26 ޖުލައި 2017
ވަޒީރުންގެ ފެންވަރު މަތިކޮށް އެކަމަކު ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންނަކީ "އަގެއް ނެތް، ނިކަމެތި" ބައެއްގެ ގޮތުގައި ދެކޭ ކަމަށް ވިދާޅުވެ އިނގުރައިދޫ ދާއިރާގެ މެމްބަރު އިބްރާހިމް ފަލާހުގެ އުދާސްތައް ޕީޕީއެމްގެ ޕާލަމެންޓްރީ ގްރޫޕްގައި ބޭރުކޮށްލައްވައިފި އެވެ.
ވަޒީރުންގެ ފެންވަރު މަތިކޮށް އެކަމަކު ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންނަކީ "އަގެއް ނެތް، ނިކަމެތި" ބައެއްގެ ގޮތުގައި ދެކޭ ކަމަށް ވިދާޅުވެ އިނގުރައިދޫ ދާއިރާގެ މެމްބަރު އިބްރާހިމް ފަލާހުގެ އުދާސްތައް ޕީޕީއެމްގެ ޕާލަމެންޓްރީ ގްރޫޕްގައި ބޭރުކޮށްލައްވައިފި އެވެ.
ޕީޖީ ވައިބަ ގްރޫޕްގައި ފަލާހު ރޭ ލިއުއްވި މެސެޖެއްގައި ވިދާޅުވީ ދައުލަތުގެ ވަޒީރުންނާއި މަޖިލީހުގެ މެމްބަރުންގެ ތަފާތު އިއްޔެ އެނގިވަޑައިގެންފި ކަމަށެވެ. ވަޒީރުންނަކީ މާ މަތިވެރި ދަރަޖައެއް ލިބިގެންވާ ބައެއް ކަމަށާއި މެމްބަރުންނަކީ ނިކަމެތި ބައެއް ކަމަށް އޭނާ ސިފަކުރެއްވި އެވެ.
ޕީޕީއެމްގެ ޕާލިމެންޓްރީ ގްރޫޕްގެ ޑެޕިއުޓީ ލީޑަރެއްގެ ގޮތުގައި ހުންނެވި ފަލާހު ހިތްހަމަޖެހިވަޑައިނުގަތީ ކޮން ސަބަބަކާ ހުރެ ކަމެއް، ލީކުވެފައިވާ ވައިބާ މެސެޖްތަކުން، ސާފެއް ނުވެ އެވެ. އެކަމަކު ބެލެވޭ ގޮތުގައި އޭނާ ހިތްހަމަޖެހިވަޑައިނުގަތީ ޕާކިސްތާނުގެ ބޮޑުވަޒީރު ނަވާޒް ޝަރީފްގެ ދަތުރުފުޅުގެ ބައެއް ރަސްމިއްޔާތުތަކަށް ބައެއް މެމްބަރުންނަށް ދައުވަތު ނުލިބުމުންނެވެ.
ފަލާހު ވިދާޅުވީ ވަޒީރުންނަށް ދިދަ ޖެހި ކާރުގައި ވަޑައިގެންނެވޭ ތަންތަނަށް މެމްބަރުންނަށް ފައި މަގުގައި ވެސް ވަދެވަޑައިނުގެންނެވޭ ކަމަށެވެ.
އެހެން ލިއުއްވުމުން ގައްދޫ ދާއިރާގެ އަހުމަދު ރަޝީދު ސުވާލުކުރެއްވީ "ކާރު އެކަނިތޯ؟" އެވެ.
"ދެން ހުރި ކަންތައް އެނގިއްޖެއްޔާ ބަޔަކު މޮޔަވެދާނެ،" ރަޝީދުގެ މެސެޖްގައިވެ އެވެ.
ރަޝީދުގެ އެ ވާހަކައަށް "ވަރަށް ބޮޑު ތެދެއް" ކަމަށް ފަލާހު ޖަވާބުދެއްވުމުން އޭގެ ރައްދުގައި ރަޝީދު ވިދާޅުވީ "އެންމެ ރަނގަޅީ ޗުޕް ވެސް ނުބުނެ ތިބިއްޔާ" ކަމަށެވެ.
ނަވާޒް ޝަރީފަށް މަރުހަބާ ދެންނެވުމަށް ސަރުކާރު ކޯލިޝަންގައި ހިމެނިވަޑައިގަންނަވާ މަޖިލީހުގެ ހުރިހާ މެމްބަރުންނަށް ދައުވަތެއް ނުދެ އެވެ. ރަސްމިއްޔާތުތަކަށް ދައުވަތު އެރުވީ އޭގެ ތެރެއިން ބައެއް މެމްބަރުންނަށެވެ. އެއީ ކުރީގެ ސަރުކާރުތަކުން ވެސް ގެންގުޅެމުން އައި އުސޫލެކެވެ.
ޕާކިސްތާނުގެ ބޮޑުވަޒީރުގެ ދެ ކަނބަލުންގެ ޝަރަފުގައި ކުރުނބާ ރިސޯޓުގައި ރޭ ބޭއްވި ރަސްމީ ޖާފަތަށް ޕީޕީއެމާއި އެމްޑީއޭގެ ޕާލަމެންޓްރީ ގްރޫޕުގެ އިސް ބައެއް ބޭފުޅުންނަށް ދައުވަތު އެރުވި އެވެ. އެކަމަކު އެ ހަފުލާގައި ފަލާހު އިންނެވިތަނެއް ނުފެނެ އެވެ.
ރައީސް ޔާމީން ބައިވެރިވެވަޑައިގެންނެވި ޕީޕީއެމްގެ މަޖިލިސް މެމްބަރުންގެ ބައްދަލުވުމެއް
ވަޒީރުންނާއި މެމްބަރުންގެ ތަފާތުކުރާ ކަމަށް ފަލާހު ވިދާޅުވުމުން، އެ ތަފާތަކީ "އޭ އަކުރުން ސީ އަކުރަށްތޯ" ގައްދޫ ދާއިރާގެ މެމްބަރު އަހްމަދު ރަޝީދު އެއްސެވި އެވެ. ޖަވާބުގައި ފަލާހު ވިދާޅުވީ އެއަށް ވުރެ ވެސް ތަފާތު މާ ބޮޑު ކަމަށާއި "އޭ އަކުރުން ޒެޑް އަކުރާ" ދެމެދު އެ ތަފާތު ހުރި ކަމަށެވެ.
ރައީސް ޔާމީން އާއި ފަސްޓް ލޭޑީ ފާތުމަތު އިބްރާހިމާ ވަރަށް ގާތް ގުޅުމެއް އޮންނަ ފަލާހު ވިދާޅުވި ގޮތުގައި "ކަންކަން ދެމިގެންދާނީ ވަކި ވަރެއް ވަންދެން"ނެވެ.
"ރެ އާއި ދުވާލު ރައްޔިތުންގެ ކުރިމަތީގައި މެމްބަރުން ގަނަތެޅެނީ،" އޭނާ ލިއުއްވި އެވެ.
ވައިބަ ގްރޫޕްގެ މި މެސެޖްތަކަކީ އަސްލެއް ކަމަށް ބައެއް މެމްބަރުން ކަށަވަރުކޮށްދެއްވި އެވެ. އެކަމަކު ފަލާހަށް ގުޅުމުން އޭނާ ވިދާޅުވީ "އެއީ ފޭކެއް" ކަމަށެވެ.
ޕީޕީއެމްގެ ޕާލަމެންޓްރީ ގްރޫޕްގެ ތެރޭގައި ޚިޔާލު ތަފާތުވުން ބޮޑުވެ އެތައް މެމްބަރުންނެއް ވަނީ އިދިކޮޅު ފަރާތްތަކާ ގުޅިފަ އެވެ. އަދި މަޖިލީހުގެ ރައީސް އަބްދުﷲ މަސީހު ވަކިކުރުމުގެ ވޯޓުގައިި ޕީޕީއެމްގެ 10 މެމްބަރަކު ސޮއިކުރެއްވުމުން، ރައްޔިތުންގެ މަޖިލިހުގެ މެޖޯރިޓީ ވެސް ސަރުކާރަށް ވަނީ ގެއްލިފަ އެވެ.
ފަލާހުގެ ވާހަކަތަކުން ރިޔާޒް ރަޝީދު ހިތްހަމަނުޖެހިއްޖެ!
ޕީޕީއެމް އަދިވެސް ގޮތް ދޫކުރާކަށް ނުވޭ!
"މަސީހް ސަލާމަތް ކުރުމުގެ ހުރިހާ މަގެއް ބަންދުވެއްޖެ"
ފަލާހަށް ރިޝްވަތު ހުށަހެޅި މައްސަލަ އޭސީސީން ބަލަނީ
އަޅުގަނޑަކީ ޕީޕީއެމް މީހެއް ނޫން، ސިޓީ ނުފޮނުވާތި!
ޕީޕީއެމުން ވަކިކުރި މެމްބަރުންގެ މައްސަލަތައް ބަލަނީ
ފުރުސަތު އެބަ އޮތް، ޕާޓީ އަށް ރުޖޫއަވޭ: ފަލާހް
މެމްބަރު ސިނާން ވެސް ޕީޕީއެމުން ވަކިވެއްޖެ
މެމްބަރުންނާ "ނުގުޅިގެން" ޕީޕީއެމް ޓީމެއް ލަންކާއަށް
އަމީތު ސުލޫކީ ކޮމެޓީ އަށް ހާޒިރުވާން އަންގައިފި