14 ފެބުރުއަރީ 2018
ރައްޔިތުންގެ މަޖިލީހުގެ އިދާރާ އަށް ވެންނެވުމަށް އިއްޔެ އުޅުއްވީ މެމްބަރުންތޯ ކަށަވަރުކުރަން ޖެހޭ ބައެއް ކަމަށް ވިދާޅުވެ، ގޮނޑި ގެއްލުނު ކަމަށް ކަނޑައެޅި 12 މެމްބަރުންނަށް މަޖިލީހަށް ވަދެވޭނެ ކަމަށް ނިންމާފައިވާ ނިންމުމާ މެދު ޕީޕީއެމްގެ ޕާލަމެންޓްރީ ގްރޫޕުގެ ލީޑަރު އަހްމަދު ނިހާން މިއަދު ސުވާލު އުފައްދަވައިފި އެވެ.
ރައްޔިތުންގެ މަޖިލީހުގެ އިދާރާ އަށް ވެންނެވުމަށް އިއްޔެ އުޅުއްވީ މެމްބަރުންތޯ ކަށަވަރުކުރަން ޖެހޭ ބައެއް ކަމަށް ވިދާޅުވެ، ގޮނޑި ގެއްލުނު ކަމަށް ކަނޑައެޅި 12 މެމްބަރުންނަށް މަޖިލީހަށް ވަދެވޭނެ ކަމަށް ނިންމާފައިވާ ނިންމުމާ މެދު ޕީޕީއެމްގެ ޕާލަމެންޓްރީ ގްރޫޕުގެ ލީޑަރު އަހްމަދު ނިހާން މިއަދު ސުވާލު އުފައްދަވައިފި އެވެ.
މަޖިލީހުގެ ޖަލްސާތައް ނުފަށައި ދިގުލައިގެންދާ މައްސަލައެއް ހުށަހަޅުއްވަން އެތަނަށް އިއްޔެ ވަޑައިގަތް އިދިކޮޅު މެމްބަރުންގެ ތެރޭގައި، ގޮނޑި ގެއްލުނު ކަމަށް އިލެކްޝަންސް ކޮމިޝަނުން ނިންމި ބައެއް މެމްބަރުން ހިމެނިވަޑައިގަންނަވަ އެވެ. އެ މެމްބަރުންގެ ގޮނޑި ނުގެއްލޭ ކަމަށް ސުޕްރީމް ކޯޓުން މި މަހު 1 ގައި ކުރި ހުކުމާ އެއްގޮތަށް، އެ މެމްބަރުންނަށް މަޖިލީހަށް ވަދެވޭނެ ކަމަށް ކުރީގެ އަމީން އާންމު އަހްމަދު މުހައްމަދު ވަނީ ވިދާޅުވެފަ އެވެ.
ފެބުރުއަރީ 1 ގެ އަމުރު ސުޕްރީމް ކޯޓުގައި މިހާރު ތިއްބަވާ ތިން ފަނޑިޔާރުން ބާތިލް ކުރެއްވިއިރު ވެސް މެމްބަރުންގެ ގޮނޑިއާ ގުޅޭ ގޮތުން އޮތް ނިންމުމަށް ބަދަލެއް ނުގެންނަވަ އެވެ.
ހުކުމުގެ އެ ބައި ދެމިއޮތް ނަމަވެސް، ޕީޕީއެމުން މިއަދު ބޭއްވި ކޮންފަރެންސްގައި ނިހާން އެދިވަޑައިގަތީ، މެމްބަރުންގެ ގޮނޑިއާ ގުޅޭގޮތުން ކަންކަން ކަށަވަރުވަންދެން މަޑުން ތިއްބެވުމަށެވެ.
"ރައްޔިތުންގެ މަޖިލީހަށް ވަދެވަޑައިގަތުމަށް މަސައްކަތްޕުޅު ކުރެއްވި މެމްބަރުންނަކީ އަދި ސާފުގޮތެއްގައި ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންތޯ ކަށަވަރުވާ މެމްބަރުންތޯ ވެސް އަދި ޗެކްކޮށްލަން ޖެހޭ. މަޖިލީހަށް 14، 15، އަދި 16 ވަނަ ދައުރުގައި އުޅުއްވި މެމްބަރަކު ކަމެއްގަ ކުއްލިއަކަށް ގޮސް މަޖިލީހުގެ ފާރުމަތިން އަރައިގެން ނުވަތަ މަޖިލީހުގެ އެތެރެއަށް ވެންނެވުމުގެ ފުރުސަތެއް ނޯންނާނެ،" ނިހާން ވިދާޅުވި އެވެ.
"އެ ކަންތައްތައް ހަމަޔާއި ބަރާބަރަށްވެ ނިމެންދެން އެ ބޭފުޅުން ޖެހޭނީ މަޑުކޮށްލައްވަން."
މި ދުވަސްވަރު މަޖިލީހުގެ ޖަލްސާތައް މެދުކަނޑާލާފައި އޮތް ކަން، އެތަނަށް ވެންނެވުމަށް މަސައްކަތް ކުރި މެމްބަރުންނަށް ވެސް އެނގިވަޑައިގަންނަވާނެ ކަމަށް ނިހާން ވިދާޅުވި އެވެ. އެހެން އޮއްވައި، މެމްބަރުންތަކެއް ފާރުމައްޗަށް އަރާވަޑައިގެންނެވީ ފޮޓޯއެއްގެ ބޭނުމުގައި ކަމަށާއި އެކަން ހާސިލްވި ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
އޭނާ ވިދާޅުވި ގޮތުގައި އެގޮތަށް އަަަމަލުތައް ނުބަހައްޓައި ވެސް މަޖިލީހަށް ސިޓީއެއް ހުށަހެޅުމުގެ ފުރުސަތު އޮންނާނެ އެވެ. އަމީން އާއްމު ނެތް ނަމަވެސް އަމީން އާއްމުގެ ނައިބު ހުންނަވާނެ ކަމަށް ވިދާޅުވި އެވެ.
ނިހާންގެ ވާހަކަ އަށް ތާއީދު ކުރައްވައި ވާހަކަ ދެއްކެވި ކެލާ ދާއިރާގެ މެމްބަރު އަލީ އާރިފް ވިދާޅުވީ އޭނާ ވެސް އިއްޔެ މަޖިލީހަށް ވެންނެވުމަށް މަސައްކަތް ކުރި ނަމަވެސް ސަލާމަތީބާރުތަކުން އެ ފުރުސަތެއް ނުދިނުމުން ޝަކުވާ ނުކުރައްވާ ކަމަށެވެ. އެހެންކަމުން މަޖިލީހަށް ނުވަދެވެނީ ވަކި ޕާޓީއެއްގެ މެމްބަރުންނަށް ވުމުން ނޫން ކަމަށާއި އެތަނަށް ނުވަދެވެނީ ސަލާމަތީ ސަބަބުތަކަކަށްޓަކައި ކަމަށް ވިދާޅުވި އެވެ.
ނިހާން ވިދާޅުވި ގޮތުގައި ރައްޔިތުންގެ މަޖިލީހުގައި އަދިވެސް އަޣުލަބިއްޔަތު އޮތީ ޕީޕީއެމްގަ އެވެ. އެއް ޕާޓީގެ 37 މެމްބަރުންނާއި ކޯލިޝަން ޕާޓްނަރު އެމްޑީއޭގެ މެމްބަރުންނާ އެކު ޖުމްލަ 42 މެމްބަރަކު ޕީޕީއެމް ކޮޅުގައި އެބަތިއްބެވި ކަމަށް ވިދާޅުވި އެވެ.
ޕާޓީ ބަދަލުކުރުމުގެ ކުޅިގަނޑު ނިމިއްޖެ: ނިހާން
"މެމްބަރުން ބިލާ ދެކޮޅެއް ނޫން، ވޯޓާ ހަމައަށް ދާނެ"
"ސަޕްލިމެންޓްރީ ބަޖެޓު ފާސްކޮށް ދިނުން މަޖުބޫރު"
"މަޖިލިހުގެ ކޮންޓްރޯލް ފަލާހަށް، ގޯލް ޖަހާނީ މޫސަ"
ޕީޕީއެމްގެ މެމްބަރުންނަށް ހަމަލަދިން މައްސަލަ މަޖިލިހަށް
ފަލާހުގެ ވާހަކަތަކުން ރިޔާޒް ރަޝީދު ހިތްހަމަނުޖެހިއްޖެ!
އަޅުގަނޑަކީ ޕީޕީއެމް މީހެއް ނޫން، ސިޓީ ނުފޮނުވާތި!
މެމްބަރު ސިނާން ވެސް ޕީޕީއެމުން ވަކިވެއްޖެ
އެ ބޮޑު ގޯހަށް ފަހު އެމްޑީޕީން އަނެއް ކޮޅަށް!
މަސީހާ ދެކޮޅު މަސައްކަތުގެ ތުހުމަތު މައުމޫނަށް