27 މެއި 2018
ވެރިކަން ކުރާ ޕީޕީއެމްގެ ރިޔާސީ ޓިކެޓް، ރައީސް އަބްދުﷲ ޔާމީނަށް ދޭން ނިންމީ ރަނގަޅަށްތޯ ބަލަމުން އަންނަ ކަމަށް އިލެކްޝަންސް ކޮމިޝަން (އީސީ) އިން މިއަދު ބުނެފި އެވެ.
ވެރިކަން ކުރާ ޕީޕީއެމްގެ ރިޔާސީ ޓިކެޓް، ރައީސް އަބްދުﷲ ޔާމީނަށް ދޭން ނިންމީ ރަނގަޅަށްތޯ ބަލަމުން އަންނަ ކަމަށް އިލެކްޝަންސް ކޮމިޝަން (އީސީ) އިން މިއަދު ބުނެފި އެވެ.
ރައީސް ޔާމީން ރިޔާސަތު ބެލެހެއްޓެވި ޕީޕީއެމްގެ ކައުންސިލް ބައްދަލުވުމުގައި، އެ މަނިކުފާނަށް ރިޔާސީ ކެންޑިޑޭޓު ކަން ދޭން މެމްބަރުންގެ އިއްތިފާގުން ނިންމީ އެ ޕާޓީގެ އަސާސީ ގަވާއިދާ ޚިލާފަށް ކަމަށް ތުހުމަތުކޮށް، ފާޑުކިއުން ވަނީ އަމާޒުވެފަ އެވެ.
އީސީގެ މެމްބަރު އަހްމަދު އަކްރަމް "މިހާރު" އަށް ވިދާޅުވީ ސެޕްޓެމްބަރު މަހު އޮންނަ ރިޔާސީ އިންތިހާބުގައި ޕީޕީއެމްގެ ރިޔާސީ ކެންޑިޑޭޓަކީ ރައީސް ޔާމީން ކަން އެ ޕާޓީން އަންގާފައިވާ ކަމަށެވެ. އެމަނިކުފާނު ކެންޑިޑޭޓަކަށް ހަމަޖެއްސީ، ޕާޓީގެ އަސާސީ ގަވާއިދާއި އެ ނޫން ވެސް އިޖުރާއަތުތައް ފުރިހަމަކޮށްފައިތޯ ބަލަމުން އަންނަ ކަމަށް އޭނާ ވިދާޅުވި އެވެ.
"ޕާޓީތަކުން ކަނޑައަޅާ ކެންޑިޑޭޓް މިވާން ޖެހެނީ ރާއްޖޭގެ ގާނޫނުތަކުގައި ބުނާ ޝަރުތުތަކާ ފުށު ނާރާ ބޭފުޅަކަށް. ޕީޕީއެމްގެ ކެންޑިޑޭޓް ކަނޑައެޅީ އިޖުރާއަތުތަކާ އެއްގޮތަށްތޯ ބަލައި، ވަރަށް އަވަހަށް އާއްމުކުރާނަން،" އަކްރަމް ވިދާޅުވި އެވެ.
ޕީޕީއެމުން ބުނެފައިވާ ގޮތުގައި ދެ ވަނަ ދައުރަކަށް ރައީސް ޔާމީނަށް ޓިކެޓް ދޭން ނިންމީ އެ ޕާޓީގެ އަސާސީ ގަވާއިދުގެ 69 ވަނަ މާއްދާގެ (އ)އާ އެއްގޮތަށެވެ.
އެ މާއްދާގައި ބުނެފައި ވަނީ، އެ ޕާޓީގެ ޓިކެޓުގައި ހޮވިވަޑައިގެން ހިނގަމުންދާ ދައުރުގެ ރައީސުލްޖުމްހޫރިއްޔާ، ދެ ވަނަ ދައުރަކަށް ކުރިމަތިލައްވަން ބޭނުންފުޅު ނަމަ ޕްރައިމަރީއަކާ ނުލައި އެ ބޭފުޅަކަށް ޕީޕީއެމްގެ ރިޔާސީ ޓިކެޓު ދެވިދާނެ ކަމަށެވެ. ނަމަވެސް، ޕާޓީގެ މުސްތަޝާރާ ވާދަކޮށް، ޕާޓީގެ ޓިކެޓް ހޯދުމަށް އިތުރު މެމްބަރަކު ނުވަތަ މެމްބަރުންތަކެއް ޝައުގުވެރިކަން ފާޅުކޮށްފައިވާ ނަމަ، އެ މެމްބަރަކު ނުވަތަ މެމްބަރުންނަށް ޕްރައިމަރީއަކަށް ގޮސް ޕާޓީގެ މުސްތަޝާރާ ވާދަކޮށްގެން ޓިކެޓް ހޯދުމުގެ ފުރުސަތު ދޭން ފެނޭތޯ، އެ ރިޔާސީ އިންތިހާބުގެ ތާރީޚާ އެންމެ ކައިރިކޮށް ބޭއްވޭ ޕާޓީގެ ގައުމީ ޖަލްސާއެއްގައި މަންދޫބުންގެ ވޯޓަކުން ނިންމަންވާނެ އެވެ. އަދި އެގޮތަށް އެ މެމްބަރުންނަށް ފެންނަ ނަމަ ޕްރައިމަރީއެއް ބާއްވަން ޖެހޭނެ އެވެ.
ރައީސް ޔާމީނަށް ޓިކެޓް ދޭން ކައުންސިލުން ނިންމީ، ޝައުގުވެރިވާ އެހެން ބޭފުޅަކު ހުރިތޯ ބަލަން ހުޅުވާ ވެސް ނުލަ އެވެ. ރިޔާސީ ޕްރައިމަރީއަކަށް ހުޅުވާ ނުލައި ޓިކެޓް ދިނުމަކީ ޕާޓީގެ އަސާސީ ގަވާއިދާ ޚިލާފުވުން ކަަމަށް އެ ޕާޓީން ވަކިވެވަޑައިގެންނެވި ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންނާއި އެ ޕާޓީގެ އިސް މަގާމްތައް ފުރުއްވި ބައެއް ބޭފުޅުން ދެކެވަޑައިގަންނަވަ އެވެ.
ޕާޓީތަކުން ހޮވާ ރިޔާސީ ކެންޑިޑޭޓުގެ މައުލޫމާތު އިލެކްޝަންސަށް ފޮނުވަނީ، ރިޔާސީ ޕްރައިމަރީ ބޭއްވުމާ ގުޅޭ ގޮތުން އެ ކޮމިޝަނުން އާއްމުކުރި އުސޫލާ ގުޅިގެންނެވެ.
އެ އުސޫލުގައި ބުނެފައި ވަނީ ރިޔާސީ އިންތިހާބަށް ޕާޓީތަކުން ޕްރައިމަރީއެއް ބާއްވާ ނަމަ، ނުވަތަ ޕްރައިމަރީއަކާ ނުލައި ޓިކެޓް ދޭން ނިންމާ ނަމަ، އެކަން އެ ކޮމިޝަނަށް އަންގަން ޖެހޭނެ ކަމަށެވެ. އަދި ޕާޓީތަކުން ޕްރައިމަރީ ބާއްވާ ނަމަ މި މަހުގެ 21 އާއި އަންނަ ޖުލައި މަހުގެ 1 އާ ދެމެދު ޕްރައިމަރީ ބާއްވައި ވާދަ ކުރާ ކެންޑިޑޭޓުންގެ މައުލޫމާތާއި ޕްރައިމަރީ ބާއްވާ ތާރީހު އަންގަން ވާނެ ކަމަށް ވެސް ބުނެފައިވެ އެވެ. މީގެ އިތުރުން ޕްރައިމަރީގެ ނަތީޖާ ޖުލައި 8 ގެ ކުރިން އީސީއާ ޕާޓީތަކުން ހިއްސާ ކުރަން ޖެހޭނެ ކަމަށް ވެސް ބުނެފައިވެ އެވެ.
މި އުސޫލް އާއްމުކޮށް، ކުރީގެ ރައީސް މުުހައްމަދު ނަޝީދަށް ފުރުސަތު ދީގެން އެމްޑީޕީގެ ޕްރައިމަރީ ބާއްވާނަމަ، ބަލައިނުގަންނާނެ ކަމަށް އިލެކްޝަންސުން އެންގުމާ ގުޅިގެން އިދިކޮޅު ޕާޓީތަކާއި ބައިނަލްއަގުވާމީ ބައެއް ފަރާތްތަކުގެ ފާޑުކިއުން އިލެކްޝަންސަށް ވަނީ އަމާޒުވެފަ އެވެ.
ކޮންގްރެސްއަކުން ޕީއެންސީގެ އިސް މަގާމުތައް ހޮވަނީ
ޕީޕީއެމް ދަރަނިވެރިވެ ފޯނު ބިލްތައް ވެސް ނުދެއްކުނު!
އިދިކޮޅު ޕާޓީއެއް ނެތުމުގެ ކަންބޮޑުވުން ފާޅުކުރައްވައިފި
އިބޫ އެއްވެސް ރައްޔިތަކަށް އަނިޔާވެރި ނުވާނެ: ރިޔާޒް
"އަޅުގަނޑުގެ ނުކުޅެދުންތެރި ކަމަކީ މީހުން ދަސްނުވުން"
ޕީޕީއެމްގެ ކޮންގްރެސް ހުއްޓުވަން އީސީއަށް ހުށަހަޅައިފި
ބަޔަކު އޮޑިން ފުންމާލުމުން ނިކަމެތިވި: ރައީސް
ރީ ރަޖިސްޓްރީވާން ބުނުމަކީ ނުފޫޒު ފޯރުވުމެއް ނޫން: ރައީސް
ބާއްވަން މި އުޅެނީ ކޮން ކަހަލަ އިންތިޚާބެއް؟
ޕީޕީއެމުން ކަނޑާލާ މީހުން ޕާޓީއަށް ވައްދަން އުސޫލެއް