29 މެއި 2018
ވެރިކަން ކުރާ ޕީޕީއެމުން ކަނޑާލާފައިވާ މީހުން އެ ޕާޓީއާ އަލުން ގުޅެން ބޭނުންވާ ނަމަ، އެ ފަދަ މީހުން އަލުން ޕާޓީ އަށް ވައްދާނެ އުސޫލެއް އެ ޕާޓީގެ ކައުންސިލުން ރޭ އެކުލަވާލައިފި އެވެ.
ވެރިކަން ކުރާ ޕީޕީއެމުން ކަނޑާލާފައިވާ މީހުން އެ ޕާޓީއާ އަލުން ގުޅެން ބޭނުންވާ ނަމަ، އެ ފަދަ މީހުން އަލުން ޕާޓީ އަށް ވައްދާނެ އުސޫލެއް އެ ޕާޓީގެ ކައުންސިލުން ރޭ އެކުލަވާލައިފި އެވެ.
ޕީޕީއެމްގެ ނައިބު ރައީސް، ފޮނަދޫ ދާއިރާގެ މެމްބަރު އަބްދުއްރަހީމް އަބްދުﷲ "މިހާރު" އަށް މިއަދު ވިދާޅުވީ ޕާޓީ އަށް ގެއްލުންވާ ގޮތަށާއި ސަރުކާރު ބަދުނާމްކޮށް ވެރިކަން ވައްޓާލަން އުޅެގެން ޕީޕީއެމުން ވަކިކޮށްފައިވާ އެއްވެސް މީހަކު، އަލުން ޕާޓީއާ ގުޅެން ބޭނުންވިޔަސް، ފޯމް ހުށަހަޅައިގެން ޕާޓީ އަށް ނުވަދެވޭނެ ކަމަށެވެ.
އެ ފަދަ މީހަކު އަލުން ޕާޓީއާ ގުޅެން ބޭނުން ނަމަ، އެ މީހުންގެ އަމަލުތައް މުއްދަތެއް ވަންދެން ބަލައި، މެމްބަޝިޕް ހުށަހެޅުމަށް ވެސް މުއްދަތެއް ދޭނެ ކަމަށް އަބްދުއްރަހީމް ވިދާޅުވި އެވެ. އަދި ޕީޕީއެމަށް ވަދެވެނީ އެ މީހުންގެ އަމަލުތައް ޕީޕީއެމުން މޮނިޓާ ކުރުމަށް ފަހު ކަމަށް އޭނާ ވިދާޅުވި އެވެ.
"ފުރަތަމަ އެ މެމްބަރުންގެ އަމަލުތައް ބަލައި، ކިހިނެއްތޯ ކަންކަން ކުރަނީ ބަލާނެ. އެއީ ޕާޓީ އަށް ގެއްލުން ދީ ސަރުކާރު ބަދުނާމުވާ ގޮތަށް އަމަލުކޮށްފައި ތިބި މީހުންނަށްވާތީ،" އަބްދުއްރަހީމް ވިދާޅުވި އެވެ.
އަބްދުއްރަހީމް ވިދާޅުވި ގޮތުގައި އެ މެމްބަރުންނަށް ޕީޕީއެމަށް ވަދެވުނަސް، އެ މީހުން، މީގެ ކުރިން ކުރި ކުށަށް ބަލާފައި ރިޔާސީ އިންތިހާބާއި ރައްޔިތުންގެ މަޖިލީހުގެ އިންތިހާބާއި ލޯކަލް ކައުންސިލް އިންތިހާބާއި ޕާޓީގެ އެތެރޭގެ އިންތިހާބުތަކުގައި ވާދަކުރެވޭނީ ފަސް އަހަރު ފަހުންނެވެ.
"މިސާލަކަށް ރައްޔިތުންގެ މަޖިލީހުގެ މެމްބަރެއް، ޕީޕީއެމްގެ ވިޕްލައިނާ ހިލާފަށް ވޯޓު ދީ، ސަރުކާރު ބަދުނާމުވާ ގޮތަށާއި ސަރުކާރު ވައްޓާލަން މަސައްކަތް ކޮށްގެން ޕާޓީން ކަނޑާލީ. މެމްބަރަށް މެމްބަޝިޕް ހުށަހަޅަން މުއްދަތެއް ދޭނެ. އޭނާގެ އަމަލުތައް ވެސް ޕާޓީން ބަލާނެ. އެ މެމްބަރަށް މަޖިލީހުގެ އިންތިހާބުގައި ޕީޕީއެމް ޓިކެޓުގައި ވާދަ ކުރެވޭނީ ފަސް އަހަރު ފަހުން،" އަބްދުއްރަހީމް ވިދާޅުވި އެވެ.
މީގެ އިތުރުން، މިނިވަން މުއައްސަސާއެއްގެ މަގާމަކަށް ވަޑައިގަތުމަށް ޕީޕީއެމުން ވަކިވާ މެމްބަރުން، އަލުން ޕީޕީއެމާ ގުޅުމަށް އެއްވެސް ހުރަހެއް ނޯންނާނެ ކަމަށް އޭނާ ވިދާޅުވި އެވެ.
"މުއައްސަސާތަކުން ވަކިވެ، އަލުން ޕީޕީއެމާ ގުޅެން ބޭނުންވެގެން މެމްބަޝިޕް ފޯމް ހުށަހަޅާ މެމްބަރުންނަކީ ޕާޓީ އަށް ގެއްލުން ދީފައި ދިޔަ މެމްބަރުންނެއް ނޫން. އެ މެމްބަރުން ޕާޓީ އަށް ވަދެ، އިންތިހާބުތަކުގައި ބައިވެރިވުމުގެ ފުރުސަތު އޮންނާނެ،" ޕީޕީއެމްގެ މުސްތަޝާރު، އަދި ރިޔާސީ ކެންޑިޑޭޓު ރައީސް އަބްދުﷲ ޔާމީން އިންނެވި ބައްދަލުވުމުގައި ނިންމެވި ނިންމެވުމާ ގުޅޭ ގޮތުން އަބްދުއްރަހީމް ވިދާޅުވި އެވެ.
ޕީޕީއެމުން ވަކިވާ ނުވަތަ ކަނޑާލާ މެމްބަރުން، އަލުން ޕާޓީއާ ގުޅޭނަމަ، އަމަލު ކުރަން ޖެހޭ އުސޫލެއް ކަނޑައެޅީ ވަކި ބަޔަކު ޕާޓީއާ ގުޅެން އުޅޭ ކަމުގެ އިޝާރާތެއް ލިބިގެން ނޫން ކަމަށާއި އެފަދަ އުސޫލެއް ކަނޑައެޅުމަކީ މުހިންމު ކަމަކަށްވާތީ ކަމަށް އަބްދުއްރަހީމް ވިދާޅުވި އެވެ.
ޕީޕީއެމަކީ މިވަގުތު އެންމެ ގިނަ މެމްބަރުން ތިބި ޕާޓީ އެވެ. އިލެކްޝަންސް ކޮމިޝަންގެ ދަފްތަރު ދައްކާ ގޮތުން އެ ޕާޓީގައި މިވަގުތު 40،000 އަށްވުރެ ގިނަ މެމްބަރުން ތިބެ އެވެ.
އަބްދުއްރަހީމް ކުރީ ކުށެއް، އަދަބު ދޭން ޖެހޭ: ޝަމީމް
ރައީސް ޔާމީނަށް ވޯޓު ނުދޭނީ ގައުމުގެ އަދުއްވުން:އަދުރޭ
ޕްލޭން ބީ އަކީ ޕީޕީއެމް ކެންޑިޑޭޓެއް، މުއިއްޒެއް ނޫން
ޔާމީންގެ ބަދަލުގައި ނަމެއް ހުށަހަޅަން އަމުރަކަށް އެދެފި
"ގައުމަށްދޭ އަނިޔާއިން ޔާމީން ހިތްޕުޅަށްވާ ތަދު ބޮޑު"
ދައުރުގެ މެދުތެރެއިން އިންތިޚާބެއް ބާއްވަންޖެހޭ:އިދިކޮޅު
ޔާމީން، އަދުރޭ ސިފަކުރެއްވިހާ އަނަރޫފަތަ؟
ކޮންގްރެސްއަކުން ޕީއެންސީގެ އިސް މަގާމުތައް ހޮވަނީ
ކޮންގްރެސް ޕާޓީގެ ރަޖިސްޓްރީ ހަވާލުކޮށް، އިލްތިމާސެއް
ޕީއެންސީގެ ރައީސަކަށް އަބްދުއްރަހީމް ހަމަޖައްސައިފި