19 ނޮވެމްބަރ 2016
ސިޔާސީ ޕާޓީތަކުން ބާއްވާ ޕްރިމަރީތަކުގައި ނާކާމިޔާބުވާ ކެންޑިޑޭޓުން އިންތިހާބުތަކުގައި ވާދަނުކުރެވޭ ގޮތަށް ގާނޫނު ބަދަލު ކުރުމަކީ ގާނޫނުއަސާސީއާ ހިލާފު ކަމެއް ކަމަށް ދެ ފަޅިވެފައި އޮތް ޕީޕީއެމްގެ ރައީސް މައުމޫން އަބްދުލްގައްޔޫމްގެ ފެކްޝަނުން މިއަދު ބުނެފިއެވެ.
ސިޔާސީ ޕާޓީތަކުން ބާއްވާ ޕްރިމަރީތަކުގައި ނާކާމިޔާބުވާ ކެންޑިޑޭޓުން އިންތިހާބުތަކުގައި ވާދަނުކުރެވޭ ގޮތަށް ގާނޫނު ބަދަލު ކުރުމަކީ ގާނޫނުއަސާސީއާ ހިލާފު ކަމެއް ކަމަށް ދެ ފަޅިވެފައި އޮތް ޕީޕީއެމްގެ ރައީސް މައުމޫން އަބްދުލްގައްޔޫމްގެ ފެކްޝަނުން މިއަދު ބުނެފިއެވެ.
ޕާޓީތަކުގެ ޕްރައިމަރީތަކުގައި ވާދަކޮށް ބަލިވާ ކެންޑިޑޭޓުން އަމިއްލަ ގޮތުން ނުވަތަ އެހެން ޕާޓީއެއްގެ ޓިކެޓުގައި އިންތިހާބުތަކުގައި ވާދަކުރާ ނަމަ، އެ ކެންޑިޑޭޓެއްގެ ކެންޑިޑެސީ ބާތިލްވާ ގޮތަށް ސިޔާސީ ޕާޓީގެ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލު ރައްޔިތުންގެ މަޖިލީހަށް ވަނީ ހުށަހަޅައިފަ އެވެ.
މައުމޫންގެ ފެކްޝަނުން ނެރުނު ބަޔާނެއްގައި ބުނީ އިންތިހާބުތަކުގައި ވާދަކުރުމުގެ ހައްގަކީ އުމުރުން 18 އަހަރު ފުރިފައިވާ ކޮންމެ ދިވެހި ރައްޔިތަކަށް ގާނޫނުއަސާސީ އާއި ސިޔާސީ ހައްގުތަކާ ބެހޭ ބައިނަލްއަގުވާމީ މުއާހަދާއިން ކަށަވަރުކޮށްދީފައި އޮތް ހައްގެއް ކަމަށެވެ.
ނަމަވެސް ގާނޫނުއަސާސީއާ ހިލާފަށް ރައްޔިތުންގެ މަޖިލިސް މެދުވެރިކޮށް، އެ ހައްގު ނިގުޅައިގަތުމަށް ބަޔަކު މަސައްކަތް ކުރާތީ ޕީޕީއެމްގެ މެމްބަރުން ކަންބޮޑުވެފައިވާ ކަމަށް މައުމޫންގެ ފެކްޝަންގެ ބަޔާނުގައިވެ އެވެ.
"އަޣުލަބިއްޔަތުގެ ބޭނުން ނަހަމަ ގޮތުގައި ހިފައިގެން، ތަކުރާރުކޮށް ގާނޫނުއަސާސީން ރައްޔިތުންނަށް ކަށަވަރުކޮށްދީފައިވާ ހައްގުތައް ނިގުޅައިގަންނަން ގާނޫނުތަކަށް އިސްލާހު ހުށަހަޅާ، ރައްޔިތުންގެ މަޖިލިސް ހިންގުމުގެ އިޖުރާއަތްތަކާ ހިލާފަށް، އަވަސް އަވަހަށް އެފަދަ އިސްލާހުތައް ފާސްކުރަމުން ދިޔުމަކީ ޕާޓީގެ މެންބަރުން އިންތިހާއަށް ކަންބޮޑުވާ ކަމެކެވެ،" ބަޔާނުގައިވެ އެވެ.
ލޯކަލް ކައުންސިލްތަކުގެ އިންތިހާބާ ދިމާކޮށް ރައީސް އަބްދުﷲ ޔާމީންގެ ފެކްޝަނުން ޕޮއިންޓް ދޭ ގޮތަކަށް އުސޫލުތަކަށް ބަދަލުގެނެސް، ވަކި ވަރަކަށް ޕޮއިންޓް ލިބޭ މީހުންނަށް ޕްރައިމަރީގައި ވާދަނުކުރެވޭ ގޮތަށް ނިންމުމުން އެކަމުގެ ޝަކުވާ ލިބެމުން އަންނަ ކަމަށް މައުމޫންގެ ފެކްޝަނުން ވަނީ ބުނެފަ އެވެ.
އެ ފެކްޝަނުން ނެރުނު ބަޔާނުގައި ގޮތުގައި ޕޮއިންޓް ދޭ ގޮތަށް އުސޫލުތައް ބަދަލު ކުރީ އިންތިހާބު ކޮމެޓީގެ ލަފައަކާ ނުލަ އެވެ. ޕާޓީގެ އަސާސީ ގަވައިދާއި ހިންގާ ގަވައިދުގައި ވާގޮތުން އިންތިހާބު ތަކުގެ އެންމެހައި ކަންކަން ކުރާނީ ޕާޓީގެ އިންތިހާބު ކޮމިޓީގެ ބެލުމުގެ ދަށުން ކަމަށް ވެސް ބަޔާނުގައިވެ އެވެ.
މައުމޫންގެ ފެކްޝަނުން ބުނި ގޮތުގައި ސިޔާސީ ވެއްޓެއް އޮތުމަކީ ޑިމޮކްރެޓިކް ނިޒާމެއްގައި ލާޒިމް ކަމެކެވެ. ވާދަވެރި ސިޔާސީ ހަރަކާތްތަކަށް އޮތް ޖާގަ ދުވަހަކަށް ވުރެ ދުވަހެއް ހަނި ކުރަމުން ގޮސް، އިންތިހާބުތަކަށް ނުފޫޒު ފޯރުވާ މިންވަރަށް އަމަލުތައް ދިއުމަކީ އެކަން ކުރާ ބަޔަކު ޑިމޮކްރަސީގެ ހަމަތަކަށް އިހުތިރާމް ނުކުރާ ކަމުގެ ދަލީލެއް ކަމަށް ވެސް އެ ބަޔާނުގައިވެ އެވެ.
ވިލިނގިލީ ދާއިރާގެ ޕީޕީއެމް މެމްބަރު ސައުދު ހުސެއިން މަޖިލީހަށް ހުށަހެޅުއްވި އިސްލާހުގައި ވަނީ ސިޔާސީ ޕާޓީއެއްގައި ރަޖިސްޓަރީ ކޮށްފައިވާ މެމްބަރަކު، ގާނޫނުއަސާސީން ނުވަތަ ގާނޫނަކުން ބާރު ލިބިގެން ބާއްވާ އެއްވެސް އިންތިހާބެއްގައި ސިޔާސީ ޕާޓީގެ ޓިކެޓު ހޯދުމަށް ޕާޓީއެއްގެ ޕްރައިމަރީގައި ވާދަކޮށް ބަލިވެފައިވާ މެމްބަރަކު އެ އިންތިހާބެއްގައި އެހެން އެއްވެސް ހައިސިއްޔަތަކުން ބައިވެރި ނުވެވޭނެ ކަމަށެވެ. އިންތިހާބެއްގައި ސިޔާސީ ޕާޓީއެއްގެ ޓިކެޓު ހޯދުމަށް، ޕްރައިމަރީއެއްގައި ވާދަކޮށްފައިވާ މެމްބަރަކު، އެ އިންތިހާބުގެ އެހެން އެއްވެސް ހައިސިއްޔަތަކުން ކެންޑިޑޭޓެއްގެ ގޮތުގައި ކުރިމަތިލުމަށް އިލެކްޝަންސް ކޮމިޝަނަށް ހުށަހަޅައިފިނަމަ، އެ ކޮމިޝަނުން އެ މެމްބަރެއްގެ ކެންޑިޑެސީ ބާތިލް ކުރަން ވާނެ ކަމަށް ވެސް ސިޔާސީ ޕާޓީގެ ގާނޫނަށް ސައުދު ހުށަހެޅުއްވި އިސްލާހުގައިވެ އެވެ.
މި އިސްލާހު މަޖިލީހަށް ފޮނުވާފައި މިވަނީ އަންނަ ޖެނުއަރީ މަހު ބާއްވާ ލޯކަލް ކައުންސިލް އިންތިހާބުގައި ޕީޕީއެމްގެ ރައީސް މައުމޫންގެ ފެކްޝަނުގެ ބައެއް މެމްބަރުން އަމިއްލަ ގޮތުން އިންތިހާބުގައި ވާދަކުރުމަށް އިލެކްޝަންސް ކޮމިޝަނަށް ފޯމު ހުށަހަޅަމުން ގެންދަނިކޮށެވެ.
ޕީޕީއެމްގެ ޕްރައިމަރީ މުއްދަތެއް ނެތް ގޮތަށް ފަސްކޮށްފި
މައުމޫނަކީ ޕީޕީއެމްގެ ރައީސްކަމުގެ ލިޔުމެއް ނުލިބުނު
ޕީޕީއެމްގެ ރައީސް ކަމުގެ ލިއުމަށް މައުމޫން އެދިވަޑައިގެންފި
އެންމެ މުހިއްމީ މިނިވަން ފަނޑިޔާރުގެއެއް: މައުމޫން
ޕީޕީއެމްގެ އާ ރަޖިސްޓްރީއާ މެދު ސުވާލު އުފެދިއްޖެ!
ރައީސް ޔާމީން ފެކްޝަންގެ ޕްރައިމަރީ މި މަހު 25 ގައި
ސަރުކާރާ ގުޅުމަށް ޑީއާރުޕީން ޝައުގުވެރިކަންފާޅުކޮށްފި
ޕީޕީއެމްގެ މައްސަލަ މައުމޫން އިލެކްޝަންސަށް ހުށަހަޅައިފި
ދައުލަތުގެ މުސާރަ ނިންމައި ޕީޕީއެމަށް ފައިސާ ދޫކުރަނީ
ޕީޕީއެމް ވަރުގަދަކުރަން ނައިބު ރައީސަކަށް ޣައްސާން