11 ޖުލައި 2017
ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުﷲ މަސީހު މަގާމުން ވަކިކުރަން ސޮއިކުރެއްވުމަށް ފަހު އެ ޕާޓީން ވަކިވެވަޑައިގެންނެވި މެމްބަރުން އަލުން ޕާޓީއާ ގުޅިވަޑައިގަތުމަށް ޕީޕީއެމްގެ ޕާލަމެންޓްރީ ގްރޫޕުގެ ޑެޕިއުޓީ ލީޑަރު އަދި އިނގުރައިދޫ ދާއިރާގެ މެމްބަރު އިބްރާހިމް ފަލާހު ރޭ ގޮވާލައްވައިފި އެވެ.
ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުﷲ މަސީހު މަގާމުން ވަކިކުރަން ސޮއިކުރެއްވުމަށް ފަހު އެ ޕާޓީން ވަކިވެވަޑައިގެންނެވި މެމްބަރުން އަލުން ޕާޓީއާ ގުޅިވަޑައިގަތުމަށް ޕީޕީއެމްގެ ޕާލަމެންޓްރީ ގްރޫޕުގެ ޑެޕިއުޓީ ލީޑަރު އަދި އިނގުރައިދޫ ދާއިރާގެ މެމްބަރު އިބްރާހިމް ފަލާހު ރޭ ގޮވާލައްވައިފި އެވެ.
ރައީސް އަބްދުﷲ ޔާމީނާ އެކު ބޭއްވެވި ޕާލަމެންޓްރީ ގްރޫޕުގެ ބައްދަލުވުމަށް ފަހު ނޫސްވެރިންނާ ވާހަކަ ދައްކަވަމުން ފަލާހު ވިދާޅުވީ ޕާޓީ ބަދަލުކޮށްފި ނަމަ ނުވަތަ ޕާޓީން ވަކިވެއްޖެ ނަމަ ގޮނޑި ގެއްލޭ ގޮތަށް އެޓާނީ ޖެނެރަލް މުހައްމަދު އަނިލް ސުޕްރީމް ކޯޓަށް ވެއްދި ދުސްތޫރީ މައްސަލަ އަށް އެ ޕާޓީގެ ޕާލަމެންޓްރީ ގްރޫޕުގެ ހުރިހާ މެމްބަރުން ވެސް ފުރިހަމަ އަށް ތާއީދުކުރާ ކަމަށެވެ.
މަސީހު މަގާމުން ދުރުކުރަން ސޮއިކުރައްވައި ޕާޓީން ވަކިވެވަޑައިގަތް މެމްބަރުންނަށް ވެސް އޮތް އެންމެ ރަނގަޅު ގޮތަކީ އަލުން ޕާޓީ އަށް ވަޑައިގަތުން ކަމަށް އޭނާ ވިދާޅުވި އެވެ.
"އެ މެމްބަރުންނަށް އަޅުގަނޑު ދަންނަވާލަން އޮތީ ވީހާވެސް އަވަހަކަަށް ޕީޕީއެމަށް އެނބުރި ވަޑައިގަންނަވާށޭ. ތި ބޭފުޅުންނަކީ ޕީޕީއެމްގެ ޓިކެޓުގައި ދާއިރާތަކުން ހޮވިވަޑައިގެންނެވި މެމްބަރުންނޭ. ތި ބޭފުޅުން ޕީޕީއެމަށް ހިދުމަތްކުރަން އަދިވެސް ފުރުސަތު އެބަ އޮތް. މާދަމާ ވެސް އަޅުގަނޑުމެން މި އުއްމީދު ކުރަނީ ތި ބޭފުޅުން ޕީޕީއެމާ ގުޅިވަޑައިގަންނަވާނެ ކަމަށް،" ފަލާހް ވިދާޅުވި އެވެ.
ޕީޕީއެމްގެ މެމްބަރުން ޕާޓީން ވަކިވެވަޑައިގަތުމުން މަޖިލީހުގައި އެ ޕާޓީގެ މެޖޯރިޓީ ވެސް މިހާރު ވަނީ ގެއްލިފަ އެވެ.
1- ދަނގެތީ ދާއިރާގެ މެމްބަރު އިލްހާމް އަހުމަދު
2- މައްޗަންގޮޅި ދެކުނު ދާއިރާގެ މެމްބަރު އަބްދުﷲ ސިނާން
3- ދިއްދޫ ދާއިރާގެ މެމްބަރު އަބްދުއްލަތީފް މުހައްމަދު
4- ހަނިމާދޫ ދާއިރާގެ މެމްބަރު ހުސެއިން ޝަހުދީ 5- އިހަވަންދޫ ދާއިރާގެ މެމްބަރު މުހައްމަދު އަބްދުﷲ
6- ތިނަދޫ އުތުރު ދާއިރާގެ މެމްބަރު ސައުދުﷲ ހިލްމީ
7- ތިނަދޫ ދެކުނު ދާއިރާގެ މެމްބަރު އަބްދުﷲ އަހުމަދު
8- މަހިބަދޫ ދާއިރާގެ މެމްބަރު މުހައްމަދު ތޯރިގް
9- ތިމަރަފުށީ ދާއިރާގެ މެމްބަރު މުހައްމަދު މުސްތަފާ
10- ފުވައްމުލަކު އުތުރު ދާއިރާގެ މެމްބަރު އަލީ ޝާހު
ފަލާހު ވިދާޅުވީ ކޯލިޝަން މެމްބަރުން ވަރަށް ސާބިތުކަމާ އެކު ރައީސް ޔާމީނާ އެކު ތިއްބަވައި ސަރުކާރު ސަލާމަތްކޮށް، 2018 އެމަނިކުފާނަށް ކާމިޔާބުކޮށްދޭން ވެސް ރޭގެ ބައްދަލުވުމުގައި ފާސްކުރި ކަަމަށެވެ. އިދިކޮޅު ފަރާތްތަކުން ގެންނަން އުޅެނީ "ބަޣާވާތެއް" ކަމަށާއި އެކަން ސަރުކާރުން ނާކާމިޔާބުކޮށްލާނެ ކަމަށް ވެސް ވިދާޅުވި އެވެ.
ޕީޕީއެމްގެ ޑެޕިއުޓީ ލީޑަރު އަބްދުއްރަހީމް އަބްދުﷲ އާއި އެމްޑީއޭގެ ޑެޕިއުޓީ ލީޑަރު އަލީ މައުރޫފް ވިދާޅުވީ ސުޕްރީމް ކޯޓަށް ހުށަހެޅި މައްސަލާގައި ވެސް "ނަސްރު ލިބޭނެ" ކަމަށެވެ.
އަބްދުއްރަހީމް ވިދާޅުވި ގޮތުގައި ޕާޓީ ބަދަލުކޮށްފި ނަމަ ގޮނޑި ގެއްލޭ ގޮތަށް ހަދަން ޕީޕީއެމުން ބޭނުންވަނީ ގައުމާއި ރައްޔިތުންގެ ހައްގުގަ އެވެ. ކޮންމެ ކަމެއްގައި ވެސް އެ ޕާޓީން އެންމެ ފުރަތަމަ އިސްކުރާނީ ގައުމު ކަަމަށް ވެސް އޭނާ ވިދާޅުވި އެވެ.
ޕީޕީއެމް އަދިވެސް ގޮތް ދޫކުރާކަށް ނުވޭ!
އަމީތު ސުލޫކީ ކޮމެޓީ އަށް ހާޒިރުވާން އަންގައިފި
"ޕީޖީގެ އަޣުލަބިއްޔަތު ނަގާލަން އުޅުމަކީ ޣައްދާރުވުން"
ބަޔަކު އޮޑިން ފުންމާލުމުން ނިކަމެތިވި: ރައީސް
ރައީސް ޔާމީނަށް ޓިކެޓް ދިނީ ރަނގަޅަށްތޯ އީސީން ބަލަނީ
ޕީޕީއެމްގެ ހަރަކާތްތަކުން ޚަލީލް "ގެއްލިއްޖެ"!
ރިޔާސީ ބަޔާނުން އުފާވެރިކަމާއި އުއްމީދު އާވި: ޕީޕީއެމް
ރިޔާސީ ބަޔާނުގައި އެތައް ހުސްކަމެއް
މިއީ، ކަލޭމެންގެ އެކަނި ގައުމެއް ނޫން: އަބްދުއްރަހީމް
އައްޑު އަށް 1.5 ބިލިއަން ރުފިޔާ ހޭދަކޮށްފިން:ރައީސް