27 ސެޕްޓެމްބަރ 2018
މާދަމާ ފަށާ، ޕީޕީއެމްގެ ކޮންގްރެސް ހުއްޓުވައި ދިނުމަށް އެދި، އެ ޕާޓީގެ ކުރީގެ ކައުންސިލް މެމްބަރު އަދި ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމްގެ ދަރިކަނބަލުން ޔުމްނާ މައުމޫންގެ ފިރިކަލުން މުހައްމަދު ނަދީމް، އިލެކްޝަންސް ކޮމިޝަން (އީސީ) އަށް މިއަދު ހުށަހަޅުއްވައިފި އެވެ.
މާދަމާ ފަށާ، ޕީޕީއެމްގެ ކޮންގްރެސް ހުއްޓުވައި ދިނުމަށް އެދި، އެ ޕާޓީގެ ކުރީގެ ކައުންސިލް މެމްބަރު އަދި ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމްގެ ދަރިކަނބަލުން ޔުމްނާ މައުމޫންގެ ފިރިކަލުން މުހައްމަދު ނަދީމް، އިލެކްޝަންސް ކޮމިޝަން (އީސީ) އަށް މިއަދު ހުށަހަޅުއްވައިފި އެވެ.
އެ ކޮމިޝަންގެ ރައީސް އަހުމަދު ޝަރީފަށް، ނަދީމް ފޮނުއްވި ސިޓީއެއްގައި ވިދާޅުވީ ޕީޕީއެމްގެ ކޮންގްރެސް ބާއްވަން ނިންމި އިރު، އެ ޕާޓީގެ އަސާސީ ގަވައިދުގައި ބުނާ ހާލަތެއް މެދުވެރިވެފައި ނުވާ ކަމަށެވެ.
ކޮންގްރެސް ބާއްވަންޖެހޭ ހާލަތްތައް ޕީޕީއެމްގެ އަސާސީ ގަވައިދުގައި ބަޔާންކޮށްފައިވެ އެވެ. އޭގެ ތެރެއިން އެއް ކަމަކީ ޕާޓީގެ ރައީސްގެ މައްޗަށް އިތުބާރު ނެތްކަމުގެ މައްސަލައެއް ހުށަހެޅުމެވެ. ދެވަނަ ހާލަތަކީ ޕާޓީގެ އާންމު މެމްބަރުންގެ ތެރެއިން 25 ޕަސެންޓު މީހުން، ކޮންގްރެސްއެއް ބާއްވައި ދިނުމަށް އެދި ކައުންސިލަށް ހުށަހެޅުމެވެ. ތިންވަނަ ހާލަތަކީ ކޮންގްރެސް ބޭއްވުމަށް ކައުންސިލުން ފާސްކުރުމެވެ.
ނަދީމްގެ ސިޓީގައިވާ ގޮތުން، އެއްވެސް ހާލަތެއް މެދުވެރިވެއްޖެ ނަމަ، ކޮންގްރެސް ބޭއްވޭނީ ޕީޕީއެމްގެ ކައުންސިލުން އެގޮތަށް ފާސްކޮށްގެންނެވެ. އެކަމަކު، މިހާރު އޮތީ ޕީޕީއެމްގެ އަސާސީ ގަވައިދުގެ ދަށުން ސައްހަ ކައުންސިލެއް ނޫން ކަމަށް ނަދީމް ވިދާޅުވި އެވެ.
"ކައުންސިލްގެ ދައުރަކީ ފަސް އަހަރު ކަން އަސާސީ ގަވައިދުގެ 81 ވަނަ މާއްދާ އަށް ބެލުމުން އެނގެ އެވެ. އަސާސީ ގަވައިދުގައި ބަޔާން ކޮށްފައިވާ ކައުންސިލް ވަނީ ޖެނުއަރީ 2018 ގެ ނިޔަލަށް އުވިފަ އެވެ،" ޓެރަރިޒަމްގެ ދައުވާއާ ގުޅިގެން ގިނަ ދުވަސްތަކެއް ވަންދެން ޖަލުގައި ހުންނެވުމަށް ފަހު، މިދިޔަ ހޯމަ ދުވަހު ކްރިމިނަލް ކޯޓުން މިނިވަން ކުރި ނަދީމްގެ ސިޓީގައިވެ އެވެ.
އޭނާ ވިދާޅުވި ގޮތުގައި ކައުންސިލް ބައްދަލުވުމެއް ބާއްވަން ޖެހޭނީ ޕާޓީގެ ރައީސްގެ ބެއްލެވުމުގެ ދަށުން ކަމަށް ވާއިރު، ޕީޕީއެމްގެ ރައީސްގެ މަގާމުން މައުމޫން ވަކި ކުރީ އަސާސީ ގަވައިދާ ހިލާފަށެވެ. އަދި، އެ ޝަކުވާ ވެސް އިލެކްޝަންސް ކޮމިޝަނަށް ހުށަހަޅާފައިވާނެ ކަމަށް ސިޓީގައިވެ އެވެ.
ޕީޕީއެމްގެ މުސްތަޝާރު، ރައީސް އަބްދުﷲ ޔާމީނާއި އެ ޕާޓީގެ ކުރީގެ ރައީސް އަދި ޖަލު ހުކުމެއްގައި މިހާރު ހުންނެވި މައުމޫނާ ދެމެދު ސިޔާސީ ކޯޅުން ބޮޑުވެ، ޕީޕީއެމްގެ ހިންގުމާ ގުޅޭ ގޮތުން އެ ޕާޓީގެ ކައުންސިލުން ވަކި ގޮތަކަށް ކަނޑައަޅަން ދެން ޕާޓީ ހިންގުމުގެ އެންމެހައި ޒިންމާ އުފުލަން ޖެހޭ ފަރާތަކީ މުޝްތަޝާރު ކަމަށް ސިވިލް ކޯޓުން ވަނީ ހުކުމް ކޮށްފަ އެވެ. އެ ނިންމުމަށް ފަހު، ޕީޕީއެމްގެ ކައުންސިލުން ވަނީ އެ ޕާޓީގެ ހުރިހާ ޒިންމާތަކެއް ރައީސް ޔާމީނާ ހަވާލު ކޮށްފަ އެވެ.
އެކަމަކު، މާދަމާ އާއި ހޮނިހިރު ދުވަހު ބާއްވަން ނިންމާފައިވާ ޕީޕީއެމްގެ ގައުމީ ޖަލްސާ ނުވަތަ ކޮންގްރެސް ހުއްޓުވަން މައުމޫނަށް ތާއީދު ކުރައްވާ ބޭފުޅުން ވަނީ ނިންމައިފަ އެވެ. އެ ބޭފުޅުން ވިދާޅުވި ގޮތުގައި، ޕީޕީއެމްގެ އިންތިހާބީ ލީޑަޝިޕް ނޫން ފަރާތަކަށް ޕީޕީއެމް ހަވާލުކޮށް ހިންގުމަށް ކޯޓަކުން ހުކުމް ކޮށްފައެއް ނެތެވެ.
ރައީސް ޔާމީންގެ ސަރުކާރުގެ އަމަލުތަކާ މެދު ހިތްޕުޅު ހަމަޖެހިވަޑައިނުގެން އިދިކޮޅު ސިޔާސީ ލީޑަރުންނާ އެކު މައުމޫން ސިޔާސީ މަސައްކަތްޕުޅު ފެއްޓެވި ފަހުން، އެ މަނިކުފާނުގެ މައްޗަށް އުފުލި އަދުލު އިންސާފު ގާއިމު ކުރުމަށް ހުރަސް އެޅުމުގެ ދައުވާ ސާބިތުވެ، އެއް އަހަރާއި ހަތް މަހަށް ވަނީ ޖަލަށް ލައިފަ އެވެ.
މި ހިތްވަރެއް ނޭލޭނެ: މައުމޫން
އިބޫ އެއްވެސް ރައްޔިތަކަށް އަނިޔާވެރި ނުވާނެ: ރިޔާޒް
"ކޮންގްރެސް ބާތިލްކުރުން ގަބޫލެއް ނުކުރަން"
މައުމޫނަށް ގާނޫނުގެ ދަށުން ވެސް ލިއުން އަދި ނުލިބޭ!
ޕާޓީތަކުގެ މައުލޫމާތު ދޭނީ އެ ޕާޓީއަކުން: އީސީ
މައުމޫނަކީ ޕީޕީއެމްގެ ރައީސްކަމުގެ ލިޔުމެއް ނުލިބުނު
ޕީޕީއެމްގެ ރައީސް ކަމުގެ ލިއުމަށް މައުމޫން އެދިވަޑައިގެންފި
ޕީޕީއެމްގެ އާ ރަޖިސްޓްރީއާ މެދު ސުވާލު އުފެދިއްޖެ!
ވާދަ ނުކުރެވޭ ގޮތް ހެދުން ގާނޫނުއަސާސީއާ ހިލާފު
ޕީޕީއެމްގެ މައްސަލަ މައުމޫން އިލެކްޝަންސަށް ހުށަހަޅައިފި