Roadha Mihaaru
"ކޮންގްރެސް ބާތިލްކުރުން ގަބޫލެއް ނުކުރަން"

ކޮންގްރެސް ބާތިލްކުރުން ގަބޫލެއް ނުކުރަން: ޕީޕީއެމް

03 އޮކްޓޯބަރ 2018

ޕީޕީއެމްގެ ރައީސް ކަމަށް، ރައީސް އަބްދުﷲ ޔާމީން އިންތިޚާބު ކުރުމަށް މިދިޔަ ހުކުރު ދުވަހު ބޭއްވި ޕީޕީއެމްގެ ކޮންގްރެސްގައި ނިންމި ނިންމުންތައް ބަލައިނުގަތުމަށް އިލެކްޝަންސް ކޮމިޝަން (އީސީ) އިން މިއަދު ނިންމި ނިންމުން ގަބޫލު ނުކުރާ ކަމަށް ޕީޕީއެމުން ބުނެފި އެވެ.

އަހުމަދު ސާއިލް އަލީ އަހުމަދު ސާއިލް އަލީ

ޕީޕީއެމްގެ ރައީސް ކަމަށް، ރައީސް އަބްދުﷲ ޔާމީން އިންތިޚާބު ކުރުމަށް މިދިޔަ ހުކުރު ދުވަހު ބޭއްވި ޕީޕީއެމްގެ ކޮންގްރެސްގައި ނިންމި ނިންމުންތައް ބަލައިނުގަތުމަށް އިލެކްޝަންސް ކޮމިޝަން (އީސީ) އިން މިއަދު ނިންމި ނިންމުން ގަބޫލު ނުކުރާ ކަމަށް ޕީޕީއެމުން ބުނެފި އެވެ.

ރިޔާސީ އިންތިހާބު ނާކާމިޔާބުވިތާ ހަފުތާއެއް ނުވަނީސް ބޭއްވި ކުއްލި ކޮންގްރެސް ބަލައިނުގަތުމަށް އީސީން ނިންމީ، އެ ކޮންގްރެސް ބާއްވާފައި ވަނީ އެ ޕާޓީގެ އަސާސީ ގަވާއިދުގައި ބުނެފައިވާ އިޖުރާއަތުތައް ފުރިހަމަނުކޮށް ކަމަށް ވާތީ އެވެ.

މީޑިއާ ނުވައްދައި ބޭއްވި އެ ކޮންގްރެސްއާ ގުޅޭގޮތުން ޕީޕީއެމުން މިއަދު ނެރުނު ބަޔާނެއްގައި ބުނެފައިވަނީ އެ ކޮންގްރެސް ބޭއްވީ އަސާސީ ގަވައިދުގައި ވާގޮތުގެ މަތިން ކައުންސިލުން ނިންމައި މަންދޫބުން ބައިވެރިކޮށްގެން ކަމަށެވެ. އެކަން އީސީއަށް އެންގުމުން އެކަންކަން ބަލައިގަނެ ކޮންގްރެސްއަށް އޮބްޒާވަރުންވެސް ފޮނުވިކަން ބަޔާނުގައި ފާހަގަ ކޮށްފައިވެ އެވެ.

"އެކޮމިޝަންގެ ފަރާތުން ޖަލްސާގެ ކަންކަން އޮބްޒާވް ކުރަން ވަޑައިގެންނެވި އޮބްޒާވަރުންގެ ސުވާލުތަކަށް ވަގުތުން ވަގުތަށް ޖަވާބުދާރީވެ، އިތުރަށްވެސް ޖަލްސާގެ ކަންކަން ވާނީ އޮޅުންފިލުވައި ދީފައި،" ޕީޕީއެމްގެ ބަޔާނުގައި ބުނެފައިވެ އެވެ.

BREAKING: PPM ge congress balainugathumah nimmaifi

BREAKING: PPM ge congress balainugathumah nimmaifi

The most trusted news source in the Maldives

Mihaaru

ޕީޕީއެމްގެ ކޮންގްރެސް ބަަލައިނުގަންނަން ނިންމުން---

އެ ކޮންގްރެސްގެ ކަންކަން ހިނގައިދިޔައީ އުސޫލުތަކާއި ގަވައިދާ އެއްގޮތަށް ކަމަށް އީސީގެ އޮބްޒާވަރުން އެދުވަހު ޔަގީންކަން ދެއްވާފައިވަނިކޮށް އެ ކޮންގްރެސް ބަލައިގަނެވެން ނެތް ކަމަށް ނިންމުމުގެ ގާނޫނީ އެއްވެސް ބާރެއް ކޮމިޝަނަށް ލިބިގެންވާ ކަމަށް ގަބޫލު ނުކުރާ ކަމަށް ޕީޕީއެމުގެ ބަޔާނުގައި ބުނެފައިވެ އެވެ. ޕީޕީއެމުން ސިފަކުރާގޮތުގައި އީސީގެ އެ ނިންމުމަކީ އެއްވެސް ޒިންމާދާރު ކަމެއް ނެތް ނިންމުމެކެވެ.

ރިޔާސީ އިންތިހާބުގެ ސައްހަކަމައި ގުޅުވައި އީސީގެ މިނިވަންކަމާ މެދު ސުވާލު އުފެއްދި ދަނޑިވަޅެއްގައި އެފަދަ ނިންމުމެއް ނިންމުމަކީ އެކޮމިޝަނާ މެދު ކުރެވޭ ތުހުމަތުތަކުގައި ހަގީގަތެއް އޮތް ކަމެއް ކަމަށް ގަބޫލު ކުރެވޭ ކަމެއްކަމަށްވެސް ބަޔާނުގައި ބުނެފައިވެ އެވެ.

ދަރުބާރުގޭގައި ބޭއްވި ޕީޕީއެމްގެ ކޮންގްރެސްގައި ޕާޓީގެ ރައީސްކަން ޔާމީނާ ހަވާލުކުރެއްވުމުގެ އިތުރުން، ހަތަރު ނައިބު ލީޑަރުން ވެސް އިންތިޚާބުކޮށްފައިވެ އެވެ. އަދި ކައުންސިލަށް ވެސް މެމްބަރުން ވަނީ އިންތިޚާބުކޮށްފަ އެވެ. މީގެއިތުރުން، ނޮވެމްބަރު 17 ގެ ފަހުން އިދިކޮޅު ޕާޓީއެއްގެ ގޮތުގައި މަސައްކަތް ކުރަން އެ ޕާޓީން ވަނީ ގަރާރެއް ވެސް ފާސްކޮށްފަ އެވެ. ޕީޕީއެމްގެ ކޮންގްރެސް ބޭއްވި ގޮތާ މެދު ކަންބޮޑުވުން ފާޅުކުރައްވައި، ކުރީގެ ރައީސް އަދި ޕީޕީއެމްގެ ވެސް ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމް އީސީ އަށް އިއްޔެ ސިޓީއެއް ފޮނުއްވި އެވެ. އެ ސިޓީގައި މައުމޫން ވިދާޅުވެފައި ވަނީ ކޮންގްރެސް ބާއްވާފައިވަނީ ޕާޓީގެ އަސާސީ ގަވާއިދުގައި ބަޔާންކޮށްފައިވާ ފަދަ ސަބަބެއް މެދުވެރިވެފައި ނުވާ ހާލަތެއްގައި ކަމަށެވެ. އެފަދަ ކޮންގްރެސްއެއް ބޭއްވޭނީ ޕާޓީގެ ކައުންސިލުން ފާސްކޮށްގެން ކަމަށް ވިދާޅުވި އެވެ. ނަމަވެސް ޕާޓީގައި މިހާރު ހަރަކާތްތެރިވާ ކައުންސިލަކީ އަސާސީ ގަވާއިދުގެ ދަށުން ސައްހަ ކައުންސިލެއް ނޫން ކަމަށާއި އެ ކައުންސިލްގެ މުއްދަތު މިއަހަރުގެ ޖެނުއަރީ މަހަށް ހަމަވެފައިވާ ކަމަށް ވެސް ވިދާޅުވި އެވެ.

ކޮންގްރެސް ބާއްވާނެކަން ޕީޕީއެމުން އިއުލާން ކުރުމާއެކު ރައީސް މައުމޫނަށް ތާއީދު ކުރައްވާ ބޭފުޅުން ވަނީ އެކަން ހުއްޓުވައި ދިނުމަށް އެދި އިލެކްޝަންސް ކޮމިޝަނާއި ސިވިލް ކޯޓަށް މައްސަލަ ހުށަހަޅާފަ އެވެ. ނަމަވެސް އޭރު އެފަދަ އަމުރެއް ނެރެ ނުދެ އެވެ.