24 ނޮވެމްބަރ 2016
ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމަކީ ޕީޕީއެމްގެ ރައީސް ކަމުގެ ލިއުމެއް ހޯދަން އިލެކްޝަންސް ކޮމިޝަންގައި އެދުމުން އެފަދަ ލިޔުމެއް ނުދިން ކަމަށް މައުމޫން ފެކްޝަނުން ބުނެފި އެވެ.
ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމަކީ ޕީޕީއެމްގެ ރައީސް ކަމުގެ ލިއުމެއް ހޯދަން އިލެކްޝަންސް ކޮމިޝަންގައި އެދުމުން އެފަދަ ލިޔުމެއް ނުދިން ކަމަށް މައުމޫން ފެކްޝަނުން ބުނެފި އެވެ.
ދެ ބައި ވެފައިވާ ޕީޕީއެމްގައި، ރައީސް މައުމޫންގެ ފެކްޝަނުން ނައިބު ރައީސް ކަމަށް އައްޔަންކޮށްފައިވާ އައިމިނަތު ނާދިރާ މިއަދު ވިދާޅުވީ މައުމޫނަކީ ޕީޕީއެމްގެ ރައީސްކަން އަންގައިދޭ ލިޔުމެއް ބޭނުންވީ ޕާޓީގެ އަސާސީ ގަވައިދާ ޚިލާފަށް ޕާޓީގެ ޒިންމާތައް ކައުންސިލުން މުސްތަޝާރާ ހަވާލުކުރި މައްސަލަ ކޯޓުގައި ކުރިއަށް ގެންދިއުމަށް އެފަދަ ލިޔުމެއް ކޯޓަށް ހުށަހަޅަން ޖެހުމުން ކަމަށެވެ.
ނާދިރާ ވިދާޅުވި ގޮތުގައި ލިޔުން ހޯދަން ސިޓީ ފޮވައިގެންނާއި ފޯނުކޮށްގެން މަސައްކަތްކުރުމުން ވެސް ލިބޭ ގޮތް ނުވުމުން އެންމެ ފަހުން އިއްޔެ ކޮމިޝަނަށް ގޮސްގެން ވެސް ލިޔުން ލިބޭ ގޮތެއް ނުވި އެވެ.
ކޯޓަށް ހުށަހަޅަން ޖެހޭ ލިއުން ވީހާވެސް އަވަހަކަށް ލިބޭނެ އިންތިޒާމެއް ހަމަޖައްސައިދޭން އެދިފައިވިއަސް ކޮމިޝަނުގެ ސެކްރެޓަރީ ޖެނެރަލްގެ ފަރާތުން ލިބުނު ޖަވާބުން އެ ލިއުން އެހާ އަވަހަށް ލިބޭނެ ކަމުގެ އުއްމީދެއް ނެތް ކަމަށް ނާދިރާ ވިދާޅުވި އެވެ. ނާދިރާ ވިދާޅުވި ގޮތުގައި، މައުމޫން އެދިވަޑައިގަތް ލިއުން ދޫކުރުމާ ގުޅޭ ގޮތުން ފުރަތަމަ ޖެހޭނީ ކޮމިޝަންގެ މެމްބަރުންގެ ބައްދަލުވުމެއް ބާއްވައި ގޮތެއް ނިންމަން ކަމަށް ސެކްރެޓަރީ ޖެނެރަލް ވަނީ ވިދާޅުވެފަ އެވެ.
"މެމްބަރުންގެ ބައްދަލުވުން މިއަދު ބާއްވާފައި ޖަވާބެއް ދެއްވާނެ ކަމަށް ސެކްރެޓަރީ ޖެނެރަލް ވިދާޅުވީ. ކޮމިޝަންގެ ލީގަލް ޓީމުގެ ލަފާ ހޯދާފައި ގޮތެއް ނުނިމިއްޖިއްޔާ އެޓާނީ ޖެނެރަލްގެ ވެސް ލަފާ ހޯދާނެ ކަމަށް،" ނާދިރާ ވިދާޅުވި އެވެ.
"އަޅުގަނޑުމެން މި އެދެނީ އިލެކްޝަންސް ކޮމިޝަނަށް ހުށަހަޅާފައިވާ ލިއުމެއްގެ ފޮޓޯ ކޮޕީ އަށް. އެ ބޭފުޅުން [އިލެކްޝަނުން] ވިދާޅުވަނީ ކޯޓުގައި ހިނގާ ބައެއް މައްސަލަތަކުގައި ކޯޓުން ވެސް އެދޭ ކަމަށް އެ ކޮމިޝަނުގައި ލިއުން ހޯދަން."
މައުމޫނަކީ ޕީޕީއެމްގެ ރައީސްކަން އަންގައިދޭ ލިޔުމެއް ކޯޓަށް ހުށަހަޅަން ބުނި ކަމުގައި ވިޔަސް ޕީޕީއެމްގެ ރައީސްގެ ބާރުތައް މުސްތަޝާރާ ހަވާލުކުރިއިރު، އެފަދަ ލިއުމެއް ކޯޓުން ހޯދާފައި ނުވާ ކަމަށް ނާދިރާ ވިދާޅުވި އެވެ.
މައުމޫންގެ ބާރުތައް މުސްތަޝާރާ ހަވާލުކުރަން ކުރި އަމުރާ އެއްގޮތަށް، ޕާޓީގެ ހުރިހާ ކަމެއް މިހާރު ހިންގަވަނީ ރައީސް ޔާމީންގެ ބެއްލެވުމުގެ ދަށުންނެވެ. ކުރިން ހ. ތެމާގައި ހިންގި ޕީޕީއެމްގެ ރަސްމީ އޮފީހުގައި ހުރި ހުރިހާ މުދަލާއި ތަކެއްޗެއް ވެސް ވަނީ ރައީސް ޔާމީންގެ ފެކްޝަންގެ ބާރުގެ ދަށަށް ގެންގޮސްފަ އެވެ. ތެމާގައި މިހާރު ހިންގަނީ ޕީޕީއެމްގެ ރައީސް މައުމޫންގެ އޮފީހެވެ..
ޕީޕީއެމްގެ ރައީސް ކަމުގެ ލިއުމަށް މައުމޫން އެދިވަޑައިގެންފި
އެންމެ މުހިއްމީ މިނިވަން ފަނޑިޔާރުގެއެއް: މައުމޫން
ޕީޕީއެމްގެ އާ ރަޖިސްޓްރީއާ މެދު ސުވާލު އުފެދިއްޖެ!
ވާދަ ނުކުރެވޭ ގޮތް ހެދުން ގާނޫނުއަސާސީއާ ހިލާފު
ޕީޕީއެމްގެ މުދާ ހޯދަން ފޮނުވި ސިޓީއާ ހަވާލެއް ނުވި
ޕީޕީއެމްގެ މައްސަލަ މައުމޫން އިލެކްޝަންސަށް ހުށަހަޅައިފި
ދައުލަތުގެ މުސާރަ ނިންމައި ޕީޕީއެމަށް ފައިސާ ދޫކުރަނީ
ޕީޕީއެމް ވަރުގަދަކުރަން ނައިބު ރައީސަކަށް ޣައްސާން
ކޮންގްރެސްއަކުން ޕީއެންސީގެ އިސް މަގާމުތައް ހޮވަނީ
ޕީޕީއެމް ދަރަނިވެރިވެ ފޯނު ބިލްތައް ވެސް ނުދެއްކުނު!