދައިފި
ސަރުކާރަށް މަޖިލީހުގެ ކޮންޓްރޯލް ގެއްލިއްޖެ
މުސްތޮފާ، ސައުދުﷲ އަދި ޝާހުގެ ގޮނޑި ގެއްލިއްޖެ
ކީއްކުރާ އިލެކްޝަންސް ކޮމިޝަނެއް؟
ޕީޕީއެމް އަދިވެސް ގޮތް ދޫކުރާކަށް ނުވޭ!
ޕީޕީއެމް 10 މެމްބަރުންގެ ގޮނޑި ނުގެއްލޭނެ: ވަކީލުން
ޕީޕީއެމުން ވަކިކުރި މެމްބަރުންގެ މައްސަލަތައް ބަލަނީ
އަޅުގަނޑުމެން "ހައިޖެކެއް" ނުކުރެވޭނެ: މެމްބަރުން